ދިވެހިރާއްޖެ އެއިޑްސްގެ ނުރައްކަލުގެ ތެރޭގައި

އިންސާނީ ދަރިފަސްކޮޅަށް މިވަޤުތު ކުރިމަތިވެފައިވާ ޞިއްޚީ އެންމެ ބޮޑު ނުރައްކަލަކީ އެއިޑްސް ބައްޔެވެ. ފަރުވާއެއް ހޯދިފައިނުވާ މި ބަލި މުޅިދުނިޔޭގައި ސާލެއްހެން މިހާރު ދަނީ ފެތުރެމުންނެވެ. އެތައް މިލިޔަން ބަޔަކު މަރުވެ ހިނގައްޖެއެވެ. އަދި އެބަލީގެ ނުރައްކާތެރިކަމުގެ ނުރައްކާތެރި އިންޒާރުގެ އަޑުވެސް ދަނީ ގަދަވަމުންނެވެ.

ނަމާދުގައި ކިޔާތަކެތި މާނައާއެކު -ކުޑަކުދިންނަށް

ހޮވާލާފައި މިވަނީ ކުޑަކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، ނަމާދުގައި ކިޔުމަށް ޞައްޙަގޮތުގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން އެންމެ ކުރު ދުޢާތަކެވެ. ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗަކަށްނުވާތީ ލިޔެފައިވާ ނިޔަތްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމުގެ ބޭނުމެއްނެތެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. ދުލެއް ނޫނެވެ. އެހެންކަމުން ނިޔަތް ގަންނާނީ ހިތުންނެވެ

ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތައް

– ދާއޫދުގެފާނުގެ ރޯދަ – ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَحَبُّ الصِّيَامِ إِلَى اللهِ صِيَامُ ‏ ‏دَاوُدَ ‏‏ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا -رواه البخاري މާނައަކީ: ” ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ

ޝާމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.ޝާމްއަކީ މިހާރުގެ ސީރިޔާވެސް ހިމެނޭ ސަރަޙައްދެވެ. އެއީ އެބިމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިދުނިޔެއަށް ފޮނުއްވި އެތައް ނަބީންނަކާއި ރަސޫލުންނެއް އެބޭކަލުންގެ ދަޢުވަތު މިބިންމަތީ ފެތުރުއްވެވި ބިމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެބިމެއްގައި ބަރަކާތްލައްވާފައިވާ ބިމެކެވެ.

އެތީސްޓުން އީމާންވުމަށް އޮތް އެންމެ ފަސޭހަ މަގު

ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މިކައުނު ހައްދަވާ ތަދްބީރު ކުރައްވާ ފަރާތަކީ އެއިލާހުކަން ދެނެގަތުމަށްޓަކައި އޮތް އެންމެ ފަސޭހަ މަގަކީ އިންސާނާއަށް ލިބިގެންވާ ސަލާމަތް ބުއްދީގެ މަގެވެ. އިންސާނާ އޭނާގެ ސިކުނޑި ބޭނުންކޮށްގެން ވިސްނުމުން އެނގޭ ކަމަކީ މިކައުނުގައި

ބަލިވުމުން

ބައްޔެއް ނުވަތަ މުޞީބާތެއް ޖެހުމުން އެންމެ މުހިއްމުކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޔާފުޅަށް ރުހުމެވެ. އެއިލާހުގެ ޤަޟާ ޤަދަރަށް ރުހި އީމާންވުމެވެ. އަދި ކެތްތެރިވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމާ އިމްތިޙާންކުރައްވަނީ ކަން ދެނެގަތުމެވެ. ތިބާއަކީ ކެތްތެރިންގެ ތެރެއިން ވާ މީހެއްތޯ އެއިލާހު ތިބާ އިމްތިޙާންކުރައްވަނީކަން ދެނެގަނެ

ދަރިޔަކު ލިބުމުން ކިޔާ ތަހުނިޔާ

ދަރިޔަކުލިބޭމީހާއަށް ކިޔަންޖެހޭ ތަހުނިޔާ “باَرَكَ اللهُ لَكَ فِيْ الْمَوْهُوْبِ لَكَ, وَشَكَرْتَ الْوَاهِبَ, وَبَلَغَ أَشُدَّهُ, وَرُزِقْتَ بِرَّهُ” “ތިބާއަށް ލިބުނު ދަރިފުޅުގެ ކިބައިގައި މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ( އެދަރިފުޅު ތިބާއަށް) ދެއްވިފަރާތަށް ތިބާ ޝުކުރުއަދާކުރާހުށިކަމެވެ.

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا – الفرقان: ٧٤ އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ﷲ އަށް ބިރުވެތިވާމީހުންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާދޭނވެ.

މެއްސެއްގެ ސަބަބުން އެކަކު ސުވަރުގެއަށް އަނެކަކު ނަރަކައަށް

މާތްﷲ ރުއްސުންލެއްވި ޠާރިޤު ބުނު ޝިހާބުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.

ހާރުކެއުން

ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة” (رواه البخاري ومسلم) މާނައީ: “ތިޔަބައިމީހުން ހާރު ކާށެވެ.

ޢިއްފަތާއި ޞިއްޙަތު “ފުށަތުބަލި” ޖިންސިއްޔާތުގައި

އަލްމަރްޙޫމް ޢުމަރު ޢީސާ “އަބޫ ނަވާސްގެ ޅެންބައިތުގައި އޮންނަ ފަދައިން އެބައްޔެއްގެ ޢަމަލުތަކަކުން އެބައްޔަކަށް ބޭހެއް ނުކުރެވޭނެއެވެ. މިކަމާ މެދަކު އޮޅުމެއް ނެތެވެ. އެހެންވީއިރު ބަލިމީހާ އެބަލިން ގަދަވުން އެދޭނަމަ ފުރަތަމަ ފިޔަވަޅަކީ ކޮންމެފަދަ ހުރަހެއް އަޅައިގެން ނަމަވެސް

ޒިނޭކުރުން ގިނަވެފައިވަނިކޮށް އައި ބިންހެލުން

މުޙައްމަދު މުސްޠަފާ ޙުސެއިން/ދަރުމަ – އޯގަސްޓް 2003 އިސްވެ ދިޔަ ޤައުމުތައް ކަމުގައިވާ ޢާދު އާއި ޘަމޫދް އާއި މަދްޔަނާއި ސަދޫމް ހަލާކުވެ ފަނާވެ ދިޔަ ވާހަކަ އަޅުގަނޑުމެން އަޑު އަހަމުއެވެ. އެޤައުމުތައް ހަލާކުވެ ދިޔައީ، އެޤައުމުތަކުގެ މީހުން ކުރަމުންދިޔަ ބޮޑެތި ފާފަތަކުގެ ސަބަބުންނެވެ. އެއީ އީމާންތެރިކަން އެއްގޮތަކަށްވެސް ނެތުމުގެ ސަބަބުންނެވެ.

ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް

ރިޒްޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ. ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް 1- الاِسْتِغْفَارُ والتَّوْبَةُ (އިސްތިޣްފާރު ކުރުމާއި ތައުބާވުން) ދަލީލު: فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: “ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގި

ހަމައެކަނި ސަބަބަކީ އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫން

ސަބަބުތަކުގައި ހިފުމަކީ ވަކީލުކުރުމުގެ އެއްރުކުނެވެ. ހަމައެކަނި މާއްދާގެ މައްޗަށް ވަކީލުކޮށްގެން، ހަމައެކަނި ދުނިޔެއަށްޓަކާ ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި، ސަބަބުން ނުކުންނަ ނަތީޖާ އުފައްދާ އެއްޗެކީ ސަބަބެވެ.

ކުފުރުގެ ވައްތަރުތައް

ކުފުރު ބެހެނީ ދެބަޔަކަށެވެ. 1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ. ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨ މާނަ: “އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ނުވަތަ ޙައްޤު އައި ހިނ

ނަމާދުގެ ފިނިކަން

ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ

ކުފުރުގެ ވައްތަރުތައް

ކުފުރު ބެހެނީ ދެބަޔަކަށެވެ. 1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ. ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨

ފިކުރީ ހަނގުރާމަ މިއަދު ކުރެވޭ ގޮތްތައް

الحمد لله والصلاة والسلام على رسول الله ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ.

ޣައިބަށް އީމާންވުމަކީ ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެއް

ޣައިބަށް އީމާންވުމަކީ ބުއްދިއާއި މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ސަބަބަކީ ލޮލުގެ ފެނުން ދަށްކަމުން ހަމަލޮލަށް ނުފެންނަ ތަކެތި ވަޞީލަތްތަކެއްގެ ޛަރީއާއިން ފެނިދެއެވެ. އަދި އެއްގޮތަކަށްވެސް ނުފެންނަ ތަކެތި އެތަކެތީގެ އަސަރުތަކުން މިއަދު ސައިންސުވެރިންވަނީ ދެނެގަނެފައެވެ. ދަގަތްފާނުގައި ދަގަނޑު ތަތްލަވައެވެ. އެއަށް ދަމާބާރެއް ހުންނަކަން ހާމަވަނީ މިގޮތުންނެވެ.