ދެބޯލާފައި އިން މިޔަރެއްގެ ފޯޓޯތައްކެއް ފެނުމާއި ގުޅިގެން ބެލިބެލުމުން އެމިޔަރަކީ ބުލޫޝާރކްގެ ގެ ނަމުން ނަންދެވިފައިވާ ވައްތަރެއްގެ މިޔަރެއްކަން ފާހަގަކުރެވުނެވެ. އެ މިޔަރާއި ބެހޭ މައުލޫމާތު އަދި ފޮޓޯތައް އާންމުވެގެން ދިޔައީ ނޭޝަނަލް ޖިއޮގުރަފިކް ގެ ކިޔުންތެރިއެއްކަމަށްވާ ކްރިސްޓޮޕާރ ޖޯންސްޓަން ޖިއޮގަރަފިކްގެ ލިޔުންތެރިއާ ބްރިއަން ކްލާރކްއަށް ފޮނުވި ފޮޓޯތަކާއި ގުޅިގެން އޭނާ ލިޔެފައިވާ ލިޔުމަކަށްފަހުގައެވެ.

”ޖޯންސްޓަން ބުނެފައިވާގޮތުން އެ މިޔަރު ފެނިފައިވަނީ މާބަނޑު ބުލޫ ޝާރކެއްގެ ބަނޑުތެރެއިންނެވެ. އަދި ބަނޑު ފަޅާލައިގެން ނެގުމަށްފަހު ޑެކްމަތީގައި ހުރި ޓޭންކަށް ލީ ކަމަށްބުނެފައިވެއެވެ. ޓޭންކަށް ލީއިރުވެސް ދިރުން ހުރިކަމަށާއި އެހެންނަމަވެސް ރަނގަޅަށް ހަރަކާތްތެރި ނުވެވޭކަމަށް އޭނާ ބުނެފައިވެއެވެ.  ޖޯންސްޓަން ބުނާގޮތުން އެގޮތަށް ބަނޑު ފަޅާލައިގެން ނަގާ ކުދި މިޔަރު ފެންގަނޑު ގަނޑަށްލައިގެން ރަނގަޅަށް ބަލައިގެން ސަލާމަތްކުރެވިދާނެއެވެ. އެހެންނަމަވެސް މޫދު ތެރޭގައި ސަލާމަތްވުމުގެ ޗާންސް ވަރަށްކުޑައެވެ. އެހެނީ އެތަކެތިވެސް އެ ހާލަތުގައި ދިރޭ އެމުގެ ބާވަތްތަކާއި މާ ބޮޑު ތަފާތެއް ނެތެވެ.

ޖޯންސްޓަން ދެ ބޯލީ ބުލޫ ޝާރކް ނަގާފައިވަނީ 2008 ވަނަ އަހަރު ވެސްޓް އޮސްޓްރޭލިއާގެ ކަނޑުގެ ސަރަހައްދުން ބޭނި މިޔަރެއްގެ ބަނޑުންނެވެ. ދެ ބޯލީ މި ޔަރަކީ ތަފާތު ވައްތަރެއްގެ މިޔަރެއް ނޫނެވެ. މި މިޔަރާއި ބެހޭގޮތުން ދިރާސާކުރި ފަރާތްތަކުން ބުނާގޮތުން އެއީ އުފެދުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެކުވެ އައިބުވެފައިވާ ދެ މިޔަރެވެ. މީ ދެމިޔަރުކަން ރަނގަޅަށް ފޮޓޯގަނޑު ބަލާލުމުން އެނގޭނެއެވެ. ނަގުލަށް ބަލާއިރުވެސް   ދެ ފިންސް އަދި މަތީ ގައިވެސް މެދާ ދިމައިގައި ދެ ފިންސްވެއެވެ.

LEAVE A REPLY

Please enter your comment!
Please enter your name here