މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ތެރޭގައި ހިމެނޭ ފިރުޤާއެކެވެ. ސަބަބަކީ އެމީހުން މުސްލިމުންކަމަށް ދަޢުވާކޮށް، މުސްލިމުންގެ ނަމުގައި އެމީހުންގެ ފާސިދު ޢަޤީދާތަކާއި ކުފުރުގެ ޝިޢާރުތަށް ފަތުރާ، އެކަންކަން ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާތީއެވެ. ނަމަވެސް ޙަޤީޤަތަކީ ޤާދިޔާނިން އިސްލާމުންގެ ނަންލިބިގަނެގެން އެތިބެނީ މަކަރުން އިސްލާމް މިނަމުން ފަރުދާވެގެންނެވެ. އަދިކިއެއްތަ އެމީހުންވަނީ އަހްލު ކިތާބިންނަށްފަހުގައި އިސްލާމްދީނާ ދުރަށްދިޔަ ބައެއްކަމުގައެވެ. އެމީހުންގެ އަމިއްލަ މަސްލަހަތާއިފައިދާއަށް މެނުވީ އިސްލާމްދީނުގެ ނަން، އެމީހުންނެއް ބޭނުމެއް ނުވެއެވެ. އެމީހުންގެ މަޝްހޫރު ފޮތްތަކުން ފެންނަން އޮތްހެން މުސްލިމުންނާ ދީނީއެއްވެސް މުޢާމަލާތެއް ކުރުމެއް މިމީހުނަށް ނުވެއެވެ. ފަހެއެމީހުންގެ ގާތުގައި މުސްލުމުންނަކީ ކާފިރުންނެވެ. މިކަން ހާމަވާ އެންމެ ޞަރީޙަ ޤަރީނާއަކީ، މިރުޒާ ޣުލާމަށް އީމާން ނުވުމަކީ ﷲ އާއި އެކަލާނގެ ރަސޫލާއާށް އީމާން ނުވުވުންކަމަށް މިރުޒާ ޣުލާމްބުނެފައިވާ ބުނުމެވެ.[1] އެމީހުން އަޙްމަދީންގެ ނަމުން  ނަންދީފައިވަނީ މުސްލިމުންނަށް އޮޅުވާލުމުގެ ގޮތުންނެވެ. މިމީހުން ދެކޭގޮތުގައި މިމީހުންގެ މިނަމުން ނިސްބަތްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށެވެ. ޙަޤީޤަތުގައި އަލްޤާދިޔާނިއްޔަ ޙަރަކާތަކީ އިތުރު އެކަލޭގެފާނުގެ ނުބުއްވަތާއި އަދި އިސްލާމްދީނާއި ދެކޮޅަށް ހިންގި ޙަރަކާތެކެވެ.[2] ޤާދިޔާނީ ފިކުރަކީ އިސްލާމް ދީނަށް ނިސްބަތްކުރެވޭ ޝިރުކާއި ކުފުރުގެ މަތީގައި ޔަހޫދީންގެ އެހީތެރިކަމާއެކު ބިނާކޮށްފައިވާ ދީނީ ފިކުރެކެވެ.[3] ހަމައެހެންމެ ޤާދިޔާނިންގެ އެންމެ އިސްލީޑަރުކަމަށްވާ މިރުޒާ ޣުލާމްއަކީ ކާފަރެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މީނާއަކީ ކާފަރެއްކަން ސާބިތުވަނީ  އޭނާ ނަބީކަމަށް ދަޢުވާކުރުމުންނާއި،   އިސްތިޢުމާރީ ބާރަށް ޚިދުމަތްކޮށްދިނުމުގެ ގޮތުން ޖިހާދު ކުރުމުގެ ފަރުޟު އުވައިލުމުންނާއި،   މާތްﷲ އާ އިންސާނުންނާ އެއްފަދަކުރުމުންނެވެ. އޭނާގެ ބައްޕައަކީ ކަލާނގެ ކަމަށާއި، އޭނާއަކީ ކަލާނގެ ދަރިކަލުން ކަމުގައި ދަޢުވާކުރުމުންނާއި،  ކީރިތި މާތް ރަސޫލާގެ ނަބީކަން ޚަތިމްކުރެއްވި ކަމާމެދު އޭނާ އިންކާރުކުރުމުންނެވެ.[4]

ޤާދިޔާނިންނާމެދު އަހްލުއްސުންނަތް ޖަމާޢަތުގެ ރައުޔު:

ސުންނަތްޖަމާޢަތުގެ މީހުން ގަބޫލުކުރާ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެ، ކުފުރުވެފައިވާ ބައެކެވެ. ޖިހާދުކުރުމާއި، ދީނީ މިނިވަންކަމާ ބެހޭ ގޮތުން، ޤާދީޔާނީ މަޒުހަބުގައިވާ ޢަޤީދާއަކީ، އިނގިރޭސި މުސްތަޢުމިރުންނާ ހަނގުރާމަކުރުން މަނާކުރުމަށްޓަކައި އުފައްދާފައިވާ ދެ ޢަޤީދާއެކެވެ. ހަމައެހެންމެ ސުންނީންނާއި ޝީޢީންގެ ގިނަ ފިޤުހުވެރިން ދެކޭ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެފައިވާ ޖަމާޢަތެކެވެ. ޤާދިޔާނީންގެ އިސް މީހެއް ކަމަށްވާ، މިރުޒާ ނާޞިރު އަޙުމަދާއެކު 30 ގަޑިއިރު ވަންދެން ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިހުން ވަނީ، ޙަޤީޤަތް ހޯދުމަށްޓަކައި މަޝްވަރާކޮށްފައެވެ. އެއަށްފަހު އެމަޖިލީހުން ނެރުނު ޤަރާރުގައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫންކަމަށެވެ.

1974ވަނަ އަހަރު، رابطة العالم الإسلام އިން ވަނީ، ޤާދިޔާނީންނާމެދު ގޮތެއް ނިންމުމަށްޓަކައި، މައްކާގައި މަހާސިންތާއެއް ބާއްވާފަ އެވެ. އެމަހާސިންތާގައި ބަހުސްކުރުމަށްފަހު، ނިންމާފައިވަނީ، ޤާދިޔާނީންނަކީ، މުސްލިމުންގެ ތެރެއިންވާ ބަޔެއް ނޫންކަމާއި އެއިން މީހަކު މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުނުލުމަށެވެ. އިސްލާމީ ދުނިޔޭގެ ބޮޑެތި ފިޤުހީ މުއައްސަސާތަކުންވެސް ބުނެފައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫން ކަމަށެވެ.[5]

ދެވަނަ ބައި ކިޔުއްވާ-ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

ފުރަތަމަ ބައި-ޤާދިޔާނީން-القاديانية

ތިންވަނަ ބައި ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

 

[1] احسان الهى ظهير, القاديانية دراسات والتحليل, ادارة ترجمان السنة(لاهور), 1941_1987ء, ص: 37

[2] الشيخ غالب بن علي، فرق معاصرة تنتسب الى الاسلام وبيان موقف الاسلام منها ،الدار العصرية, الطبعة الثامنة,1431ه-2010م, ,ص:,487

13/1/9/1 ،http://www.raajjeislam.com ޢަބްދުލް މުޢީދު ޙަސަން، މޮބައިލް ފޯނުގެ ޤުރްއާން އެޕްލިކޭޝަނުން ޤާދިޔާނީންގެ ހަރަކާތްތައްފަތުރަން ފަށައިފި،10:15، 14/12/12،[3]

[4] ޢަބްދުލްމުޢީދު ޙަސަން، ޤާދިޔާނިންނަށް ނަޒަރެއް،9:30، 2/2/2010، http://www.fanvai.info/index.php/dheen/dhiraasaa ، 28/8/2013

[5] އަލްއުސްތާޛް ޢަބްދުލް މުޢީދު،މުސްލިމުންގެ ފިރުޤާތައް، 11.00، 10/9/2012، http://rashukhabaru.blogspot.com، 27/8/2013

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދުނިޔޭގެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އެމެރިކާގެ ނިމުން

Next Article

ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

Related Posts