ދުނިޔޭގެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އެމެރިކާގެ ނިމުން

 މިއަދު އެމެރިކާ އެދަނީ ދަރަނީގެ ބޮޑު ކަނޑެއްގައި ޣަރަޤުވަމުންނެވެ. އަހަރެއްގެ މައްޗަށް ސާދަ ޓްރިލިއަން ޔޫ.އެސް ޑޮލަރު ސަރުކާރު ހިންގުމަށް ޚަރަދަށްދެއެވެ. މިއީ ހަމައެކަނި ހިންގުމުގެ ޚަރަދު ކަމަށް ވާ އިރު އަދި އެހެނިހެން ޚަރަދުތައް ކޮބައިތޯއެވެ؟ ހިއްސާދާރުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބޮންޑު ގޮތުގައިވާ ދަރަނީގެ ހިސާބް 14.3 ޓްރިލިއަނަށް އަރައެވެ. 2010 ވަނަ އަހަރުގެ ހިސާބް ދައްކާ ގޮތުން ހަމައެކަނި މި ދަރަނީގެ އިންޓްރެސްޓަށް ވެސް 414 ބިލިއަން ޑޮލަރު އަރައެވެ. މީގެ ތެރެއިންވެސް އެމެރިކާ ހަމަ ޔަޤީނުންވެސް ރެކި ނުގަނެވި އަނބުރާ ދައްކަން ޖެހޭނެ ފައިސާ ތަކުގެ ތެރެއިން ޗައިނާގެ ސަރުކާރާއި ކުންފުނިތައް އަދި ބޭންކްތަކަށް ދައްކަންޖެހިފައިވާ ފައިސާ ހިމެނެއެވެ. ޤައުމަށް އެތެރެކޮށްފައިވާ މުދާތަކާއި ކްރެޑިޓްކާރޑް ގެ މުއާމަލާތްތަކަށް ވެސް 2.4 ޓްރިލިއަން ޑޮލަރު އަރައެވެ. މިހެންމިކަން ހުރިއިރު އެމެރިކާ ރައްޔިތުންގެ ބޯހިޔާވަހިކަން އަމިއްލަކުރުމަށް ކުރެވިފައިވާ ރަހުނުގެ ދަރަނިވެސް 13.2 ޓްރިލިއަނަށް އަރައެވެ. އެމެރިކާގެ ކުންފުނި ތަކުގެ ދަރަނި އުޅެނީ 20.8 ޓްރިލިއަން ޑޮލަރުގައެވެ. މިހުރިހާ ހިސާބްތަކަށް ބަލާލި ކަމުގައިވިޔަސް ޤައުމުގެ ސާފް ދަރަނި 50.7 ޓްރިލިއަން ޑޮލަރަށް އެބައަރައެވެ. މިއީ ޖަޕާން، ޗައިނާ، ބްރިޓެއިން، ޖާރމަނީ، ފްރާންސް، ބްރެޒިލް، ކެނެޑާ އަދި އިޓަލީ ފަދަ ޤައުމުތަކުގެ މުޅި އިޤްތިސޯދުގެ ދެގުނަ ބޮޑު އަދެދެކެވެ.

ފޮތްތަކުގައި ލިޔެނަގަމުންދާ ދުނިޔޭގެ “ބޮޑުބާރު”ގެ ނަމުން މަޝްހޫރު އެމެރިކާގެ ނަން ވެސް މިހާ ހިސާބުން މިނިމުނީކަމުގައި އަޅުގަނޑު ދަންނަވަން ޖެހުނީ ހަމައެކަނި އިޤްތިސޯދީ ގޮތުން އެމެރިކާ ދަރަނިވެރި ވުމަކުން ނެއްނޫނެވެ. އެމެރިކާގެ ސިޔާސީ ހަޔާތްވެސް ވަނީ ބަނގުރޫޓްވެފައެވެ. މިއަދު އެމީހުން އެދަނީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ. މެދުއިރުމަތީގެ ތެލަށް ދަހިވެތިވެގެން މިއުޅޭ މި މީހުންނާއި ވާދަ ކުރަމުންދާ ޗައިނާ ރަޝިޔާ ފަދަ ޤައުމުތަކުގެ ވާދަވެރިކަމަކީ ވެސް މި މީހުންނަށް ކުރިމަތިލާން ޖެހިފައިވާ އިތުރު ބޮލުރިހުމެކެވެ. ކަޅުރަނުގެ ވިޔަފާރީގައިވެސް ޔޫރަޕިއަން ޔޫނިއަން އާއި އިންޑިއާ އަދި ޖަޕާނާއި ވާދަކުރުމުގައި އެމެރިކާ އެ އުޅެނީ ހޭބޯނާރައެވެ.
ރޯބުހުތާނު ދޮގުހަދައިގެން އަތްގަދަ ކުރި އިރާޤަކީ ވެސް ކޮރަޕްޝަނުން އިންތިހާއަށް ގޮސް ވާނުވާ ނޭގޭ އެތައް ފައިސާ ތަކެއް މި ބައިމީހުން ޚަރަދުކުރަމުންދާ ޤައުމެކެވެ. މިބައިމިހުން މޮޅަށް ނަންކުރާ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ޑިމޮކްރަސީގެ ކުށްވެރިން ލުމަށް ހަދައިފައިވާ ގުއަންޓަނާމޯ ބޭ އަކީ ވެސް ހަމަ މިފަދަ ތަނެކެވެ. ހަމަ އެހެންމެ މިލިޓަރީ ގޮތުން ނެރެފައިވާ ސިފައިންގެ ބައިގަނޑުގެ ވެސް ވަނީ ކޮންޓްރޯލުންނެއްޓި އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. އަފްޣާނިސްތާން، އިރާޤް ހަނގުރާމަ އަކީ އެތަކެއް ޚަރަދުތަކެއް އެމެރިކާ ސަރުކާރުންކޮށްފައިވާ ތާކުންތާކު ނުޖެހޭ ބޭކާރު ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ހޭދައެވެ. ސީދާ އެމެރިކާ ސަރުކާރުގެ މިލިޓަރީ ބާރުގެ ބޭނުންކޮށް އެމީހުންނަށް އެކުރި ޚަރަދުތަކާއި ޤައުމުންބޭރަށް ފޮނުވައިގެން އެ ހިންގި ޖަރީމާތަކަކީ ޚުދް އެމެރިކާގެ ސިފައިންވެސް ޤަބޫލްކުރާ ކަންތައްތަކެއްނޫނެވެ.
ހުރިހާކަމެއް މޮޅަށްދެނެވޮޑިގެންވަނީ ހުސް ޠޯހިރުވަންތަ މާތްﷲ ސުބުހާނަހޫ ވަތަޢާލާއެވެ.
إِنَّ الَّذِينَ كَفَرُوا يُنْفِقُونَ أَمْوَالَهُمْ لِيَصُدُّوا عَنْ سَبِيلِ اللَّهِ ۚ فَسَيُنْفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَالَّذِينَ كَفَرُوا إِلَىٰ جَهَنَّمَ يُحْشَرُونَ ( الأنفال 8 : 36 )
މާނައީ : ހަމަކަށްވަރުން ކާފިރުވިމީހުން، ﷲގެ މަގުން މީސްތަކުން ދުރުކުރުމަށް ، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށްހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލި ކުރައްވާނެތެވެ. އަދި ކާފިރުވި މީހުން ނަރަކައަށް ޖަމާ ކުރައްވާނެތެވެ.

Leave a comment

Your email address will not be published. Required fields are marked *

ދުނިޔޭގެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އެމެރިކާގެ ނިމުން

މިއަދު އެމެރިކާ އެދަނީ ދަރަނީގެ ބޮޑު ކަނޑެއްގައި ޣަރަޤުވަމުންނެވެ. އަހަރެއްގެ މައްޗަށް ސާދަ ޓްރިލިއަން ޔޫ.އެސް ޑޮލަރު ސަރުކާރު ހިންގުމަށް ޚަރަދަށްދެއެވެ. މިއީ ހަމައެކަނި ހިންގުމުގެ ޚަރަދު ކަމަށް ވާ އިރު އަދި އެހެނިހެން ޚަރަދުތައް ކޮބައިތޯއެވެ؟ ހިއްސާދާރުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބޮންޑު ގޮތުގައިވާ ދަރަނީގެ Continue reading “ދުނިޔޭގެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އެމެރިކާގެ ނިމުން”

Leave a comment

Your email address will not be published. Required fields are marked *