ދީން

ޞުބުޙާނަ ﷲ އެވެ! އިންސާނުންގެ ތެރޭން ބަޔަކުމީހުން ޖަނަވާރުންފަދައިން

ޞުބުޙާނަ ﷲ އެވެ! އިންސާނާއަށް ﷲމަތިވެރިކަމާއި ބާރާއި އެންމެހާ ނިޢުމަތްތައް ދެއްވުމުންވެސް އޭގެ ތެރޭން ބަޔަކު މީހުން ޖަނަވާރުންގެ ދަރަޖައައް ވެއްޓިގަންނަނީއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ﷲ އިންސާނުންނަށް ވުރެ މާތް މަޙުލޫގެއް ދުނިޔެމައްޗައް ނުލައްވަވައެވެ.

އަދި އިންސާނާ ޖަނަވާރުންނާއި ތަފާތުކޮށް ބުއްދީގެ ނިއުމަތް އެންމެ ފުރިހަމަގޮތުގައި ދެއްވެވިއެވެ.އަދި އިންސާނާ ދިރިއުޅުމަށް އިސްލާމްދީނުގެ ދިރިއުޅުމުގެ ފުރިހަމަ ނިޒާމް ރަސޫލުންނާއި ނަބީއުން ފޮނުއްވަވާ އަންގަވާ ބަޔާންކޮށްދެއްވާ އުގަންނަވައިދެއްވެވިއެވެ. އިންސާނާ ކުރުމަށް ހުއްދަ ކަންތައްތަކާއި ޙަރާމް ކަންތައް ތަކެއް ލެއްވިއެވެ.

ޝައްކެތް ނެތެވެ. މީ އިމްތިޙާނުގެ ގޮވައްޗެވެ. ކޮންމެ ކަމެއް ހަރާމްކުރެއްވުމުގައިވެސް ހިކުމައްތަކެއް ވާނެކަން ޔަގީނެވެ. މިފަދަ ފާޙިސްއަމަލުތައް ﷲ ޙަރާމްކުރެއްވުމުގެ ބައެއްހިކުމައްތައް އިލްމުގެ އހްލުވެރިން ހާމަކުރަށްވާފައިވެއެވެ. އެގޮތުން ފާހަގަކުރައްވާފައިވާ ބައެއް ހިކުމަތަކީ އެފަދަ ކަންތައްތަކަކީ މުޖުތަމަޢަށް މުސީބާތްގެންނަކަމެކެވެ.އެފަދަ ކަންކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުފަނާކޮށްލަނިވި އެތަކެއް ބަލިތަކެއްފެތުރެއެވެ. އަދި އާއިލާތައް ރޫޅި ނަސްލުއޮޅިދެއެވެ. ޝައްކެތްނެތެވެ. އިންސާނާ އަށް ފައިދާ ހުރި އެއްވެސް ކަމެއް ﷲ ޙަރާމްކަމެއްގެ ގޮތުގައި ނުލައްވައެވެ

ޙަރާމްކުރެއްވި ކޮންމެ އަމަލަކީ މުޖުތަމަޢުގައި އެ އަމަލެއް ހިނގާނަމަ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢުއަށް ކުރާނޭ އަމަލެކެވެ. އެފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމަޢު ބައިބައިވެ ފިތުނަފަސާދަ އާންމުވެ އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދަދު ނުކުރެވޭފަދަ ގިނަ ގެއްލުންތައް ސީދާ ގޮތުންނާއި ނުސީދާކޮށް މުޅި މުޖުތަމަޢުއަށް ދަނީ ކުރިމަތިވަމުންނެވެ. މި ގޮތުން މިއަދު މުޖުތަމަޢުގައި ކުއްތައް ގިނަވެފައިވާ މިންވަރަކީ މަގުމައްޗައް ނިކުމެ އުޅުމަކީ ނުރަށްކާތެރި ބިރުވެރި ކަމަކަށްވެއްޖެވެ. ގޭން ނިކުމެގެން ފައިސާ ކޮޅު ހިފައިގެން ފިހާރަޔަށް ގޮސް އަނބުރާ ގެޔަށް އާދެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އަންހެނަކަށް ގޭންބޭރަށް ނިކުމެގެން ބޭރަށްގޮސް އަނބުރާ ގެޔަށް އާދެވޭނެކަމުގެ ޔަގީންކަމެއް ނޯވެއެވެ. ސްކޫލައް ނުވަތަ ކޮލެޖައްދާ މަގުމަތީގައި ރޭޕްކުރާ ބަޔެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ގޭތެރޭގަ ތިބޭ ތުއްތު ކުދިންނައްވެސް ކޮންމެސް މީހެއްގެ ޖިންސީ ޝިކާރައަކަށްވެދާނެކަމުގެ ބިރުވެރިކަންވަނީ އުފެދިފައެވެ. ހުތުރުކަން ބޮޑު ފާހިޝް އަމަލުތައް ކުރުމުގައި ހައްދުފަހަނައަޅާ ދަނީއެވެ. މަސްތުވާތަކެތީގެ ތެރެޔަށް ގެނބި ބަޔަކު މީހުން އަރަޤުވަނީއެވެ. ޢޭގެ ނަތީޖާއެއް ގޮތުން ހުރިހާ ނުބައި ފާހިޝް އަމަލަކަށް ބިރެއްނެތި އަރައިގަންނަނީއެވެ. ކުރުގޮތަކަށް ބުނާނަމަ އިންސާނާ އަމިއްލަޔަށް ޖަނަވާރުންގެ ސިފަތަށް ލިބިގަންނަނީއެވެ. ތިމާ އަމިއްލަޔަށް އިންސާނީ ރިވެތި އުސޫލުތަށް ދޫކޮށް ޖަނަވާރުން ފަދައިން އުޅެނީއެވެ.

ނިކަން ވިސްނާލަމާ ހިނގާށެވެ. ތިމާ އަމިއްލަ ދަރީން ޖިންސީ އެދުން ފުއްދުމުގައި ބޭނުންކުރުން އެއީ ހަމަ އިންސާނީ އުސޫލުތަށް ގަބޫލުކުރާ ކަމެއްތޯއެވެ. އިސްލާމީ އުސޫލުތަކުން ހުއްދަވާނޭ ކަމެއް ތޯއެވެ. ޝައްކެތް ނެތި މުސްލިމުންގެ ބަހަކަށް ވާނީ ނޫނެކެވެ. ހުއްދަކަމެއް ނޫނެވެ. އެއީ ހަމަ ޖަނަވާރުގެ ސިފައެކެވެ. ހަމަ އެހެންމެ މުސްލިމަކަށް ވަންހަނާ ވެފައި ނުވާނޭ ފަދައިން އެއީ ﷲ ހަރާމްކުރަށްވާފައިވާ ކަމެކެވެ. އަދި އެފަދަ އަމަލުތަށް ހިންގާފަރާތްތަކަށް ﷲ ގެ އަޒާބުގެ އިންޒާރު ދެއްވާފައިވާ ކަމީ ހަމަ އަޅުގަނޑުމެންގެ ތެރޭން ކޮންމެ މުސްލިމަކަށްވެސް އެނގޭނޭކަމެއްކަން ޔަގީނެވެ

ﷲ އިންސާނުން ދުނިޔެއައް ފޮނުއްވަވާ ރަސޫލުންނާއި ނަބީއުން ފޮނުއްވަވާ އިސްލާމީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމް އުގަންނަވައި އަމަލީ ގޮތުން ދެއްކެވިއެވެ. އެހެން ނަމަވެސް މިއަދު މި ރިވެތި ދިރިއުޅުމުގެ އުސޫލުތަށް ދޫކޮށް ހަމައެއް ލަމައެއް ނެތި ތިމާގެ އަމިއްލަ ދަރީން ޖިންސީ އެދުން ފުއްދުމުގައި ދަނީ ބޭނުންކުރަމުންނެވެ. ރަހުމެއް ކުލުނެއް ނެތި އެފަދަ މީހުން މިފަދަ އަމަލުތައް ހިންގާކަމީ ހިތާމަހުރިކަމެކެވެ. އަދި ކިއެއްތަ އިސްލާމްދީނުގައި ކައިވެނީގެ ގުޅުން ޝަރުޢުކުރަށްވާފައިވާއިރު އެފަދަ އަމަލުތަށް ހިންގުމަކީ ޖަނަވާރުންގެ ދަރަޖަޔަށް ވެއްޓުންކަމުގައި ނޫނީ ނުވާނެއެވެ. އެހެނީ އިންސާނެއް ނަމަ އިންސާނީ އަހްލާގީ އުސޫލުތަށް ގަބޫލުކުރާނޭކަން ޔަގީނެވެ.ހަމަ އެފަދއިން ތިމާގެ އުފަން ދަރީންނާއި ނުވަތަ ދޮންދަރީންނާއި ނުވަތަ ކުޑަކުދިން އިންސާނިއްޔަތުކަމެއް ހުރި މީހަކު މިފަދަ ކަމެއްގެ ސިކާރަޔަކަށް ނުހަދާނޭކަން ޔަގީނެވެ. އެއީ ހަމަ ޖަނަވާރުވުމެވެ.

އިސްލާމްދީން ޖިންސީ އުފާލިބިގަތުމަށް ވަކި އުސޫލުތަކެއްކަނޑައަޅުއްވާ އަންހެން ޖިންސާއި ފިރެހެން ޖިންސްގެ މީހުން ﷲ ޙަލްޤުކުރަށްވަވާ ކައިވެނީގެ ފުރިހަމަ ނިޒާމްގެނެސްދެއްވެވެއެވެ. އެހެނީ އެއީ އިންސާނީ ނަސްލުރަށްކާތެރިކޮށް ދެމެހެއްޓުމަށެވެ. ނަސްލުގެ ކުރިއެރުމާއި ރަށްކާތެރިކަމަށްޓަކައެވެ.

މުޖުތަމަޢުގެ އަމާންކަމާއި ސަލާމަތަށްޓަކައެވެ. ހަމަ އެހެންމެ އެއީ އިންސާނުންނާއި ޖަނަވާރުންގެ ތަފާތެއްކަން ޔަގީނެވެ. މި ހުރިހާކަމެއް މިހެން ހުރިނަމަވެސް އިންސާނުންގެ ތެރޭން ބަޔަކު މިކަންކަން ހަނދުމަނެތިކޮށް ޖަނަވާރުންގެ ދަރަޖަޔަށް ވެއްޓިގަންނަނީއެވެ. ޖިންސީ އެނދުން ފުއްދުމުގައި ހައްދުފަހަނައަޅާ ގޮސް އެކަމުގައި ޖަނަވާރުވެސް ބައިވެރިކުރަނީއެވެ. އަދި ކިއެއްތަ ގުރޫޕުހަދާފަ ބަކަރިފަދަ ތަކެއްޗާއި އެކު އެފަދަ ކަންކަން ކުރާވާހަކަވެސް އަންނަނީ އިވެމުންނެވެ. މީ ފަހެ އިންސާނީ އުސޫލުތަށް ގަބޫލޫލުކުރާނޭ ކަމެއްތޯއެވެ. ނޫނެކެވެ. މީވެސް ހަމަ ޖަނަވާރުންގެ އަމަލެއްކެވެ.ނުވަތަ ޖަނަވާރުންނަށްވުރެވެސް ދަށުދަރަޖައިގެ އަމަލެކެވެ. ޞުބުޙާނަ ﷲ އެވެ! އެބައިމީހުން ﷲ ހަރާމްކުރެއްވި އެފަދަ ހުތުރުކަން ބޮޑު ފާފަތަކަށް އަރައިގަންނަށް ކުޑަކޮށްވެސް ބިރު ނުގަންނަނީބާއެވެ. އާދެ އިންސާނުން ފޮނުއްވީ ބަކަރިފަދަ ޖަނަވާރާއި އެކު އެފަދަ ކަންތައްތައްކުރުމަކަށް ނޫނެވެ.

ﷲ އަންހެނާ އުފެއްދެވިފަދައިން ފިރެހެނާވެސް އުފައްދަވާ އިސްލާ ދިރިއުޅުމުގެ ރިވެތި ނިޒާމެއް ލެއްވެވިއެވެ. މި އެންމެހާ ކަންކަމުގައި މިފަދައިން ޖަނަވާރުންގެ ދަރަޖަޔަށް ވެއްޓި ގަތުމަކީ އިލާހީ ޤާނޫނަށް ގޮންޖެހުން ކަމުގައި ނޫނީ ނުވާނެކަން ޔަގީނެވެ. ﷲ ކަމެއް ހަރާންކުރަށްވައިފި ނަމަ އެކަމަކަށް ބޯލަނބާ ކިޔަމަންވުމަކީ ވާޖިބެކެވެ. އިންސާނުންނާއި ޖަނަވާރުން ގުޅުން ދުނިޔޭގެ ބައެއް ތަންތާ ހިންގާކަމުގެ އަޑުތަށް ދަނީއިވެމުންނެވެ. އެހެންނަމަވެސް އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ގާނޫނުތަށް ހުއްދަކުރާކަމެއްނޫނެވެ. އަދި ހަމަ އެ އަމަލުތަށް ހުއްޓުވުމަށް ތަފާތު ގާނޫތަށް އެބައި މީހުންވެސް ދަނީ ހަދަމުންނެވެ މި ގޮތުން (animal abuse law) ފަދަ ޤާނޫނުތައް ހަދާ އަމަލުކުރެއެވެ. މި ގޮތުން މިކަން ހުއްޓުވުމަށް ގާނޫނުތަށް ހެދިފައިވާއިރު ޖަނަވާރަށް އަނިޔާކުރުން މަނާކުރުމަށް އެބައި މީހުން ހަދާފައިވާ ގާނޫނުތަކުގެ ދަށުންވެސް އެފަދަ ފަރާތްތަކަށް އަދަބުދެއެވެ. މީ ޣައިރުމުސްލިމުން މިކަމުގައި އަމަލުކުރަމުން އަންނަ ގޮތެވެ. އެހެނީ އޭގެ ގެއްލުމާއި ނުރަށްކާ އެބައި މީހުންނަށްވެސް ސާފުކޮށް އެނގެއެވެ.

ދެން ވިސްނާލަންވީ ޝިއްޙީ ގޮތުން އެއީ ރަށްކާތެރިކަމެއްތޯއެވެ.. އާދެ ޝިއްހީ މާހިރުން ހާމަކުރަށްވާ ގޮތުގައި އެފަދަ އަމަލުތަކަކީ ނުރަށްކާތެރި ބަލިމަޑުކަން ފެތުރިދާފަދަ ނުރަށްކާ އަމަލެއްކަމަށެވެ. ހާއްސަކޮށް ޖިންސީ ބަލިތައް ޖެހުމަށް މަގުފަހިވާނޭ ކަމެއްކަމަށެވެ. އަދި އެއީ އިންސާނާގެ ދިފާއީ ނިޒާމް ހަލާކުކޮށްލަނިވި އެއިޑްސް ފަދަ ބަލިތަކަށް ދެވޭ ދައުވަތެކެވެ.

އިސްލާމީ އުސޫލުތަކާއި އިންސާނީ ރިވެތި އުސޫލުތައް ގަބޫލުކުރާ ގޮތުން ގަދަކަމުން ޖިންސީ އަނިޔާތައްކުރުމަކީ ވަރަށްބޮޑު މައްސަލައެކެވެ. އަދި އިސްލާމްދީނުގައި ހުއްދަ ނޫން ގޮތުގައި ޖިންސީ އުފާލިބިގަތުމަކީ ބޮޑުވެގެންވާފާފަ އެކެވެ. އަދި ކިއެއްތަ އެއީ ޣައިރު މުސްލިމުންގެ ތެރޭންވެސް އިންސާފަށް ލޯބިކުރާ ފަރާއްތަކުން ގަބޫލުކުރާ ކަމެއް ނޫނެވެ. އަދި އެފަދަ ކަންތައްތަކަކީ އެބައި މީހުންގެ ގާނޫނުތަކުގައިވެސް އަދަބު ކަނޑައެޅިފައިވާ ނުބައި އަމަލެކެވެ. ނަމަވެސް މި މުސްލިމް ޤައުމުގައި މުސްލިމުންކަމަށް ދައުވާކުރާ މީހުން މިފަދަ ހުތުރުކަން ބޮޑު ފާފައަށް އަރައިގަތުން މިވަނީ ގިނަވެފައެވެ. އެކަމުގައި ހައްދުފަހަނައަޅާ ގޮސް އެދަ ފަރާތްތަކަށް މައެއް ދަރިއެއް ވަކިނުވާފަދައެވެ. ރޭޕްކޮށް ޖިންސީ އަނިޔާކުރަނީ އެއްވެސް ރަޙުމެއް ނެތި އުފަލެއްގޮތުގައެވެ.

އެންމެފަހުންވެސް އިވިގެން ދިޔައީ 74 އަހަރުގެ އަންހެނަކު މީހުން އުޅޭ ސަރަހައްދާއި ދުރަށް ގެންގޮސް ގަދަކަމުން ޖިންސީ އަނިޔާކުރި ހަބަރެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ތިމާގެ މާމަ އެއްފަދަ އުމުރުގެ އާރެއް ބާރެއްނެތް މުސްކުޅިޔަކަށް އެފަދަ އަނިޔާއެއްކުރުމަކީ ހަމަޔަގީނުންވެސް އިންސާނަކު ކުރަން ހެޔޮވާނޭވަރުގެ ކަމެއްނޫނެވެ. އެއީ ހަމަ އަމިއްލަޔަށް ޖަނަވާރުންގެ ދަރަޖައަށް ވެއްޓިގަތުން ކަމުގައި ނޫނީ ނުވާނެއެވެ.

މުޖްތަމަޢުގެ އެހީތެރިކަމާއި އަޅާލުމާއި ލޯއެއްބާއި ހިމާޔަތް ހޯދައިދޭންޖެހޭ ހާއްސަ އެހީއައް ބޭނުންވެފައިވާ ކުދިންނަށް އެކުދިން ނަށް އެހީތެރިކަން ދޭން ގާއިމްކޮށްފައިވާ ތަނުގެ ޓީޗާރުންވެސް އެފަދަ ޖިންސީ އަނިޔާތައްކުރާކަމުގެ އަޑުތައްދަނީ އިވެމުންނެވެ. ހަމަ އެފަދައިން ބައެއްބަފައިން އެބައިމީހުންގެ އަންހެން ދަރީންތަކަށް އެފަދަ އަނިޔާތައް ދަނީކުރަމުންނެވެ.އަދި އެކަންކަމުގައި މައިންވެސް ބައިވެރިވަމުންދާކަމީ ހިތާމަހުރިކަމެކެވެ. އޭގެ ހިތި ނަތީޖާ މުޅި މުޖުތުމަޢަށް ކުރާނޭކަން ޔަގީނެވެ. މިފަދަ ނުބައި ފާހިސް ހާދިސާއެއް ނުހިނގާ ދުވަހެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނޭކަން ޔަގީނެވެ. އެހެންކަމުން މިކަމަކީ އެންމެހާ ރަށްޔިތުންނާއި ސަރުކާރާއި ކޯޓުތަކާއި ރަށްޔިތުންގެ މަޖިލީހުންވެސް ބުރަމަސައްކަތްތަކެއް ކޮށް ހުއްޓުވަން ޖެހިފައިވާ ފާހިސް އަމަލުތަކެކެވެ. ހަމަ އެހެންމެ އިންސާނުން ޖަނަވާރުން ފަދައިން އެ ހިންގާ ނުބައި އަމަލުތައް ހިންގާފަރާތްތައް ހުއްޓުވުމަށް އިސްލާމީ ޝަރީއާގެ ނިޒާމައް އަމަލުކުރުން ވަރަށް މުހިންމެވެ. އެހެނީ އެފަދަ ހުރިހާ ކަމެއްގެ އެންމެ ފުރިހަމަ ހައްލުކުރެވޭނެ މަގު ވަނީ އެ ޝަރީއަތުގައެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ ޙައްދުތަކާއި ޢުޤޫބާތްތައް އެންމެ ފުރިހަމަގޮތުގައި ޤާއިމްކުރެވޭނަމަ މުޖުތަމަޢުގައި ޞުލްޙަމަސަލަސްކަން އޮންނާނެއެވެ. ކުއްތައް މަދުވެ އަމާންކަން އޮންނާނެއެވެ.

What's your reaction?

Excited
0
ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    More in:ދީން

    Leave a reply

    Your email address will not be published. Required fields are marked *