ޘަމޫދު ބާގައިގެ މީހުންގެ ގެތަކުގެ ވާހަކަ

ޘަމޫދު ބާގައިގެ މީހުންގެ ގެތަކުގެ ވާހަކަ

- ދީން, ތާރީޙް
0

ޘަމޫދު ބާގައިގެ މީހުން ދިރިއުޅުނު ރަށް އޮންނަނީ ސައޫދީ އަރަބިއްޔާގެ އުތުރުގައި މަދީނަތުލް މުނައްވަރާއާއި ތަބުކާއި ދެމެދުގައެވެ. މިބައިމީހުން ދިރިއުޅެފައިވަނީ ގާތްގަނޑަކަށް މީލާދީން ސަނަތުން 4000 އަހަރުގެ ކުރިން ފެށިގެން މީލާދީ ސަނަތު ފެށުމުގެ ކުރިން 2 ވަނަ ޤަރުނާއި ހަމައަށެވެ. މިބައިމީހުން އަރަބި ޖަޒީރާގައި (އެފްރިކާއާއި އޭސިޔާއާއި ދެމެދުގައި އޮންނަ ޢަރަބިން އުޅޭ ބައްރަށް ކިޔާނަން) އެކި ހިސާބުތަކުގައި ދިރިއުޅުނު ކަމުގައިވެއެވެ. މިގެތައްވަނީ 2008 ވަނަ އަހަރު ޔުނެސްކޯއިން ހިމާޔަތްކުރާ ތަންތަނުގެ ތެރޭގައި ހިމަނައިފައެވެ. އިތުރު ފޮޓޯތައް ތިރީގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޝާމަށް އެކަލޭގެފާނުގެ އަޞްހާބުންނާއި އެކުގައި ވަޑައިގެންނެވީ މިތަނުގެ ކައިރިންލާފައެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ” އެބައެއްގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވެގެން މީހުންގެ ގެތަކަށް ތިޔަބައިމީހުން ހިތާމަކޮށް ކަރުނައަޅާ ހާލުގައި މެނުވީ ނުވަންނާށެވެ. އެއީ އެބައިމީހުންނަށް ޖެހުނު ފަދަ މުސީބާތެއް ތިޔަބައިމީހުންނަށް ޖެހިދާނެކަމަށްޓަކައެވެ. ” އަދި އެތަނުގައިވާ ވަޅުތަކުން ފެން ނުބޮއުމަށްވެސް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.

މިބައިމީހުންގެ ކުޅަދާނަކަން ފެނިގެންދާނީ މިބައިމީހުންގެ ގެތައް ލޮލުން ފެނުމުންނެވެ. މީސްތަކުން ކުލޭއިން އެއްޗެހި ހަދާފަދައިން މިބައިމީހުން ބޭނުންގޮތަކަށް ފަރުބަދައިގެ ހިލަތައް ބައްޓަންކުރެއެވެ. މިބައިމީހުންނަށް ހިލައިގެ އަހުލުވެރިންގެ ނަމުންނާއި އަދި ޞާލިޙުގެ ގައުމުގެ އަހުލުވެރިންގެ ނަމުން ނަންކިޔެއެވެ.

މިބައިމީހުން މިފަދަ ބާރުވެރިކަމާއި މުއްސަނދިކަން ލިބުމުން ﷲ ތަބާރަކަ ވަތަޢާލާ ދެއްވި ނިޢުމަތްތަކުގެ މަތިން ކިބުރުވެރިވެ ގަތެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝިރުކުކޮށް ބުދުތަކަށް އަޅުކަން ކުރަންފެށިއެވެ. ދެން މިބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މިބައިމީހުންގެ ގާތަށް މާތްﷲ އެބައިމީހުންގެ ތެރެއިން ޞާލިޙު އަލައިހިއްސަލާމް ނަބީކަމައިގެން ފޮނުއްވައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރަން ގޮވާލިއެވެ. އެކަލޭގެފާނުގެ ބަސްފުޅު ކީރިތިޤުރުއާނުގައި އަންނަނިވި ޢިބާރާތުން ބަޔާންވެގެންވެއެވެ.
قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ (ހޫދު 61)
މާނައީ: ” އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ގައުމުގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ﷲ ފިޔަވައި(ޙައްޤުގޮތުގައި އަޅުކަންވެވޭ) އެހެން އިލާހެއް ނުވެއެވެ. ”

ނަމަވެސް މިބައިމީހުން މިބަސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ޞާލިޙު އަލައިހިއްސަލާމްއަށް އުރެދިގަތެވެ. އަދި އެބައިމީހުން އެކަލޭގެފާނުގެ ނަބީކަމުގެ މުޢުޖިޒާތެއްގެ ގޮތުގައި ފަރުބަދައިގެ ތެރެއިން ބަނޑުބޮޑު އަންހެން ޖަމަލެއް ނެރެދިނުމަށް އެދުނު ހިނދު އެކަލޭގެފާނު ދުޢާކުރެއްވުމުން ބަނޑުބޮޑު އަންހެންޖަމަލެއް ﷲ ތަބާރަކަ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުން ފަރުބަދައިން ނެރުއްވިއެވެ. ނަމަވެސް މަދު ބަޔަކު މެނުވީ އީމާނެއް ނުވެއެވެ.

 

 

ނުނިމޭ
ނޯޓު: އަޅުގަނޑުމެންނަށް މިފެންނަ އެމެރިކާގެ ރައީސްގެ ގަނޑުވަރަކީ ޘަމޫދު ބާގައިގެ މީހުން ގެ ގެތަކުގެ ޑިޒައިނާއި ވަރަށް އެއްގޮތް ޑިޒައިނެކެވެ. ފަހަރެއްގައި ވައިޓުހައުސް ޑިޒައިން ކުރުމުގައި އަސްލަކަށް ޘަމޫދު ބާގައިގެ މީހުންގެ މަތީގައިވާ އެގެ އަސްލަކަށް ބެލިފައިވުމަކީ ހަމައެކަށީގެންވާ ކަމެކެވެ. ދެފޮޓޯ އަޅާ ކިޔާލައްވާ. މި ލިޔުމުގެ ނުނިމި އޮތްބައި ހުކުރު ދުވަހު އިތުރު ފޮޓޯތަކަކާއި އެކު. އިންޝާ ﷲ

 

 

 

 

ރައްދު

Your email address will not be published. Required fields are marked *