ބަލިތަކާއި ޝިފާގެވެރި ﷲ އަށް ޙަމްދުކުރަމެވެ. އަދި އެކަލާންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.

ޖިންނީގެ ސަބަބުން ޖެހޭ އަންހެނުންގެ ބަލިތަކުގެ އިތުރުން ފިރިހެނުންނަށް ދިމާވާ ބަލިތަކަކީވެސް ވަކި ލުއިފަސޭހަ ކުދި ބަލިތަކެއް ނޫނެވެ. ހަމަ ތަކުލީފު ހުރި މާޔޫސްކަން ގެނުވާ ބަލިތަކެކެވެ. އެެހެންނަމަވެސް މާޔޫސްކަން ފިއްލަވާ ޝައިޠާނާގެ ރޭވުންތެރިކަން ބަލިކަށިކުރެއްވި ﷲ ގެ ކުޅަދުންވަންތަކަމާއި ހުސްޠާހިރުވަންތަކަން މާ ފުރިހަމައެވެ.

ޖިންނީންގެ ސަބަބުން ދަރިން ނުލިބެނީ ހަމައެކަނި އަންހެނާއަށް ދިމާވާ ބަލިތަކުގެ ސަބަބަކުން ނޫނެވެ. މިފަދަ ބަލި ފިރިހެނުންނަށް ވެސް ޖެހެއެވެ. ޖިންނިއެއްގެ ސަބަބުން މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، އެކަމުގެ ސަބަބެއް ޑޮކްޓަރުންނަށް ދެނެއެއް ނުގަނެވޭނެއެވެ. ޓެސްޓްތައް ހަދައިގެން ބަލާއިރު ދަރިން ލިބުން މަނާކޮށްފާނެ އެއްވެސް ސަބަބެއް ފެންނާކަށް ނުހުރެއެވެ. ނަމަވެސް އެމީހާއަށް ދަރިއަކު ނުލިބެއެވެ. މިއީ މިއަދުގެ މުޖުތަމަޢުގައި ގިނަވެފައިވާ ޝަކުވާއެކެވެ.

“އަޅުގަނޑުގެ އަންހެނުންނާއި އެއްދާންކުރާއިރު އަޅުގަނޑުގެ ގުނަވަނުގެ ބާރު ކެނޑެނީ، ދިލަނަގަނީ، އަރާމެއް އިޙްސާސް ނުކުރެވެނީ، ފެށުމާއި އެކު އެދުންފުދި އިތުރަށް ނުކުރެވެނީ” މިއީ ރުޤްޔާގެ ތެރޭގައި އަޅުގަނޑު މިހާތަނަށް އައިއިރު އެންމެ ގިނައިން އަޑުއަހަން ޖެހުނު ޝަކުވާ އެވެ. އަޅުގަނޑަށް ދިރާސާކުރެވުނުގޮތުގައި، މިހާރަކަށް އައިސް މަޖިލީހެއްގައި 5 މީހުން ތިބެއްޖެނަމަ 4 މީހުނަކީ ސިޙުރުގެ އަސަރު ކޮށްފައިވާ މީހުނެވެ. އަދި މީހުނާ އިނދެގެން އުޅޭ މީހުނަށް ބަލާނަމަ ކޮންމެ 10 މީހަކުން 8 މީހަކީ ޖިންނީގެ ސަބަބުން ނުވަތަ ސިޙުރުގެ ސަބަބުން މިފަދަ ބަލިތަކާއި ކުރިމަތިވެފައިވާ މީހުނެވެ. ސިޙުރުގެ ނުބައިކަން މި ދިވެހިރާއްޖޭގައި ފެތުރިފައިވާ މިންވަރާއިމެދު ކަންބޮޑުވަމެވެ. މިއީ ވަރަށް ދެރަ މައްސަލައެކެވެ. ސަރުކާރުން މިކަމުގެ ޙައްދު ޤާއިމްކޮށް މިއީ ސީރިއަސް މައްސަލައެއްގޮތުގައި ބަލައިގަތުމަށް “ރާޤީ” (ސިޙުރާއި ޖިންނިބަލިތަކާއި އެނޫންވެސް ބަލިތަކަށް ޤުރުއާނާއި އަޛްކާރުން ފަރުވާ ކުރާ މީހެއް) ގެ ހައިސިއްޔަތުންނާއި “ދިއިސްލާމް” ލިޔުންތެރިއެއްގެ ހައިސިއްޔަތުންނާއި މުސްލިމު ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަމެވެ. މިއީ ލޯމަރާލައިގެން ތިބެވޭ ވަރަށްވުރެ މާ ބޮޑު، ސީރިއަސް އަދި ނުރައްކާ ވަބާއެކެވެ.

ފިރިހެނުންނަށް ޖިންނީގެ ސަބަބުން ދިމާވާ އުނދަގޫތަކަށާއި އެކަންކަމުގެ ފަރުވާއަށް ބަލައިލާ ތަޖުރިބާއާއި ޢިލްމު ޙިއްސާކޮށްލާނަމެވެ.
1. ފިރިހެނާގެ އުނަގަނޑުށް އާދަޔާ ޚިލާފު ތޫނު ތަދެއް ވުން: މިތަދު ޢާއްމުގޮތެއްގައި ވާނީ އުނަގަނޑުގެ ތިރިއަށެވެ. ސިޙުރެއް ޖެހުމުގެ ސަބަބުން މިކަންވުން ގާތްކަން ބޮޑެވެ. މިތަދު ދިމަދިމައަށް ދުވާގޮތަށްވެސް ވެދާނެއެވެ. ނޫނީ މިކަން ވަނީ ޖިންނިއެއް ބީހުމުގެ ސަބަބުންނެވެ.
2. ފިރިހެނާގެ ކުރިމަތިފަރާތަށް އާދަޔާ ޚިލާފަށް ތަދުވުމާއި ޖަރާސީމު އުފެދުން: ބައެއްފަހަރު ދެމަފިރިން ދުރުކުރުމަށް ސިޙުރުހަދާފައި ހުރުމުގެ ސަބަބުން ނުވަތަ ޖިންނި ބީހުމުގެ ސަބަބުން މިކަން ދިމާވެއެވެ. އަދި މީގެ ސަބަބުން އާދަޔާ ޚިލާފަށް އަވަސް އަވަހަށް ފާޚާނާ ކުރަންޖެހެއެވެ. އަދި މީގެ އިތުރުން ފިރިހެނާއަށް ދަރިންލިބުމަށް ބޭނުންވާ ވަރަށްވުރެ ސްޕާރމް ކައުންޓް މިކަމުގެ ސަބަބުން ދަށްކުރުވައެވެ.
3. ފިރިހެންމީހާގެ ބަނޑުކޮޅަށާއި ޖިންސީ ގުނަވަނުގައި ރިއްސުން: ޖިންނި ބީހުމުން ނުވަތަ ދެމަފިރިން ދުރުކުރުވުމަށް ހަދާފައި ހުންނަ ސިޙުރުންނާއި، އަނބިމީހާ އާއި އެކު ރޭކުރިޔަނުދިނުމަށް ހަދާފައި ހުންނަ ސިޙުރުގެ ސަބަބުންނާއި، އަދި ދަރިން ލިބުނަ ނުދިނުމަށް ހަދާފައި ހުންނަ ސިޙުރުގެ ސަބަބުން މިކަން ދިމާވެއެވެ. މިމައްސަަލައަކީ ރާއްޖެއިން ވަރަށް ގިނައންި ފެނިފައިވާ އަދި  ވަރަށް ގިނައިން ފަރުވާ ކޮށް ރަނގަޅުވެފައިވާ މައްސަލައެއްކަން ފާހަގަ ކޮށްލަމެވެ.
4. ފިރިހެނާގެ ކުޑަކަމުދާ ނިޒާމުން ލޭފޭބުން: ކުޑަކަމުދާ އިރުއާއި އެނޫންވެސް ބައެއް ގަޑިގަޑީގައި ލޭ އައުމަކީވެސް ވަރަށް ގިނައިން ޖިންނި ބަލި ނުވަތަ ސިޙުރުގެ ސަބަބުން ދިމާވަ ކަމެކެވެ.
5. ހިތްނުތަނަވަސްކަން އަބަދު އިޙްސާސްކުރެވުމާއި، އެއްދާންކުރުމުގައި އެއްވެސް ހިތްހަމަޖެހުމެއް އިޙްސާސް ނުކުރެވުމާއި، އަނބިމީހާ ކިތަންމެ ބޭނުން ވިޔަސް އެއްދާންކުރާހިތް ފިރިމީހާ ނުވުން މިއީވެސް ޖިންނީގެ ސަބަބުން ނުވަތަ ސިޙުރުގެ ސަބަބުންވެސް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ދެމަފިރިން އެކަކު އަނެކަކު ދެކެ ފޫހިވެ މައްސަލަތައް ޖެހެން މެދުވެރިވެއެވެ.
6. މިކަންތައްތަކުގެ އިތުރަށް ވަރަށް ބޮޑަށް ބޮލުގައި ރިއްސުމާއި ރޭގަނޑު ބިރުވެރި ހުވަފެން ފެނުމާއި، އައްސިވުން ފަދަ ކަންތައް ކުރިމަތިވުން: މިއީ ޖިންނީގެ ކަމެއް ކުރިމަތިވިނަމަވެސް، އަދި ކޮންމެ ވައްތަރެއްގެ ސިޙުރެއް ޖެހުނުކަމުގައިވީނަމަވެސް ޢާއްމުކޮށް ދިމާވާ ކަމެކެވެ. އަދި ނިދީގައި ސިއްސަ ސިއްސައިގެން ގޮސް ހޭލެވުމާއި ނުނިދޭ ބައްޔަކީވެސް ވަރަށް ޢާއްމުކޮށް ސިޙުރާއި ޖިންނި ބަލީގެ ސަބަބުން ދިމާވާ ކަމެކެވެ.
ހަނދާނުގައި ބަހައްޓަންވީ ކަމަކީ، މިއިން ކޮންމެކަމެއް ދިމާވާ ހަމަ ކޮންމެ ފަހަރަކު އެވަނީ ޖިންނި ނުވަތަ ސިޙުރުގެ ސަބަބުން ނޫންކަމެވެ. މިއީ ވަރަށް ޢާއްމުކޮށް ޑޮކްޓަރީ ގޮތުންވެސް ދިމާވާ އަދި ފަރުވާ ކޮށް ރަނގަޅުކުރެވޭ ކަންކަމެވެ. ޖިންނި ބަލީގެ ސަބަބުން ނުވަތަ ސިޙުރުގެ ސަބަބުން މިފަދަ ކަމެއް ދިމާވާނަމަ، ބިރުވެރި ހުވަފެން ފެނުމާއި އެހެންވެސް ސިޙުރުގެ ޢަލާމާތްތައް ފެންނާނެއެވެ. އަދި ޑޮކްޓަރުންނަށް ބަލީގެ އަސްލު މައްސަލައެއް ނެތްކަމަށް ފެނުމާއި ޓެސްޓުތަކުންވެސް މައްސަލައެއް ނުފެނުމާއި ޑޮކްޓަރީ ބޭނުން އެއްވެސް ވަރަކަށް ރަނގަޅު ނުވުން ދިމާވެއެވެ.
މައިގަނޑުގޮތެއްގައި މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ﷲ ގެ ދީނާއި އެކަލާންގެ ރަސޫލާގެ ސުންނަތާއި ގާތްވެ އައަށް ޢަމަލުކުރުމެވެ. ދެމަފިރިން އެއްދާންކުރާއިރު ދުޢާ ކިޔުމާއި، ނަމާދު ބަރާބަރަށް އަދާކުރުމުގެ އިތުރުން ގިނަގިނައިން ޤުރުއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ބަރާބަރަށް ކޮންމެދުވަހަކު ކިޔެވުމާއި، ގިނަގިނައިން ފާފަ ފުއްސެވުމަށާއި ޝިފާދެއްވުން އެދި ދުޢާކުރުމެވެ. ކެއިން ބުއިމުގައާއި ފާޚާނާއަށް ވަންނައިރުއާއި ނުކުންނައިރު ދުޢާކިޔުމާއި ކަންކަން ކުރުމުގައި ﷲގެ އިސްމުފުޅުނަންގަތުން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިކަންކަމުގައި ހިފައިގެން ހުރެ ދެން އޮތީ ރުޤުޔާކުރުމެވެ. ޤުރުއާނުގެ އާޔަތްތަކާއި ދުޢާތަކުގެ އަލީގައި ފަރުވާހޯދުމެވެ. މިގޮތުން މިބަލިތަކަށް ﷲ އިރާދަކުރެއްވިއްޔާ ޝިފާ ލިބޭ ރުޤުޔާއެއް ބުނެދޭނަމެވެ.
ތިރީގައިވާ އާޔަތްތައް ފެނަށް އަދި ޒައިތޫނިތެލަށްވެސް ކިޔަވާށެވެ. އޭގެ އިތުރުން ކަޅުދިރިމާމުޔަށްވެސް ކިޔަވާށެވެ. މިމާމުއި ތައްޔާރުކުރާނެ ގޮތަކީ މާމުއިގެ ތެރެއަށް އެކަށީގެންވާ މިންވަރަށް (ގާތްގަނޑަކަށް މާމުޔަށް މުގުރާފައި ހުންނަ ކަޅުދިރި އެޅުމުން ކަޅުކުލަ ހިފާވަރަށް) ކަޅުދިރި އެއްކުރާނިއެވެ.  އަދި ކޮންމެ ދުވަހަކު ފެނަށްކިޔަވައިގެން އެފެން ގަޔަށް އެޅުމަށްފަހު ފެން ހިކުމުން ގައިގާ ތެޔޮ ކާއްތާށެވެ. ޚާއްޞަކޮށް ފައިގެ ފަލަ މަހުގައާއި، މެއާއި، މޫނާއި ދެއަތްތިލައިގައެވެ. ރަނގަޅު މުޅި ގައިގަވެސް ތޮޔޮލުމެވެ. އަދި ރޭގަނޑު ނިދަންވުމުންނާއި ހެނދުނު ހުސްބަނޑާ މާމުއި 3 ސަމްސާ ވަރު ބޯލާށެވެ. އަދި ބޯފެނަށް ކިޔަވާފައި ބަހައްޓައިގެން ފެންބޯ ކޮންމެ ފަހަރަކު އެފެނުން ފެންބޯށެވެ. ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ. މިމަގުން މަދުވެގެން 7 ދުވަހު ކަން ކުރާށެވެ. ރަނގަޅުނުވާނަމަ 1 މަސް ވަންދެން، ނުވިނަމަ 40 ދުވަސް ނުވަތަ 2 މަސް ވަންދެންވެސް ކުރާށެވެ. ޔަޤީންކަމާއި އެކު ހިތްނިޔަތް ޚާލިޞްކޮށްގެން ކޮށްފިނަމަ އިރާދަކުރެއްވިއްޔާ ﷲ ޝިފާ ދެއްވާނެއެވެ.
ކިޔަވަންވީ އާޔަތްތައް:

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ 7 ފަހަރު
اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ (سورة البقرة) 7 ފަހަރު
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾ (سورة البقرة) 7 ފަހަރު
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾ (سورة البقرة) 7 ފަހަރު
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ (سورة الأعراف) 7 ފަހަރު

وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ ﴿٧٩﴾ فَلَمَّا جَاءَ السَّحَرَةُ قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ ﴿٨٠﴾ فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾ (سورة يونس) 7 ފަހަރު
قَالُوا يَا مُوسَىٰ إِمَّا أَن تُلْقِيَ وَإِمَّا أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ﴿٦٥﴾ قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ﴿٦٦﴾ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ ﴿٦٧﴾ قُلْنَا لَا تَخَفْ إِنَّكَ أَنتَ الْأَعْلَىٰ ﴿٦٨﴾ وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ (سورة طه) 7 ފަހަރު
وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَن يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ ﴿٧﴾ لِيُحِقَّ الْحَقَّ وَيُبْطِلَ الْبَاطِلَ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨﴾ (سورة الأنفال) 7 ފަހަރު

وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴿٢٣﴾ (سورة الفرقان) 7 ފަހަރު

قُلْ إِنَّ رَبِّي يَقْذِفُ بِالْحَقِّ عَلَّامُ الْغُيُوبِ ﴿٤٨﴾ قُلْ جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ ﴿٤٩﴾ (سورة سبإ) 7 ފަހަރު

وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ (سورة الإسراء) 7 ފަހަރު

بَلْ نَقْذِفُ بِالْحَقِّ عَلَى الْبَاطِلِ فَيَدْمَغُهُ فَإِذَا هُوَ زَاهِقٌ ۚ وَلَكُمُ الْوَيْلُ مِمَّا تَصِفُونَ ﴿١٨﴾ (سورة الأنبياء) 7 ފަހަރު
هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ ۗ وَلِلَّـهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿٤﴾ (الفتح) 7 ފަހަރު
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس) 7 ފަހަރު
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَ‌ٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ (سورة النحل) 7 ފަހަރު

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾
(سورة الإسراء) 7 ފަހަރު
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾ (سورة النازعات) 7 ފަހަރު
أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾ الَّذِي أَنقَضَ ظَهْرَكَ ﴿٣﴾ وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ فَإِذَا فَرَغْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾( سورة الشرح )
قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ (سورة الإخلاص) 7 ފަހަރު

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ (سورة الفلق) 7 ފަހަރު

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ (سورة الناس) 7 ފަހަރު.
މިއީ ތަޖުރިބާކުރެވިފައިވާ ފަރުވާއެކެވެ. އިންޝާ ﷲ މިލިޔުމުގެ ސަބަބުން އެތައް ބައެއްގެ ހިތަށް ފިނިކަން ލިބި،  ފަރުވާ ލިބުން އެއީ އަޅުގަނޑުގެ ދުޢާއެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ.
يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿١٦﴾
މާނައީ: ” اللَّه، އެކަލާނގެ ރުއްސަވާ މަގަށް تبع ވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ إذن ފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ.”

Leave a comment

Your email address will not be published. Required fields are marked *