“ފަސޭހަކަމާއި އެކު ގޭގައި ތިބެގެން ކުދިން ބަލަމުން ރަނގަޅު އާންމުދަނީ އެއް ހޯދިދާނެއެވެ. މިފަދަ ވަޒީފާއަކަށް ބޭނުންވަނީ ކޮންޕިއުޓާރ އަދި އިންޓަރނެޓް ކަނެކްޝަންއެކެވެ.  މި މަސައްކަތުން ދުވާލެއްގެ މައްޗައް އެތައް ސަތޭކަ ޑޮލަރ ލިބޭނެއެވެ. އެހެންވީމަ މި ފުރުސަތު ދޫކޮށްނުލާ ކުރިޔަށް ދާން ހިނގާށެވެ.”  މީގެ ހަގީގަތަަކީ ކޮބާތޯއެވެ؟ މިއީ ގިނަ ސްކޭމް ތަށް ފެށެމުން އަންނަގޮތެވެ. މީހުންގެ ޝައުގުވެރިކަން ލިބޭގޮތަށް ވާހަކަ ދަށްކައިގެން ކުށެއް ނެތް އެތައް ބަޔަކު އެމީހުންގެ މަޅީގައި ޖައްސައެވެ. މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުން މަދެއް ނޫނެވެ.  އަދި ސްކޭމްއެއްކަން އެނގޭއިރު ގިނަ ފަހަރަށް އޮންނަނީ އަތުން ފައިސާތަކެއް ގޮސް ބޮޑު ގެއްލުމެއްވެފައެވެ. މިހާރަކަށް އައިސް އަނެއްކާވެސް މިހާރު މިވަނީ އޮޓޯމޭޓެޑް ޕޭ ޑޭސްގެ ނަމުގައި މާ ފަސޭހައިން ފައިސާތައް ލިބޭނެ ކަމަށް ބުނާ އެޑް ތަކެއް އިންޓަރނެޓްގައި އާންމުވެފައެވެ. އެ އެޑްތަކުގައިވާ ލިންކްތަކަށް ވަންނައިރު ވަދަވޭ ސައިޓްތަކަކީ ކޮންބައެއްގެ ސައިޓް ތަކެއްކަން ނެގޭ ސައިޓްތަކެކެވެ.

އޮޓޯމޯޓެޑް ޕޭޑޭސް އާއި ބެހޭގޮތުން މިހާތަނަށް ހޯދުނު މައުލޫމާތުން މިއީވެސް ސްކޭމްއެއް ކަމަށް ތަޖުރިބާކުރި ފަރާތްތަކުން ވަނީ ބުނަންފަށާފައެވެ. އަދި މި އިސްތިހާރުކުރާ ސައިޓް( http://financereports24-7.com/1p/us/  ގައި ވާގޮތުން ވާރނިންގ ޖަހާފަ ޑެޑްލައިން ކަމަށް ވަކި ދުވަހެއް ޖަހާފައިވެއެވެ. މިގޮތުން 10 ވަނަ ދުވަހު އަޅުގަނޑު ބެލިއިރު ވާރނިންގ ޑެޑްލައިން ޖަހާފައި އިނީ 11 އަކީ އެންމެ ފަހު ދުވަސް ކަމަށެވެ. ދެން ހަމަ އެއާ ޖެހިގެން 11 ވަނަ ދުވަހު ބެލިއިރު ޑެޑް ލައިންކަމަށް އިނީ12 ވަނަ ދުވަހެވެ. ދެން 12 ވަނަ ދުވަހު ބެލިއިރު ޑެޑް ލައިންއަކީ 13 އެވެ. މިތަންކޮޅު ވަނީ ދޮންކުލައިން ހައިލައިޓްކޮށްފައެވެ. އަދި ސައިޓްގެ ވެރި ފަރާތަކީ ކޮބައިކަން ކޮން ގައުމެއްގެ ބައެއްކަންވެސް އެނގެން ނެތްކަން ފާހަގަކުރެވެއެވެ. މީގެ ލިންކްތައް ދަނީ އިންޓަރނެޓްގައި ވަރަށްބާރަށް ފެތުރެމުންނެވެ. އަދި މިކަމަކީ ސަމާލުވާން ޖެހޭކަމެކެވެި. ރަޖިސްޓާރ ވުމަށް ޖެއްސުމުން އެހެން ސައިޓަކަށް އޮޓަމެޓިކުން ދާނެއެވެ. ދެން ޑެޑް ލައިން އިންނަ ސައިޓް އަށް ލޮގިންވާ ނުޖެހޭތީ ޑެޑްލައިންއަށް ވާ ގޮތް ނުފެންނާނެއެވެ. ކޮންމެ އާ މީހަކަށް އަބަދުވެސް ކުރިޔައް 1 ދުވަސްލާފައި ޑެޑް ލައިންކަމަށް ފެންނާނެއެވެ.

.

އޮޓޯމޭޓެޑް ޕޭޑޭސް އަކީ އެމީހުން އިސްތިހާރުކުރާގޮތުން ފައިސާ ހޯދަން ފަސޭހަ މަސައްކަތެކެވެ. އަދި ގޭގައި ތިބެގެން ގިނަ ފައިސާތަކެއް ހޯދޭނެ މަގެކެވެ. އަދި މީގެ ޖާދޫގައި މީހުން ޖައްސަން ވަރަށް ރީތިކޮށް ފައިސާ ލިބޭނެ އަދަދުތައް ޖަހާފައިވެއެވެ. މިކަމާއި ބެހޭގޮތުން ތަޖުރިބާކުރި ގިނަ ފަރާތްތަކުން ބުނާގޮތުން އެ ފަރާތްތަކުގެ އަތުން ވަނީ ގިނަ ފައިސާތަކެއް ގެއްލިފައެވެ. އަދި ރިފަންޑްކުރަން ގުޅޭނެ ގޮތެއް ނެތިގެން 10 އީމެއިލް ފޮނުވުމުންވެސް ޖަވާބު ނުދޭކަމަށާއި ގިނަ އަދަދެއްގެ ފައިސާ ގެއްލުނީކަމަށް އެއް ފަރާތަކުން ބުނެފައިވެއެވެ. އަދި އެ ފަރާތުން ބުނަނީ އަވަހަށް އެ ސައިޓާއި ދުރަށް ދިއުމަށް އެދޭކަމަށާއި އަދި ކުށެއް ނެތް އެތައް ބަޔަކަށް މި ގެއްލުންވާން ނޭދޭ ކަމަށެވެ. .

އޮޓޯމޯޓެޑް ސްކޭމް ތަޖުރިބާކުރި އެހެން ފަރާތަކުން ބުނެފައިވާގޮތުގައި އޭނާ އޭގައި ރަޖިސްޓާރވީ ކުޑަ ދުވަސްކޮޅެއްކުރިން ކަމަށެވެ. އަދި އެއީ 100 ޕަސެންޓް ސްކޭމްއެއް ކަމަށެވެ. އަދި އެކަން އިޙްސާސްވާނީ ރަޖިސްޓާރވާ މީހާ އެމީހުންނަށް ޕޭކުރަން ޖެހޭ ހިސާބުންކަމަށެވެ. އަދި މި ސްކޭމް އަކީ ވަރަށް ސްމާރޓް ސްކޭމްއެއް ކަމަށެވެ.
އޮޓޯމޭޓެޑް ޕޭޑޭ ސްކޭމްގައި ޖެހުނު އެހެން ބައިވެރިޔަކު ބުނާގޮތުން އޭނާ އަތުން އެ ގެއްލުނު ފައިސާ ހޯދާނީ ކިހިނެތްކަން ނޭގޭ ކަމަށާއި އެމީހުންގެ އަތްދަށުނުވުމަށް ހަރު އަޑުން މުޅި ދުނިޔެއައް ގޮވާލާކަމަށެވެ. އަދި ކޮންމެސް ސަރުކާރަކުން މިކަން ހުއްޓުވަން ޖެހޭކަމަށްވެސް ބުނެފައިވެއެވެ.

ފޭކް އޮންލައިން ޕާރމަސީތައް: މިފަދަ ޕާރމަސީތަކުން ޑްރަގް އޮފާރތައް ކުރުމުގެ އިތުރުން ފޭކް ބޭސްތައް ވިއްކައެވެ. ގިނަ ފަހަރަށް  ވިއްކަނީ ވަރަށް އަގުހެޔޮކޮށެވެ. އަދި މަސްހޫރު ބޭސްތަކުގެ ނަމުގައި، މިފަދަ ބޭސްތަކުގެ ސަބަބުން ޞިއްހީ ގިނަ ނުރައްކާ ކުރިމަތިވުމާއި، ބައެއް ފަހަރަށް ގަންނަ ބޭސް ނުލިބުމުގެ މައްސަލަ ކުރިމަތިވެއެވެ. އަދި އަނބުރާ ފައިސާވެސް ނުލިބެއެވެ.

ސްކޭމްކުރާ ފަރާތްތަކުން މީހުންގެ މައުލޫމާތު ހޯދުމަށް ސޯޝަލް ނެޓްވޯރކްގެ ބޭނުން ހިފުމަކީ އާންމުކަމެކެވެ. ބައެއް ފަހަރަށް ސޯޝަލް ނެޓްވާރކްގެ އެކައުންޓް ހެކުކޮށްފައި އެ އެކައުންޓް ބޭނުންކޮށްގެން އަސްލު ވެރި ފަރާތުގެ ނަމުގައި އޭނާގެ ރަހުމަތްތެރިންނާ ވާހަކަ ދަށްކާ ކޮންމެހެން ކުރަން ޖެހޭ ކަންކަމުގެ ނަމުގައި ފައިސާ ދޭން އެދެއެވެ. މިފަދަ ހާލައްތަކުގައި އެއީ ކާކުކަން، އަސްލު ރަހްމަތްތެރިޔާކަން ޔަގީންކުރަންޖެހެއެވެ. މިސާލަކަށް ދެމީހުން ދެމެދުގައި ދެކެވިފައިވާ ސިއްރު ވާހަކަ އެއް ނުވަތަ އެހެނިހެން ކަންތައް ތަކުގެ ވާހަކައިން ސުވާލުކުރުމުން ސްކޭމްކުރާ ފަރާތަށް ޖަވާބު ދޭން އުނދަގޫވާނެއެވެ. ގިނަ ފަހަރަށް ޖަވާބު ނުދެވޭނެއެވެ. އަދި ޔަގީންކުރުމަށްޓަކައި ފޯނުކޮށްގެން ވާހަކަ ދެއްކިދާނެއެވެ.

ސްކޭމްތައް މިހާރަކަށް އައިސް ފެށިފައި ހުންނަނީ ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށެވެ. އަދި ޕޯން ކޯލް އާއި ޓެކްސްޓް މެސެޖް މެދުވެރިކޮށްވެސް އާދެއެވެ. މިގޮތުން ޓެކްސްޓް މެސެޖްމެދުވެރިކޮށް ނުވަތަ ފޯން ކޯލް މެދުވެރިކޮށް މިފަދަ ކަންތައް ތައް ކުރާ ފަރާތްތައް ވަރަށް ގިނަ ފަހަރަށް މިހާރު ދިވެހިންނަށްވެސް ގުޅައެވެ.

ބައެއް ސްކޭމްތަކުގައި މުއްސަނދި ބައެއް ފައިސާވެރިންގެ ނަމުގައި ފޭކް ޗެކް ހަދާފައި އިންޓަރނެޓް މެދުވެރިކޮށް ފޮނުވައެވެ. އަދި އެ ފައިސާ ހުރީ މިވެނި ތަނެއްގައި ކަމަށާއި އޭނާއަށް އެ ފައިސާ ޖަމާކޮށް ދިނުމުން އެއްބައި ދޭނެކަމަށް ބުނެއެވެ.

ކުރެޑިޓް ކާރޑް ސްކޭމް: ކާރޑްގެ މައުލޫމާތު ހޯދާ އެކި މަކަރުތަށް ހަދައިގެން ފައިސާ ނަގަން މަސައްކަތްކުރެއެވެ. ކްރެޑިޓް ކާރޑް ސްކޭމްތަކުގައި ބައެއް ފަހަރަށް ކާޑްގެ ޕިން ، ސެކިއުރިޓީ ކޯޑް އަދި އެކައުންޓް ނަންބަރު ފޯރމް ފިލްކުރާއިރު ޖަހަން ބުނެއެވެ. މިގޮތަށް ބުނާނަމަ މީ ސްކޭމްއެއް ކަން ޔަގީންކުރާށެވެ. މިފަދަ ގޮތަކަށް ކާރޑްގެ މައުލޫމާތު ލިބިއްޖެނަމަ ވަގު ކުރެޑިޓް ކާރޑް އުފައްދައިގެންވެސް މީހުންގެ އެކައުންޓް ފައިސާ ނެގުން މިއީ ހިނގާފަހުރި ކަންތައް ތަކެވެ. ރާއްޖޭގައިވެސް ވަނީ މިކަން ހިނގާފައެވެ.

ކްރެޑިޓް ކާރޑް ސްކޭމްތަކުން ސަލާމަތްވުމަށް

އިތުބާރު ނުކުރެވޭ، ނުދަންނަ ފަރާތްތަކަށް އެކައުންޓްގެ ތަފްސީލް ނުދިނުން، އަދި ކާރޑްގެ ޕިން ވެސް އެހެން ފަރާތްތަކަށް ދިނުމަކީ ރަށްކާތެރިގޮތެއް ނޫނެވެ.

އެކައުންޓުން ވެރި ފަރާތަށް ނޭގި ފައިސާ މަދުވެފައިވާކަން އެނގިއްޖެނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް ރިޕޯރޓްކުރުން.

ޕިން ނަންބަރު ލިޔެގެން ނުގެންގުޅުން

އެހެން މީހުންނަށް ދެނެ ގަންނަން އުނދަގޫ ޕިން އެއް ބޭނުންކުރުން

އާންމު ކޮންޕިއުޓަރު، ސައިބަރ ތަކުގައި ހުންނަ ސިސްޓަމްތަކުން އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރިނުކުރުން.

އީމެއިލް މެދުވެރިކޮށް ކާރޑްގެ ތަފްސީލް ނުދިނުން، ސްކޭމްތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ތިމާގެ ވަރަށް ގާތް މީހެއްގެ ނަމުގައިވެސް އީމެއިލް އެއް އައިސްދާނެއެވެ.

ކްރެޑިޓް ކާރޑް ނުވަތަ ބޭންކް އެކައުންޓުން ފައިސާ މަދުވާނަމަ ނުވަތަ އެއްޗެއް ގަނެފައިވާ ސައިޓަކުން ފައިސާ ކަނޑާފައިވާނަމަ އެކަން ބޭންކަށް ރިޕޯރޓްކުރުން ވަރަށް މުހިންމެވެ. އަދި އެއަށްފަހު ސްކޭމް ކުރާ ފަރާތްތައް ހޯދާ ސައިޓް ތަކުގެ ސަމާލުކަމަށް ގެނައުން މުހިންމެވެ. އެހެން މީހުންގެ ސަލާމަތަށްޓަކައި އެފަދަ ސައިޓް ތަކުން ސްކޭމްގެ މައުލޫމާތު އެއްކޮށް އާންމުންނަށް ދީ އާންމުން ހޭލުންތެރިކުރަން ގިނަ ފަރާތްތަކަކުން މަސައްކަތްކުރެއެވެ.

ޕިޝިން ސްކޭމްސް ތަކުގައި ބައެއް ފަހަރަށް ބޭންކްގެ ނަމުގައި އީމެއިލް ފޮނުވާ ބައެއް ފަރާތްތަކުގެ ބޭންކް އެކައުންޓް ތަފްސީލް ދޭންބުނެއެވެ. އެހެންނަމަވެސް މިފަދަ ކަންކަމަކީ އަޅުގަނޑުމެން ވިސްނައިގެން އުޅެފިނަމަ ގެއްލުމެއް ހުރި ކަމެއް ނޫނެވެ. ބެންކުން އާންމު ރަށްޔިތުންނަށް މޭލްކޮށްގެން އެކައުންޓް ނަންބަރު ހޯދާކަށް މަސައްކަތެއް ނުކުރާނެއެވެ. އަދި އާންމުން އަތުން އެ މައުލޫމާތު ހޯދަން ޖެހޭ ސަބަބެއްވެސް ނޯންނާނެއެވެ. އެހެނީ އެ މައުލޫމާތުތަކަކީ ބެންކްގައި ރަށްކާކުރެވިފައި ހުންނަ މައުލޫމާތެކެވެ.

ރާއްޖެގައި ފޯން މެދުވެރިކޮށް ބެންކް ނަމުގައި ގުޅާފައި އެކައުންޓްގެ މައުލޫމާތު ހޯދައިގެން ފައިސާތައް އަތުލުމުގެ ހާދިސާ ހިނގާފައިނުވާނަމަވެސް މިއީވެސް ހިނގާކަމެކެވެ. އެފަދަ ފޯންކޯލްތައް އަންނަނީ ބެންކްގެ ނަމުގައެވެ. އަދި ބެންކްގައި ހުރި ފައިސާތައް ރަށްކާތެރިކުރުމަށްޓަކައި އެކައުންޓްގައި މައްސަލައެއް އުޅޭތީ އެކައުންޓްގެ ތަފްސީލް ދޭން އެދެއެވެ. މިގޮތަށް ތަފްސީލް މައުލޫމާތު ދިނުމުން އެކައުންޓްގައި ވާ ފައިސާތައް ބޭނުންކުރެއެވެ. އެހެންނަމަވެސް ރާއްޖޭގައި ބެންކްގެ އުސޫލުތައް އޮންނަގޮތުން ކިރިޔާވެސް މިފަދަ އިސާރާތެއް ވާއިރަށް ކާޑްގެ ހިދުމަތް ވަގުތީގޮތުން މެދު ކަނޑާލާނެއެވެ. ކާރޑްގެ ތަފްސީލް މައުލޫމާތު އެގުމުން އެ ފަރާތްތަކުން ހަމަ އެއާ އެއްގޮތް ކާޑް ތައްޔާރުކުރެއެވެ. މިގޮތަށް ތައްޔާރުކޮށްފައިހުރި ކްރެޑިޓް ކާރޑް މީގެކުރިންވެސް ފުލުހުން ވަނީ ރާއްޖޭންވެސް އަތުލައިގަނެފައެވެ. އެހެންކަމުން ކާރޑްގެ މައުލޫމާތަށް ދިވެހިންވެސް ވަރަށް ބޮޑަށް ފަރުވާތެރިވުން މުހިންމެވެ.

ސްކޭމްކުރާ ފަރާތްތަކުން ވަރަށް ގިނަފަހަރަށް ސްޕައިކުރާ ސޮފްޓްވެއާރތައް ބޭނުންކުރެއެވެ. ބައެއް އެއްޗެއްސަކީ ނެޓަށް އޮޓަމެޓިކުން ގުޅޭ އެއްޗެއްސައްވާއިރު ވިސްނާނުލާ ނެޓަށް ވަދެ އެއްޗެހި ޑައުންލޯޑްކުރުމުގެ ތެރޭންވެސް އެފަދަ އެއްޗެހި ޑައުންލޯޑް ވެދާނެއެވެ. ސްކޭމްކުރާ ފަރާތްތަކުން މިގޮތަށް ބޭނުންކުރާ ކީ-ލޮގާރސް އަކީ ކީބޯރޑުން ޓައިޕްކުރާ ކޮންމެ އެއްޗެއްވެސް ރެކޯރޑްކުރާ ސޮފްޓްވެއާރއެކެވެ. މިފަދަ ތަކެތި ސައިބަ ކެފޭ ތަކުގައި ބޭނުންކޮށްފާނެތީ ފަރުވާތެރިވުމަށް ސްކޭމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އަދި ސައިބަރ ކެފޭތަކުގައި ނެޓަށް ވަދެގެން އޮންލައިން ވިޔަފާރި ނުކުރަން އެފަދަ ފަރާތްތަކުން ގޮވާލަނީ މިފަދަ މައްސަލަތައް ހުރީމައެވެ.

ސްކޭމްތައް އާންމުކޮށް ހިނގަނީ އެފްރިކާގެ ގައުމުތަކުގައި ނަމަވެސް ، ޔުނައިޓެޑް ކިންގޑަމް، ޗައިނާ އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި އެފަދަ މަކަރުވެރި އަމަލުތައް ހިންގާ ފަރާތްތައް ގިނަކަން ފާހަގަކުރެވެއެވެ. މިގޮތުން ދުނިޔޭގައި އެންމެ މަސްހޫރުވި ނައިޖީރިއަން 419 ސްކޭމްސް އަކީ އޭގެ ސަބަބުން އެތައް ހާސް ބަޔަކަށް އޭގެ ގެއްލުން ލިބުނު ނުރައްކާތެރި ސްކޭމްއެކެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ސްކޭމްތަކާއި ބެހޭ މައުލޫމާތު ކުރިޔައް އޮތްތާނގައިވެސް ހެޔޮބަސްގެ ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދޭނަމެވެ.

.ސްކޭމްކުރާ ފަރާތްތަކުން ބައެއްފަހަރަށް ފޭކް އޮންލައިން ސޮޕްތައް ހަދައިގެންވެސް މި ޖަރީމާ ހިންގައެވެ. މިފަދަ އޮންލައިން ސޮޕްތަކަށް ބަލާއިރު އަސްލު ސައިޓްތަކާ ފެންނަފެނުމުގައި މާ ބޮޑު ތަފާތެއް ނުހުރެއެވެ. އެހެންކަމުން އޮންލައިން ވިޔަފާރިކުރާއިރު ވަރަށް ރަނގަޅަށް ބަލާ ހަގީގަތް ހޯދުން މުހިންމެވެ. އަދި އިންޓަރނެޓްގައި ސާރޗްކޮށް މީހުން އެ ސައިޓްތަކާމެދު ދަށްކާފައިހުންނަ ވާހަކަތަކާއި ސައިޓްގައި ކަސްޓަމަރުންގެ ފީޑް ބެކް ހުރިތޯވެސް ބަލަންވާނެއެވެ. އެހެންކަމުން ސަމާލުކަމަށްޓަކައި އެފަދަ ބައެއް ވެބްސައިޓްގެ ނަން އާންމުކޮށްލަމެވެ.

ނޯޓް:އަޅުގަނޑު މި ލިޔުންލިޔެފައިވާނީ މިކަން ދިރާސާކޮށް އަދި މިފަދަ ސްކޭމްތައް ދިރާސާކޮށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރާ ބައެއް ފަރާތްތަކުގެ ހިޔާލާ އެކުގައެވެ. ހަމަ އެހެންމެ މިފަދަ ސްކޭމްތަކުގެ މައުލޫމާތު ހޯދުމަށް މީގެ 9 މަސްކުރިން ކުރި މަސައްކަތެއްގައި ދިމާވެ ރަހްމަތްތެރިކަން އުފެދުނު އިނގިރޭސި ރަށްޔިތެއްގެ އެހީތެރިކަންވަނީ ލިބިފައެވެ.

ސްކޭމްކުރާ ބައެއް ވެބްސައިޓްތައް


 

Sneaker100.com
Nike-shoesaaa.com
Nike-won.comNikecnshoes.comSneakercheap.com
Xingshunelec.com
Xselectron.com
Myshoesclothes.com
Nfl-mlb-nba-shop.com
Nike-brand.com
Nike-ec.com
Whole-shoes.com
Wholenike.com
Wholesale-nike-sneaker.com
Wholesale86.com
Wholesale89.com
Wholesalecheapshoes.com
Wholesalesneaker86.com
Wholesalesneakercn.com
Winwinltd.com
Tideshoes.com
Tradewhole.com
Uggwhole.com
Usaaj.com
Usajordans.com
Usd-usd.com
Whole-nike.com
Shoestrade-ec.comSneakermonger.com
Sports196.com
Shoespaypal.com
Shoestoptown.comShopapair.com
09ec.com
Adidasjerseys.com
Ajshoesusa.com
Alotfashion.com
B2bnikeshoes.com
B2ctradecn.com
Babywomen.com
Bags-cheap-wholesale.com
Brandshoesec.com
Brandshoeswhole.com
Brandtradezone.com
Brandunsale.com
Buytopshoes.com
Cheap-hot.com
Cheap-sneaker86.com
Cheapaaa.com
Cheapchinajordans.com
Cheapchinashoes.com
Cheapnikeb2b.com
Cheapnikeoutlet.com
Cheapnikesneaker.com
Cheapshoesaaa.com
Cheapshoescity.com
Cheapsneaker86.com
China-nike2008.com
Clothesb2b.com
Cnnikebrand.com
Coolshoesplus.com
Dayiele.com
Directshoppingusa.com
Discountjordanssneaker.com
Ectop21.com
Endshoes.com
Fashion-123.com
Fashionleftonsale.com
Fashionvoid.com
Fashionwinds.com
Hkdongwei.com
Honestytrade.com
Hy6782008.com
Jerseyb2b.com
Jordan-cheap.com
Jordanhot.com
Jordanvipshoes.com
Kicksclassic.com
Lightningshoestrade.com
Listshoes.com
Loginnike.com
Madeinchina-shop.com
Mineshoes.comNikeconfluence.com
Nikeec.com
Nikegoon.com
Nikejordan-shoes.com
Nikejordanaaa.com
Nikelead.com
Nikenbasportshoes.com
Nikeobama.com
Nikepioneer.com
Nikepreview.com
Nikeqs.com
Nikesc.com
Nikeshoemarket.com
Nikeshoes86.com
Nikeshoes98.com
Nikeshoesbase.com
Nikeshoescity.com
Nikeshoescn.com
Nikeshoesmake.com
Nikeshoesmarket.com
Nikeshoesorg.com
Nikeshoespick.com
Nikeshoesretro.com
Nikeshoesshoppe.com
Nikeshoesshow.com
Nikeshoesvogue.com
Nikeshoeswhole.com
Nikeshoeswon.com
Nikestockcn.com
Nikeun2008.com
Nikeusashoes.com
Nikewon.com
Ok-nike.com
Order-cn.com
Overstockes.com
Pickyournewshoes.com
Pickyourpurses.com
Pickyourshoes123.com
Pickyourtrade.com
Putianshoesnet.com
Reeboknhl.com
Retailsneaker.com
Rs-pay.com
Salebrandsneakers.com
Salesneaker.com
Sandic.com
Sell-nike-shoes.com
Selljordan7.com
Sellsniker.com
Shajazma1.com
Shoes-2008.com
Shoes-base.com
Shoes196.com
Shoes808.com
Shoesclassic.com
Shoesgoogle.com
Shoesgoon.com
Shoesnikedunks.com

 

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Join the Conversation

3 Comments

Your email address will not be published. Required fields are marked *

  1. virsu hunnaane ekahala site thakuga, malware, online kohwes scane kureveyne goiythah hunnaane, adhi ekahala fake site thakun nannamuga hunna software download kurun rangalheh nuvaane, vadhewuneema goahekkan engeyirah nikunnanwee, eyge mail eh aisfinamawes alhaalaane kameh nei

  2. ރަނގަޅު ވާހަކައެއް، ތީ ވަރަށް މުހިންމު މައުލޫމާތެއް، ތިކަހަލަ ކަންތައް ތަކުން ދިވެހިންނަށްވެސް ގެއްލުން ވަމުން އަންނަކަމުގެ މައުލޫމާތު ލިބިފަ ވޭ