30 ފޫޓްގެ ބޯވާ ދިލަމަހެއް

 އޮކްޓޫބާރ 2013 ވަނަ ދުވަހު ސްޕެއިންގެ ބީޗަކުން ވަނީ ފެނިފައެވެ. 30 ފޫޓްގެ މި ބޯވާ ދިލަމަހުގެ ބަރުދަނުގައި 180 ކިލޯގްރާމް ހުރިކަމަށް ސްޕޭންގެ ނޫސްތަކާއި ބައިނަލް އަގްވާ ނޫސްތަކުގައި ޖަހާފައިވެއެވެ. އަދި ސްޕެއިން އިން މި ފެނުނު ބޯވާ ދިލަމަހަކީ މިހާތަނަށް ރެކޯރޑްކުރެވުނު އެންމެ ބޮޑު އިންވާރޓްބްރޭޓް އެނިމަލް އެވެ.( ބެކް ބޯން ނުހުން ދިރޭތަކެތި)

ސްޕެއިން އިން ފެނުނު ބޮޑު ބޯވާ ދިލަމަހަކީ  ޖަޔަންޓް ސްކްއިޑް ގެ ނަމުން ނަންދެވިފައިވާ ބޯވާ ދިލަމަހުގެ ވައްތަރެކެވެ. މިހާރު އެ މަސް ބޭއްވިފައިވަނީ ސްޕެއިންގެ ކެންޓަބްރިއާގެ މެރިޓައިމް މިއުޒިއަމްގައެވެ. ޖަޔަންޓް ސްކްއިޑްގެ އެހާ ބޮޑެތި އެއްޗެހި އާންމުކޮށް ނުފެންނަކަން ފާހަގަކުރެވެއެވެ. އަދި ޖަޔަންޓް ސްކުއިޑަކީ އާންމުގޮތެއްގައި ފުން ހިސާބުތަކުގައި އުޅޭ އެއްޗެކެވެ.

LEAVE A REPLY

Please enter your comment!
Please enter your name here