ޕުރޮފެސަރ ހަސަން އުގައިލް

އައްޑޫއަތޮޅު ހިތަދުއަށް އުފަން މުޅި ގައުމު އެމީހަކަށްޓަކައި ފަހުރުވެރިވާ ސައިންސްވެރިޔާ ޕުރޮފެސަރ ހަސަން އުގައިލް އަކީ ކުރިއަރަމުން އަންނަ އިލްމުވެރިއެކެވެ. ޒުވާން ސައިންސްވެރިއެކެވެ. މުޅި ދުނިޔެ އެމީހެއްގެ ހޯދުންތަކާއި ވާހަކަތަށް ބަލައިގަންނަ ފަރާތެކެވެ. ޕުރޮފެސަރ ހަސަން އުގައިލްގެ ހޯދުންތަކާއި މެދު ގިނަ ބަޔަކު ދެކެނީ ފަހި ނަޒަރަކުންނެވެ. މުސްތަގުބަލް އޮތް އިލްމީ ބޭފުޅެއްގެ ގޮތުގައެވެ. މުޅި އިސްލާމީ ދުނިޔެ ޕުރޮފެސަރ ހަސަން އުގައިލް ބަލައިގަންނަނީ އިސްލާމީ އުންމަތް ފަހުރުވެރިވުން ހައްގު އިލްމުވެރިއެއްގެ ގޮތުގައެވެ. އިސްލާމީ ތާރީހްގައި މުސްލިމުންނަކީ ސައިންސްގެ ދާއިރާގައިވެސް ކުރިއަރާ ގޮސްފައިވާ ބައެއްކަމަށް ވާއިރު އިސްލާމީ ދުނިޔެ މިއަދު ބަލައި ގަންނަނީ ޕުރޮފެސަރ ހަސަން އުގައިލް އަކީ އެފަދަ ގާބިލް އިލްމީ ސައިންސްވެރިއެއްގެ ގޮތުގައެވެ.

ޕުރޮފެސަރ ހަސަން އުގައިލް އަކީ ހިސާބު އިލްމްވެރިއެކެވެ. ބުރެޑްފޯރޑް ޔުނިވަރސިޓީގެ ސުކޫލް އޮފް އިންފޮރމޭޓިކްސްގެ ކޮންޕިއުޓަރ ސައިންސްޓިސްޓެކެވެ. އަދި ހަސަން އުގައިލް އަކީ އެންމެ ފުރަތަމަ ހިސާބު އިލްމުން ޕީއެޗްޑީ ނެންގެވި ދިވެހި ބޭފުޅާއެވެ. އަދި ސައިންސްގެ ދާއިރާގެ ފުރަތަމަ ދިވެހި ޕުރޮފެސަރއެވެ. އަދި ހަސަން އުގައިލް އަކީ އިންޖިނިއަރިންގް އެންޑް ފިސިކަލް ރިސާރޗް ކައުންސިލް( EPSRC) މެންބަރަ އެކެވެ.

ހަސަން އުގައިލް އުފަންވެފައިވަނީ އައްޑު އަތޮޅު ހިތަދުއަށެވެ. އެހެން ނަމަވެސް ހަސަން އުގައިލް ތައުލީމު އުގެނުމަށްޓަކައި އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު 1992 ވަނަ އަހަރުން ފަށައިގެން ދިރި އުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ. ކިޔެވުމުގެ ފުރަތަމަ މަރުހާލާގައި ހަސަން އުގައިލް ކިޔަވާ ވިދާޅުވީ އައްޑޫ ނޫރާނީ ސުކޫލުންނެވެ. އެޔަށް ފަހު 1987 ގައި ސާނަވީ ތައުލީމް އުގެނިވަޑައިތުމަށް މާލެ ވަޑައިގަން އީޕީއެސް އަދި ސީއެޗް އެސް އީ އިން ކިވާ ވިދާޅުވިއެވެ. ހަސަން އުގައިލް އަކީ ހުރިހާ ގުރޭޑެއްގައިވެސް ރަތް ވަނަތަކެއް ހޯދަމުން އައި ދަރިވަރެކެވެ. ހަސަން އުގައިލް ތައުލިމީ ދާއިރާގައި ހޯދަމުން އައި ކާމިޔާބުތަކާއި ގުޅިގެން ބްރިޓިސް ކައުންސިލްގެ ސްކޯލާރޝިޕް ފުރުސަތު ލިބުނެވެ.

 ޕުރޮފެސަރ ހަސަން އުގައިލް ސައިންސްގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލްކުރެއްވުމަށް ފަހު ލަންޑަންގެ ކިންގްސް ކޮލެޖުން ޕޯސްޓް ގުރެޖުއޭޓް ސެޓްފިކްޓް ހޯއްދެވިއެވެ. އަދި އެޔަށްފަހު ލީޑްސް ޔުނިވަރސިޓީއިން 2000 ވަނަ އަހަރު ޕީއެޗްޑީ ހާސިލްކުރެއްވިއެވެ. ޕުރޮފެސަރ ހަސަން އުގައިލް ދިރާސާކުރެއްވީ ޖިއޮމެޓްރިކް ޑިސައިންގެ ދާއިރާއެވެ. ދެން އެއަށްފަހު ލީޑްސް ޔުނިވަރސިޓީގައި ޕޯސްޓް ޑޮކްޓޯރަލް ރިސާރޗާރއެއްގެ ގޮތުގައި 2002 ވަނަ އަހަރާއި ހަމައަށް މަސައްކަތްކުރެއްވިއެވެ.  އެއަށްފަހު ޕުރޮފެސަރ ހަސަން އުގައިލް ބުރެޑްފޯރޑް ޔުނިވަރސިޓީގެ ސުކޫލް އޮފް އިންފޮރމޭޓިކްސްގެ ލެކްޗަރާއެއްގެ މަގާމު އަދާކުރަން ފެށިއެވެ. އަދި 2005  އަހަރު ސީނީއާރ ލެކްޗަރާއެއްގެ ގޮތުގައި ހަމަޖެހުނެވެ. އަދި ވިސުއަލް ކޮންޕިއުޓިންގެ ޕުރުފެސާރއެގެ ގޮތުގައި 2009 ވަނަ އަހަރު ހަމަޖެހުނެވެ. އަދި ހަސަން އުގައިލް އަކީ ބުރެޑްފޯރޑް ޔުނިވަރސިޓީގެ އެންމެ ޒުވާން ޕުރުފެސަރއެވެ. އޭރު ޕުރޮފެސަރގެ އުމުރަކީ 38 އަހަރެވެ. އަދި ޕުރޮފެސަރ ހަސަން އުގައިލްއަކީ މިހާރު ސެންޓަރ ފޯރ ވިސުއަލް ކޮންޕިއުޓިންގެ ޑިރެކްޓަރއެކެވެ.

ޕުރޮފެސަރ ހަސަން އުގައިލް ތައުލީމީ ހަޔާތުގައި އެންމެ ތުއްތު އިރުން ފަށައިގެންވެސް އައިސްފައިވަނީ ގިނަ ކާމިޔާބުތަކެއް ހޯދަމުންނެވެ. އަދި މަސައްކަތުގެ މައިދާނުގައިވެސް އެހާމެ ކާމިޔާބެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސައިންސްވެރިން ގާތުގައިވެސް ޕުރޮފެސަރ ހަސަން އުގައިލްގެ ނަން ވަނީ ފާހަގަކުރެވިފައެވެ. ޕުރޮފެސަރ ހަސަން އުގައިލް އަކީ އެންމެ ފުރަތަމަ ދޮގުހަދާ މީހުން ދެނެގަންނާނެ ވަސީލަތް އިޖާދު ކުރި އިލްމްވެރިޔާއެވެ. މިފަދަ އެތަށް ކަމަކާއި އެކު އިލްމީ ފަސްގަނޑެއް ކަމަށްވާ އައްޑޫ ހިތަދުއަށް އުފަން ޕުރޮފެސަރ ހަސަން އުގައިލް އަކީ އެބޭފުޅަކަށްޓަކައި ގައުމުގެ ކުދި ބޮޑު އެންމެން ފަހުރުވެރިވާންޖެހޭ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

إنا لله، وإنا إليه راجعون..

Next Article

ބަނބުކޭލުގެ ފައިދާ

Related Posts