ޢޭސީ ޑީ ސީ އަލްޓިމޭޓް ލައިޓްރޫމްގެ ބަދަލުގައި ބޭނުން ކުރަން ރަނގަޅު ސޮފްޓްވެއާރ އެއް!

ޢޭސީ ޑީ ސީ އަލްޓިމޭޓް ލައިޓްރޫމްގެ ބަދަލުގައި ބޭނުން ކުރަން ރަނގަޅު ސޮފްޓްވެއާރ އެއް!

ފޮޓޯ އެޑިޓްކޮށް ކުލަ ރަނގަޅުކޮށްލަން ބޭނުން ކުރާނެ، ސްޕީޑް ރަނގަޅު، ފަސޭހަ ސޮފްޓްވެއާރ ބޭނުންވާނަމަ އެންމެ ރަނގަޅު އެއް ސޮފްޓްވެއާރ އަކީ އޭސީޑީސީ އަލްޓިމޭޓް އެވެ. ހަމަ އެއާ އެކު އެޑޯބް ލައިޓްރޫމް، ކޮރަލް ޕެއިންޓްޝޮޕް ޒާރާ ފޮޓޯ އެންޑް ގުރެފިކް ޑިޒައިނާރ ފަދަ ރަނގަޅު ސޮފްޓްވެއާރ ތައްވެސް ފާހަނގަކޮށްލެވެއެވެ.  ފެންނަ ފެނުމަށް މި ސޮފްޓްވެއާރތަކުގެ ޔޫސާރ އިންޓަފޭސް ވަރަށް އެއްގޮތްވެފައި ސެޓިންތަކުގައި ތަފާތު ތަކެއް ހުރެއެވެ.

މި ލިޔުމުގައި އަޅުގަނޑު މި ބަޔާންކޮށްލަނީ  އެންމެ މަސްޙޫރު އެއް ކަލަ ކަރެކްޝަން ސޮފްޓްވެއާރ އެޑޯބް ލައިޓް ރޫމްގެ ބަދަލުގައި ބޭނުންކުރެވިދާނެ ސޮފްޓްވެއާރ އެކެވެ. މިވީ 3 އަހަރެއް ތެރޭގައި ބޭނުން ކޮށް ތަޖްރިބާ ކުރެވުނު އެންމެ ރަނގަޅު އެއް ފޮޓޯގްރަފީ އާއި ގުޅޭ ސޮފްޓްވެއާރ އަކީ އޭސީޑީސީ އަލްޓިމޭޓް އެވެ.

އޭސީޑީސީ އަކީ ލައިޓް ރޫމްއަށްވުރެ ބޭނުންކޮށްލަން ފަސޭހަ ސޮފްޓްވެއާރ އެކެވެ. ލައިޓް ރޫމް އަދި ފޮޓޯޝޮޕުން ކުރެވޭ ކަންތައްތައް މި ސޮފްޓްވެއާއިން ކުރެވެއެވެ. މިއީ ފޮޓޯ ނަގާ ފަރާތްތަކަށް މި ސޮފްޓްވެއާރ އެންމެ ފަސޭހަވާނެ އެއް ސަބަބެވެ.  އަޅުގަނޑުވެސް މި ދާއިރާގައި ވޭތުވެ ދިޔަ 5 ވަރަކަށް އަހަރު ތެރޭގައި އެންމެ ގިނައިން ބޭނުން ކުރަމުން އައީ ލައިޓް ރޫމްއެވެ. އެހެންނަމަވެސް ބައެއް ފަހަރަށް ލައިޓްރޫމް އިން ރީޓަޗް ކުރިޔަސް ފޮޓޯޝޮޕްގެ ބޭނުން ހިފަން ޖެހެއެވެ.

ލައިޓްރޫމް އިން ފޮޓޯގެ ނޮއިސް ފިލުވާ، ސާފްކޮށް، ކުލަ އަލިކޮށް، ކުލަ ރީތިކުރެވެއެވެ. އެހެންނަމަވެސް އިތުރު މާ ގިނަ އެޑިޓް ތަކެއް ކުރެވެން ނުހުރެއެވެ. އޭސީޑީސީ ސޮފްޓްވެއާރ އުފައްދާފައިވަނީ އެޑިޓް ކުރަން ހާއްސަ ބައެއް ހިމަނައިގެންނެވެ. އަދި ފަސޭހަ ކަމާއި އެކު ސިސްޓަމްގައި ހުންނަ ހުރިހާ ފޮޓޯ މި ސޮފްޓްވެއާރ ތެރެއިން ބަލާލަވެއެވެ.

ފަސޭހައިން ވަކި ފޮޓޯ އަށް ރައިޓް ކްލިކްކޮށްފައި ހުޅުވުމަށްފަހު އެޑިޓް އަދި ކަލަ ކަރެކްޝަން ޕެނަލް އާއި ކުޅެވެއެެވެ. އެހެންނަމަވެސް ލައިޓްރޫމްގައި ޖެހެނީ ކެޓަލޮގް ނުވަތަ ފޮޓޯ ފައިލް އިމްޕޯރޓް ކުރާށެވެ. ސޮފްޓްވެއާރގެ ސްޕީޑު ލައިޓް ރޫމްއާއި އަޅާބަލާއިރު ވަރަށް ބޮޑުތަން ރަނގަޅެވެ. ފޮޓޯ އިންޕޯރޓް އަދި އެކްސްޕޯރޓް ކުރާއިރު ސޮފްޓްވެއާރ ސްޕީޑް ދަށްވެ ނޮޓް ރެސްޕޯންޑިން އަރައިގެން ދިމާވާ ދަތިތައް މި ސޮފްޓްވެއަރގައި ދިމާނުވެއެވެ. އާދައިގެ ސިސްޓަމްތަކުންވެސް ސްޕީޑް ދަށްވުމެއް ނެތި ބޭނުންކުރެވެއެވެ. އޭސީޑީސީ އަލްޓިމޭޓް ގެ ފައިލް ސައިޒްއަކީ 148 އެމްބީ އެވެ. އެޑޯބް ލައިޓްރޫމް ސީސީ 6.8 ގެ ސައިޒްއަކީ 927 އެމްބީ އެވެ.

އެސީޑީސީގެ ސެޓިންތައްވެސް ލައިޓް ރޫމް އާއި މާ ބޮޑު ތަފާތެއް ނުހުރެއެވެ. އެހެންކަމުން ލައިޓްރޫމް ބޭނުން ކުރާ މީހަކަށް މި ސޮފްޓްވެއާރ ބޭނުން ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ހަމަ އެހެންމެ ސޮފްޓްވެއާރ ތައްޔާރުކޮށްފައިވަނީ ފަސޭހަކަމާއި އެކު އިންޓަފޭސް އަށް އަމިއްލަ ބަދަލުތައް ގެނެވޭގޮތަށެވެ. އަދި މީގެ އިތުރަށް އިންސްޓޯލްކޮށްފައި ހުންނަ ފޮޓޯސޮޕް ޕުލަގިންސް ވެސް އޭސީޑީސީ ޕޮޓޯ އެޑިޓާރ އިން ބޭނުންކުރެވޭނެއެވެ.

އޭސީޑީސީ ސޮފްޓްވެއާރ އިން ފޮޓޯ އެޑިޓްކުރުމުގެ އިތުރަށް ތަފާތު 80 ސްޕެޝަލް އެފެކްޓެއް ބޭނުންކުރެވެއެވެ. ބޭނުންވާ ފޮޓޯ ހުޅުވުމަށްފަހު އެގޭތެރޭގައި ހިމެނޭ އެފެކްޓްސް ލެވޭނެއެވެ.  ފޮޓޯސޮޕް ސްޓައިލް އެޑްޖަސްޓަބްލް ލޭޔާ ވެސް ބޭނުންކުރެވެއެވެ. އަސްލު ފޮޓޯ ބަދަލު ނުގެނެސް ލޭޔާ މެދުވެރިކޮށް ފޯޓޯއަށް އެފެކްޓް ލެވޭނެއެވެ. ލައިޓް އީ ކިއު އަކީ ވެސް މީގައި ހިމެނޭ ވަރަށް ހާއްސަ ސެޓިންއެކެވެ.  ލައިޓް އީ ކު ނުވަތަ ލައިޓް އިކްއިލައިޒޭޝަން އިން ފޮޓޯ އަށް ގެނެވޭ ބަދަލުތައް ތިރީގައިވާ ވީޑިއޯ އިން ފެނިވަޑައި ގަންނަވާނެެވެއެވެ.

އޭސީޑީސީ އަލްޓިމޭޓް 10 މިއީ ފަހުގެ އަދަދެވެ. ލައިޓްރޫމް ބޭނުން ކުރަށްވާ ބޭފުޅުންވެސް ބޭނުންކޮށްލަން މިއީ ރަގަޅު ސޮފްޓްވެއާރ އެކެވެ. ހާއްސަކޮށް އާދައިގެ ސިސްޓަމްތަކުގައި ލައިޓް ރޫމްގެ ސްޕީޑް ދަށްވެ ދަތިތަކާއި ކުރިމަތިވާ ފަރާތްތަކުން އޭސީޑީސީ ބޭނުން ކުރަން ފެށުމަކީ ވަރަށް ބޮޑު ތަފާތެއް ފާހަނގަކުރެވޭނެ ކަމެކެވެ.   

އޭސީޑީސީ ޔޫޓިއުބު ޗެނަލް

މުސައްނިފް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންނުމަށްފަހު މަލްޓިމީޑިއާ ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.

ރައްދު

Your email address will not be published. Required fields are marked *