قرآنގެ ތަޢުރީފް

ބަހުގެ (ލުޣަވީ) މާނަ: އެއްޗެއް އެއްކުރުން ނުވަތަ އެއްކޮށް ލިއުން ނުވަތަ މިމާނަ ދޭހަވާ ކޮންމެ މާނައެކެވެ.

ޝަރީޢަތުގައި قرآنގެމާނަ:ކީރިތި ޤުރުއާނުގެ ޝަރުޢީ މާނައަށް ބަލާއިރު ކީރިތި ޤުރުއާނުގެ ތަޢުރީފާމެދު އެކި ޢިލްމުވެރިން ބޭނުންކުރެއްވީ އެކި ޢިބާރާތެވެ.ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ކީރިތި ޤުރުއާނަކީ ފާތިޙާ ސޫރަތުން ފެށިގެން ނާސް ސޫރަތުގެ ނިޔަލަށް ކިޔެވުން އަޅުކަމއްގެ ގޮތުގައި ލައްވަވައި، ޖިބްރީލުގެފާނު މެދުވެރި ކުރަށްވަވައި، ރަސޫލުﷲ ގެފާނުގެ މައްޗަށް މާތް ﷲ ޢަރަބި ބަހުން ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ.މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.﴿ وَيَوۡمَنَبۡعَثُفِىكُلِّأُمَّةٍ۬شَهِيدًاعَلَيۡهِممِّنۡأَنفُسِہِمۡ‌ۖوَجِئۡنَابِكَشَہِيدًاعَلَىٰهَـٰٓؤُلَآءِ‌ۚوَنَزَّلۡنَاعَلَيۡكَٱلۡكِتَـٰبَتِبۡيَـٰنً۬الِّكُلِّشَىۡءٍ۬وَهُدً۬ىوَرَحۡمَةً۬وَبُشۡرَىٰلِلۡمُسۡلِمِينَ﴾މާނައީ [އަދި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެ ކަމެއް ބަޔާން ކޮއްދެއްވާ ގޮތުގައެވެ.] އަނެއްބަޔަކު ދެކެވަޑައިގަންނަވާ ގޮތުގައި ކީރިތި ޤުރުއާނުގައި ހަތަރު ހާއްޞިއްޔަތު ހަމަނުވާ އެއްޗަކަށް ކީރިތި ޤުރުއާނޭ ނުކިޔޭނެކަމަށެވެ.

ޤުރުއާނުގެ ޙުއްޖިއްޔަތު

ޖިބުރީލު ގެފާނު މެދުވެރިކުރައްވައި އެޤުރުއާނު ބާވައިލެއްވީ ޢަރަބިބަހުންނެވެ. އަދި މިފަދަޤުރުއާނެއް ގެނައުމަށް ވަނީ، ޢަރަބީންނަށްގޮންޖައްސަވާފައެވެ. އެމީހުންނަކީ ބަޔާނާއި ބަލާޣަތާއި ފަޞާޙަތުގެއަހުލުވެރީން ކަމުގައިވާ ޙާލުވެސް އެމީހުންވަނީ މިކަމަށް ނުކުޅޭދޭކަން ހާމަވެފައެވެ. ހަމަ އެއާއެކު މުޅި އިންސާނީ އުއްމަތަށާއި ޖިންނީންނަށްވެސްވަނީ ގޮންޖައްސަވާފައެވެ. އަދި މިއަދާއި ހަމަޔަށްވެސް (15 ޤަރުނުވީއިރުވެސް) އެކަން އޮތީ ހަމަ އެހެނެވެ. މިހެން ކަމުން މިއީ ޤުރުއާނަކީދަލީލެއް ކަމުގެ ހުއްޖަތެކެވެ.

ކީރިތި ޤުރުއާން ބާވާލެއްވުން

ކީރިތިޤުރުއާނަކީ،އެންމެފަހުގެނަބިއްޔާއަދިރަސޫލާމުޙައްމަދުޞައްލައްﷲޢަލައިހިވަސައްލަމުގެމައްޗަށްބައިވައިލެއްވި،ﷲޞުބުޙާނަހޫވަތަޢާލާގެއިލާހީވަޙީއެވެ. އެއީއަޅުގަނޑުމެންމުސްލިމުންއުޅެންވީގޮތްބަޔާންކޮށްއަންގަވައިފާދުސްތޫރެވެ. މާތްﷲޞުބުޙާނަހޫވަތަޢާލާބައިވާލެއްވިއެންމެފަހުގެޝަރީޢަތްކަމުގައިވާއިސްލާމީޝަރީޢަތުގެއެންމެފުރަތަމަމަޞްދަރަކީވެސްކީރިތިޤުރުއާނެވެ.

ކީރިތިޤުރުއާންބާވައިލެއްވުނީ 23 އަހަރުންނެވެ. އެއީކީރިތިރަސޫލާޞައްލަﷲޢަލައިހިވަސައްލަމައަށްރަސޫލުކަންލިބިވަޑައިގަތުމަށްފަހުއަލްމައްކަތުލްމުކައްރަމާ (އުއްމުލްޤުރާ)ގައިދީނަށްގޮވައިލެއްވުމަށްހޭދަކުރެއްވި 13 އަހަރާއި،އޭގެފަހުންމަދީނަތުލްމުނައްވަރާ (ޠައިބާ) އަށްޙިޖްރައަށްވަޑައިގެންދީނަށްގޮވައިލެއްވުމަށްހޭދަކުރެއްވި 10 އަހަރާއިއެކުޖުމުލަ 23 އަހަރުންނެވެ. އެގޮތުން ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ ކުރިން ބާވާލެއްވުނު ސޫރަތްތަކަކީ މައްކީ ސޫރަތެވެ. އަދި މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ބާވާލެއްވުނު ސޫރަތްތަކަށް ކިޔަނީ މަދަނީ ސޫރަތެވެ.

ކީރިތި قرآنން ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކާމެދު ޢިލްމުވެރިންގެމެދުގައި ޚިޔާލު ތަފާތުވެފައި ވެއެވެ. އޭގެތެރެއިން މިތާނގައި މިހުށައަޅާލަނީ ކީރިތި قرآنން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކާމެދުޖުމްހޫރު ޢިލްމުވެރިން ދެކެލައްވާ ގޮތެވެ. ޖުމްހޫރުން ދެކެލައްވާގޮތުގައިކީރިތި قرآنން އެންމެ ފުރަތަމަ ބާވައިލެއްވުނީ سورةالعلقގެ ފުރަތަމަ 5އާޔަތެވެ. އަދިއެއާޔަތްތައް (سورةالعلقގެ ފުރަތަމަ 5 އާޔަތް)ބާވައިލެއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ.(1) އެއާޔަތް ތަކަކީ: اقْرَأْبِاسْمِرَبِّكَالَّذِيخَلَقَމާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗެއް އުފެއްދެވި ރަސްކަލާނގެއެވެ.”خَلَقَالْإِنسَانَمِنْعَلَقٍމާނައީ: “ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާއުފެއްދެވިއެވެ.”اقْرَأْوَرَبُّكَالْأَكْرَمُމާނައީ: “ކަލޭގެފާނުކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެދީލަތިވަންތަ، ރަސްކަލާނގެއެވެ.” الَّذِيعَلَّمَبِالْقَلَمِމާނައީ:”އެކަލާނގެއީ ޤަލަމުން (ލިޔަން) އުނގަންނަވައިދެއްވި ރަސްކަލާނގެއެވެ.”عَلَّمَالْإِنسَانَمَالَمْيَعْلَمْމާނައީ:”އިންސާނާއަށް އޭނާނުދަންނަ ކަންތައްތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ.”

އެންމެފަހުންބާވައިލެއްވުނުއާޔަތްކަމުގައިގިނަޢިލްމުވެރިންވިދާޅުވަނީއެއީބަޤަރާސޫރަތުގެ 281 ވަނައާޔަތްކަމުގައެވެ. އެއީ﴿وَاتَّقُواْيَوْمًاتُرْجَعُونَفِيهِإِلَىاللَّهِثُمَّتُوَفَّىكُلُّنَفْسٍمَّاكَسَبَتْوَهُمْلاَيُظْلَمُونَ﴾މާނައީ، “އެދުވަހެއްގައި،ﷲގެޙަޟްރަތަށްތިޔަބައިމީހުންރުޖޫޢަކުރައްވާނޭދުވަހަކަށް،ތިޔަބައިމީހުންރައްކައުތެރިވެބިރުވެތިވާށެވެ. ދެންކޮންމެނަފުސަކަށްމެ،އެނަފުސެއްހޯދިކަމެއްގެޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދިއެއުރެނަށްބޭއިންސާފުނުކުރައްވާހުއްޓެވެ.

قرآنބާވައިލެއްވުނީ ކިހިނެއް؟

ކީރިތި ޤުރުއާނުގައި ހިމެނިގެންވަނީ މާތްﷲގެ ބަސްފުޅުތަކެވެ. އެކަލާނގެވަޙީ އެވެ. އެހެންކަމުން އެކަލާނގެ ކަލާމްފުޅު އަހަރެމެނާ ހަމައަށް ވާޞިލުކުރައްވާފައިވަނީ މާތް މަލާއިކަތާ ޖިބުރީލްގެފާނު މެދުވެރިކުރައްވައި،ވަރަށް ރައްކާތެރިކަމާއެކު އެއަށް އެއްވެސްކަހަލަ އުނިއުނި އިތުރެއްނުގެނެވޭނެފަދަ ގޮތެއްގައެވެ.ކީރިތި ޤުރުއާން ބާވައިލެއްވުންމައިގަނޑު ދެބަޔަކަށް ޢިލްމުވެރިން ބައްސަވާލައްވައެވެ. އެއީ اللوحالمحفوظން بيتالعزةއަށް ބާވައިލެއްވި ބާވައިލެއްވުމާއި، بيتالعزةއިންދުނިޔޭގެ ބިމަށް (އެބަހީ: ރަސޫލާއަށް) ބާވައިލެއްވި ބާވައިލެއްވުމެވެ. ނަމަވެސް ކީރިތި قرآنބާއްވައިލެއްވުނު ގޮތާމެދު ކީރިތި قرآنގައި މާތްﷲވަޙީ ކުރައްވާފައިވާ އާޔަތަކުން ކީރިތި قرآنبيتالعزةއަށްބާވައިލެއްވުމުގެ ކުރީގައި اللوحالمحفوظގައި ބާއްވާލައްވާފައި ވާކަންއެނގެއެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿شَهْرُرَمَضَانَالَّذِيَأُنزِلَفِيهِالْقُرْآنُ﴾ (އަލް ބަޤަރާ-185)މާނައީ: “ރަމަޟާން މަހަކީ އެމަހެއްގައިޤުރުއާން ބާވައިލެއްވި މައްސަރެވެ.” މިއާޔަތުގެ ތަފްސީރުގައި އިބުނުޢައްބާސް އާއި އެހެނިހެން ބައެއް ޢިލްމުވެރިން ވިދާޅުވަނީ ” މާތްﷲ ކީރިތިޤުރުއާން لوحالمحفوظން بيتالعزةއަށް ބާވައިލައްވާފައިވަނީ އެކީއެއްފަރާއެވެ.”  އަދިވެސް މާތްﷲ ވަޙީކުރަށްވާފައި ވެއެވެ. ﴿بَلْهُوَقُرْآنٌمَّجِيدٌ،فِيلَوْحٍمَّحْفُوظٍ﴾(އަލް ބުރޫޖު-21-22)މާނައީ: ” އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރެވިފައިވާ ފިލައެއްގައިވާ ( އެބަހީ: لوحالمحفوظގައިވާ) މާތް ޤުރުއާނެވެ.” މި ދެ އާޔަތުން އެނގޭ ގޮތުގައި މާތްﷲ ވަނީ لوحالمحفوظން بيتالعزةއަށް ބާވައިލެއްވުމުގެ ކުރީގައި ކީރިތި ޤުރުއާން لوحالمحفوظގައި ރައްކާކުރައްވާފައެވެ. ނުވަތަ ބާވައިލައްވާފައެވެ. ނަމަވެސްއެއީ ކޮން އިރަކުކަމެއް އެނގޭކަށް ނެތެވެ.

 

اللوحالمحفوظން بيتالعزةއަށް ކީރިތި قرآنބާވައިލެއްވުން

މާތްﷲ ކީރިތި ޤުރުއާން ދުނިޔޭގެ އުޑަށް (بيتالعزةއަށް) ބާއްވައިލައްވާފައިވަނީ ރަމަޟާން މަހެއްގައެވެ. މާތްﷲ ވަޙީކުރަށްވާފައިވެއެވެ. ﴿شَهْرُرَمَضَانَالَّذِيَأُنزِلَفِيهِالْقُرْآنُهُدًىلِّلنَّاسِوَبَيِّنَاتٍمِّنَالْهُدَىوَالْفُرْقَانِ﴾(އަލް ބަޤަރާ-185) މާނައީ: “ރަމަޟާން މަހަކީއެމަހެއްގައި قرآنބާވައިލެއްވި މަހެވެ. (އެ قرآنބާވައިލެއްވީ)މީސްތަކުންނަށް ހުރި ތެދުމަގެއްކަމުގައްޔާއި، ހިދާޔަތާއި، ޙައްޤާއި ބާޠިލުވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.”

އަދިހަމަ އެހެންމެ މާތްﷲ ކީރިތި قرآنދުނިޔޭގެ އުޑަށް (بيتالعزةއަށް) ބާއްވައި ލައްވާފައިވަނީ ބަރަކާތްތެރި ވެގެންވާ ރެއެއްގައެވެ. މިކަމަށްޢިޝާރާތް ކުރަށްވައި މާތްﷲ ވަޙީ ކުރަށްވާފައި ވެއެވެ. ﴿إِنَّاأَنزَلْنَاهُفِيلَيْلَةٍمُّبَارَكَةٍ﴾(އައް ދުޚާން-3)މާނައީ: “ހަމަކަށަވަރުން ތިމަން ރަސްކަލާނގެއެފޮތް (އެބަހީ: ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާރެއެއްގައެވެ.”

މި ބަރަކާތްތެރިވެގެންވާ ރެއަށް ނަންދެއްވައި މާތްﷲ ވަޙީ ކުރަށްވާފައިވެއެވެ. ﴿إِنَّاأَنزَلْنَاهُفِيلَيْلَةِالْقَدْرِ﴾ (އަލް ޤަދުރު-1) މާނައީ: “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ لَيْلَةِالْقَدْرِވިލޭރޭގައެވެ.” މިއާޔަތްތަކަށް ނަޒަރު ހިންގާލާއިރު ހާމަވާޙަޤީޤަތަކީ މާތްﷲ ކީރިތި قرآن،بيتالعزةއަށް (ދުނިޔޭގެ އުޑަށް)ބާވައިލައްވާފައި ވަނީ لَيْلَةِالْقَدْرِވިލޭރޭގައި ކަމެވެ. އަދި ހަމައެހެންމެ މި ބާވައިލެއްވުން، ބާވައިލެއްވުނީ އެކީ އެއްފަހަރެއްގެމަތިންނެވެ.

بيتالعزةއިން ބިމަށް (ކީރިތި ރަސޫލާއަށް) قرآنބާވައިލެއްވުން

އެރެއެއްގެ ހެޔޮކަން އެއްހާސް މައްސަރަށްވުރެ ބޮޑުވެގެންވާ ރެއެއްގައިމާތްﷲ اللوحالمحفوظން بيتالعزةއަށް ބާވައިލެއްވި ކީރިތި قرآنކައުއިތުރު ރަސޫލާގެ މައްޗަށް ބާވައިލެއްވިފައި ވަނީ ވަރަށްރައްކާތެރިކަމާއެކުގައެވެ. އަދި ހަމަ އެހެންމެ ފުރިހަމަ ވިސްނުމަކުންވިސްނައިފިނަމަ އެ قرآنގެ ތެދުކަމާ މެދު އެއްވެސް މީހަކަށް ޝައްކުކުރެވޭނެކުޑަވެސް ޖާގައެއް ނުދެއްވައެވެ. މިބާވައިލެއްވުމުގައި ނުވަތަބާވާލެއްވުން ތަކުގައި ފާހަގަ ކުރެވޭ ބައެއް ކަންތައްތަކަށްއަލިއަޅުވާލާނަމެވެ.

ކީރިތި قرآنގެ ވަޙީ ކީރިތި ރަސޫލާއަށް ލިބިވަޑައިގަންނަވާ ގޮތް.

ޞަޙީޙުލް ބުޚާރީގައި عائشةގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. عنعائشةأمالمؤمنينأنهاقالت: أولمابدىءبهرسولاللهصلىاللهعليهوسلممنالوحيالرؤياالصالحةفيالنوم،فكانلايرىرؤياإلاجاءتمثلفلقالصبح،ثمحببإليهالخلاء،وكانيخلوبغارحراء،فيتحنثفيه – وهوالتعبد–اللياليذواتالعددقبلأنينزعإلىأهله،ويتزودلذلك،ثميرجعإلىخديجةفيتزودلمثلها،حتىجاءهالحقوهوفيغارحراء،فجاءهالملكفقال: اقرأ،قال: (ماأنابقارىء) قال: (فأخذنيفغطنيحتىبلغمنيالجهد،ثمأرسلنيفقال: اقرأ،قلتماأنابقارىء،فأخذنيفغطنيالثانيةحتىبلغمنيالجهد،ثمأرسلنيفقال: اقرأ،فقلت: ماأنابقارىء،فأخذنيفغطنيالثالثة،ثمأرسلنيفقال: “اقرأباسمربكالذيخلقخلقالإنسانمنعلقاقرأوربكالأكرم”) މާނައީ: “أمالمؤمنينعائشةރަޟިޔަﷲ ޢަންހާގެކިބައިން ރިވާވެފައި ވެއެވެ. ” ކީރިތި ރަސޫލާއަށް ވަޙީގެ ގޮތުގައި ފުރަތަމަފެނިވަޑައިގެންނެވީ ހެޔޮ ޞާލިޙް ހުވަފެން ފުޅުތަކެވެ. ރޭގަނޑުގައިއެކަލޭގެފާނަށް ކަމެއް ހުވަފެން ފުޅުގައި ފެނިއްޖެނަމަ، ދުވާލު އެކަމެއްޙަޤީޤަތަކަށް ވެދެއެވެ. އެއަށްފަހު، އެކަލޭގެފާނު އެކަހެރިވެ އިންނެވުމަށްލޯބި ކުރެއްވިއެވެ. އެކަލޭގެފާނު ޚިލްވަތުގައި އިންނަވަނީ ޙިރާފަރުބަދައިގެ ހޮހޮޅައިގައެވެ. އެކަލޭގެފާނު ގެންދަވާ ފެނާއި ކާބޯތަކެތިހުސްވުމުން ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގެން ފެނާއި ކާބޯތަކެތި އަލުންހިއްޕަވައިގެން ޙިރާ ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގަންނަވައެވެ. އެއީއެކަލޭގެފާނުގެ އަރިހަށް ޙައްޤު އަތުވެއްޖައުމަށް ދާންދެނެވެ. އެގޮތުގައިއެކަލޭގެފާނު ޙިރާފަރުބަދައިގެ ހޮހުޅާގައި އިންނަވަނިކޮށް އެކަލޭގެފާނަށްވަޙީ ބާވައި ލެއްވުނެވެ.

އެކަލޭގެފާނުގެ އަރިހަށް ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު ވަޑައިގެންވިދާޅުވިއެވެ. اقرأ . މާނައީ: ކިޔަވާ ވިދާޅުވާށެވެ. އެކަލޭގެފާނުވިދާޅުވިއެވެ. (ماأنابقارىء)މާނައީ: ތިމަންކަލޭގެފާނަކީ ކިޔަވާމީހަކީމެއް ނޫނެވެ. އެއަށްފަހު ތިމަންކަލޭގެފާނަށް އުނދަގޫފުޅުވާވަރަށްމަލާއިކަތާ ތިމަންކަލޭގެފާނުގެ ގައިކޮޅުގައި ބެއްދެވިއެވެ. އެއަށްފަހުދޫކޮށްލައްވައި ވިދާޅުވިއެވެ. اقرأ . މާނައީ: ކިޔަވާ ވިދާޅުވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (ماأنابقارىء). މާނައީ: ތިމަންކަލޭގެފާނަކީ ކިޔަވާ މީހަކީމެއް ނޫނެވެ. އެއަށްފަހު ކުރީފަހަރުހެއްދެވިހެން މިފަހަރުވެސް ހެއްދެވުމަށްފަހު ދޫކޮށްލައްވައި ވިދާޅުވިއެވެ. اقرأ . މާނައީ: ކިޔަވާ ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. (ماأنابقارىء)މާނައީ: ތިމަންކަލޭގެފާނަކީ ކިޔަވާ މީހަކީމެއް ނޫނެވެ.ތިންވަނަފަހަރު އެގޮތަށް ހެއްދެވުމަށްފަހު، ދޫކޮށްލައްވައި(ޖިބްރީލްގެފާނު) ވިދާޅު ވިއެވެ.﴿اقرأباسمربكالذيخلق﴾މާނައީ:” ކަލޭގެފާނުގެ ވެރިރަސްކަލާނގެއިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗެއްއުފެއްދެވި ރަސްކަލާނގެއެވެ.”﴿خلقالإنسانمنعلق﴾މާނައީ: “ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ އުފެއްދެވިއެވެ.”﴿اقرأوربكالأكرمމާނައީ:” ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީއެންމެ ދީލަތިވަންތަ، ރަސްކަލާނގެއެވެ.”}

ރަސޫލުﷲގެފާނުގެ ގައިކޮޅުގައި ޖިބްރީލްގެފާނު ބެއްދެވީ،ރަސޫލުﷲގެފާނަށް އަލަށް މި ކުރިމަތިވި ކަންތަކަކީ ޙަޤީޤަތެއްކަންބަޔާންކޮށްދެއްވުމަށް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

ޖިބްރީލްގެފާނު ކީރިތި ރަސޫލާއަށް ގެނެސްދެއްވާ ބަސްފުޅުތަކަކީވަޙީކަމާއި قرآنކަމަށް ޢިޝާރާތް ކުރަށްވައި މާތްﷲ ވަޙީ ކުރަށްވާފައިވެއެވެ. ﴿وَإِنَّهُلَتَنزِيلُرَبِّالْعَالَمِينَ * نَزَلَبِهِالرُّوحُالْأَمِينُ﴾ (އައް ޝުޢަރާ-192-193) މާނައީ:” ހަމަ ކަށަވަރުން އެ قرآنއަކީ ޢިލްމުތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅަށްއެ قرآنއާއިގެން ފައިބާ ވަޑައިގަތީ ޖިބުރީލުގެފާނެވެ.”

އިބްނި ޢައްބާސް، ޤަތާދާ އަދި އައްދުޙާކު އެއްބަސްވެލައްވާ ގޮތުގައި މިއާޔަތުން ކީރިތި قرآنގައި އެއްވެސް އޮޅުމެއް ނެތްކަމަށް (މާނައީ: ޤުރުއާނަކީ ތަވާތުރު ފޮތެއްކަމަށް)ދަލީލު ލިބެއެވެ.

ކީރިތި ރަސޫލާއަށް قرآنބާވައިލެއްވުމުގައި ޖިބުރީލްގެފާނު އިސްތިސްނާކުރަށްވާފައެއް ނުވެއެވެ. عنعائشةأمالمؤمنينرضياللهعنها: أنالحارثبنهشامرضياللهعنهسألرسولاللهصلىاللهعليهوسلمفقال: يارسولالله، كيفيأتيكالوحي؟ فقالرسولاللهصلىاللهعليهوسلم: (أحيانايأتينيمثلصلصلةالجرس، وهوأشدهعلي، فيفصمعنيوقدوعيتعنهماقال، وأحيانايتمثلليالملكرجلا، فيكلمنيفأعيمايقول). މާނައީ: “أمالمؤمنينعائشةرضياللهعنهاރިވާކުރައްވާފައި ވެއެވެ. الحارثبنهشامރަސޫލާގެއަރިހުގައި ދެންނެވިއެވެ. އޭ! މާތްﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް ވަޙީބާވައިލެއްވެނީ ކިހިނެއްތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ބައެއްފަހަރުވަޙީ ބާވައިލެއްވެނީ ރަނގަބީލެއްގެ އަޑުފަދަ އަޑެއްގެ ގޮތުގައެވެ. މިއީތިމަންކަލޭގެފާނަށް އެންމެ ބުރަ ވައްތަރެވެ. އަދި އެއަށްފަހުތިމަންކަލޭގެފާނަށް ލިބިލައްވާ ވަޙީ ހިތްޕުޅުން ދަސްކުރައްވަމެވެ. ބައެއްފަހަރު މަލާއިކަތާ އިންސާނެއްގެ ސޫރައިގައި ވަޑައިގަންނަވައެވެ. އަދިތިމަންކަލޭގެފާނާ ވާހަކަފުޅު ދައްކަވައެވެ. އަދި ތިމަންކަލޭގެފާނުއެވިދާޅުވާ ހުރިހާބަސްފުޅުތައް ދަސްކުރައްވަމެވެ.”

ވަޙީ ބާވައިލެއްވޭ ކިތަންމެ ގިނަ ގޮތްތަކެއްވިޔަސް، މަތީގައިވާ ޙަދީޘްބަސްފުޅުންވެސް ކަށަވަރުވާ ގޮތުގައި ކީރިތި قرآنރަސޫލާގެމައްޗަށްބާވައިލައްވާފައިވަނީ ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު މެދުވެރިކުރައްވައެވެ.

الإمامسيوطيވިދާޅުވާ ގޮތުގައި ކީރިތި قرآنއަކީ ޖިބުރީލްގެފާނުމެދުވެރިކުރައްވައި ރަސޫލާގެ މައްޗަށް އަކުރުން އަކުރަށް ބާވައިލެއްވޭ ވަޙީއެވެ. އެކަލޭގެފާނަށް އެ ވަޙީއެއް ލިބިލެއްވުމުން، މީސްތަކުންނަށްވިދާޅުވެދެއްވަނީ އެ ލިބިލެއްވި ގޮތަކަށެވެ.

Leave a comment

Your email address will not be published. Required fields are marked *