އިންޓަނެޓްގައި ވެސް ހޭދަ ކުރާ ވަގުތު ތަކަކީ ބޭނުންތެރި ވަގުތު ތަކަކަށް ވާންޖެހެއެވެ. ޓަންޒިލް އަކީ ކޮށްއެއްޗެއްތޯއެވެ؟ ޓަންޒިލް އަކީ ވަރަށް ފުރިހަމަ އަދި ވަރަށް ބޭނުންތެރި ވެބްސައިޓްއެކެވެ. މިވެބްސައިޓް އަކި އިރާންގެ ޢިލްމުވެރިއެއް އުފައްދާފައިވާ ވެބްސައިޓް އެކެވެ.

ޓަންޒިލްގައި މާތްވެގެންވާ ކީރިތި ގުރުޢާންގެ 80 އަށް ވުރެން ގިނަ ތަރުޖަމާ އެކު ލެވިގެންވެއެވެ. އާދެ އެކި އެކި ބަސްބަހުންނެވެ. އިނގިރޭސިއާއި، ސްޕެނިޝް އާއި އެތަކެއް ބަސްތަކުންނެވެ. އަދި އަޅުގަނޑުމެން ދިވެހިން ވާހަކަ ދައްކާ އުޅޭ ދިވެހި ބަހުގެ ތަރުޖަމާވެސް ހިމެނިގެންވެއެވެ.

ދިވެހި ބަސް ޓަންޒިލްއަށް ލެވިފައިވާ ދިވެހި ޒުވާނުންތަކެއްގެ ވަރަށް ބުރަ މަސައްކަތުންނެވެ.

www.tanzil.net އަށް ވަންނަވާށެވެ. އެއަށްފަހު ވާތްފަރާތުން ޓްރާންސްލޭޝަން މެނޫ އަށް ގޮސް ދިވެހި ނަންގަވާށެވެ. ދިވެހި ނެންގެވުމަށްފަހު އާޔަތަކާއި ދިމާއަށް މައުސް ޕޮއިންޓާ ގެންދަވާއިރަށް އެއާޔަތެއްގެ މާނަ ދިވެހި ބަހުން ފެންނަށް ހުންނާނެއެވެ.

އަދި ހަމަ މިއީގެ އިތުރުން، ޓަންޒިލްގައި އެކި އެކި މައްޝޫރު ޤާޒީންގެ ކިޔެވުންވެސް ވަނީ ހިމެނިފައެވެ. ވާތްފަރާތުގެ ރެސިޓޭޝަން މެނޫއިން ބޭނުންވާ ބޭފުޅެއްގެ ކިޔެވުން ނެންގެވުމަށްފަހު ޕްލޭއަށް ފިތާލައްވާށެވެ.

ޓަންޒިލް މިވެބްސައިޓްގެ ބޭނުން ހުރިހާ ބޭފުޅުންވެސް އެންމެ ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުއްމީދު ކުރަމެވެ.

Leave a comment

Your email address will not be published. Required fields are marked *