ދުނިޔެ ކުރިއަރާ ދުވަހެއް ދުވަހަކަށް އަންނަނީ އާކަންތައްތަކެއް ފެންނަމުންނެވެ. އާ ޓެކްނޮޖީތަކެއް އަންނަނީ ތަޢާރަފްވަމުންނެވެ. އިންސާނީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް ދިރިއުޅުމަށް ބޭނުންކުރާ ތަކެއްޗައްވެސް މިވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައެވެ. އަދި ހަމަ އެހެންމެ ކުރިން ވަރަށް އުނދަގުލުގައި ކުރި ދަތުރުފަތުރުފަދަ ކަންތައްތަމިވަނީ ވަރަށް ބޮޑަށް ލުއިފަސޭވެފައެވެ. މީގެ ކުރިއާ ހިލާފަށް މިހާރު ކަނޑުމައްޗަކީވެސް އެއްގަމެކޭ އެއްގޮތަށް މަސައްކަތްތައް ކުރެވޭ ތަނަކަށްވެއްޖެވެ. ސިނާއީ އެތައް މަސައްކަތްވެސް އަންނީ ކަނޑުމަތިގައި ކުރެވެމުންނެވެ. ހަމަ އެހެންމެ ޗުއްޓީ ހޭދަކޮށްލުމަށްވެސް ކަނޑުމަތީގައި ހޭދަކުރެވޭނެ އިންތިޒާމްތައް މިވަނީ ގާއިމުވެފައެވެ. އަދި ކިޔެވުމުގައިވެސް ކަނޑުމަތީގައި އެއްގަމެކޭ އެއްގޮތައް ހޭދަކުރެވޭތަން ދަނީ ފެންނަމުންނެވެ. މިހުރިހާކަމެއްކުރުމަށްވެސް ބޭނުން މިކުރެވެނީ ބޮޑެތި ބޯޓުފަހެރެވެ. ހަނގުރާމަތަކަށް މަނަވަރުތައް ބޭނުންކުރާއިރު ޗުއްޓީ ހޭދަކޮށްލުމަށް ހާއްސަކޮށް ޕަސެންޖާރ ލައިނާތައްވެސް އެބަހުއްޓެވެ. މިގޮތުން މިލިއުމުގައި ބަލައިލާނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު 5 ޕަސިންޖާރ ލައިނާއަށެވެ.

މިސް އަލުއާރ އޮފްދަ ސީ

މި ބޯޓަކީ މިހާތަނަށް ބަނދެވުނު އެންމެ ބޮޑު ޕަސިންޖާރ ލައިނާއެވެ. މި ބޯޓުގެ ވެރިފަރާތަކީ ކެރީބިއަން އިންޓަރ ނެޝަނަލްއެވެ. 1385 މީހުންގެ ޖާގައިގެ ތިއޭޓަރއެއް ހިމެނޭ މިބޯޓުގައި 2000 މީހުންނަށް 24 ގަޑިއިރު ހުރިހާ ހިދުމަތެއް ލިބެންހުރެއެވެ. މި ބޯޓުގައި ސޮޕިންގ ސެންޓާރ ތަކާއި ޕާރކުގެ އިތުރުން ކޮފީ ރޫމްތައް ހެދިފައިވެއެވެ.

 

މިސްއޯސިސް އޮފް ދަ ސީ

މިސް އޯސިސް އޮފްދަ ސިއަކީވެސް ކެރީބިއަން އިންޓަރނޭސަންލްގެ ޕަސިންޖާރ ލައިނާރއެކެވެ. މި ބޯޓަކީ ދެވަނައަށް އެންމެ ބޮޑު މިފަދަ ބޯޓުކަމުގައިވާއިރު 1 ވަނަ ބޯޓާއި މި ބޯޓާއި ހުރި ދެމެދު ވަނީ 50 އެމްއެމްގެ ތަފާތެކެވެ. މިހާރުގެ ގިނަ ބޯޓުތަކެކޭ އެއްފަދައިން ކަރަންޓުން ދުއްވާ މި ބޯޓުގައި ކަރަންޓް ދިނުމަށް 6 އިންޖީން ބެހެއްޓިފައިވެއެވެ.

ނޯވޭޖިއަން އެޕިކް:

ނޯވޭރޖިއަން އެޕިކްއަކީ 3 ވަނައަށް އެންމެ ބޮޑު ޕަސިންޖާރ ލައިނާރއެވެ. މި ބޯޓުގެ ދިގުމިނުގައި 329.49 މީޓަރ ހުރެއެވެ. އަދި ނޯވޭއައް ނިސްބަތްވާ މި ބޯޓުގައި ސޮޕިން ސެންޓާރ، ގެ އިތުރަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފަައިއިވެއެވެ. މި ބޯޓުގެ ޕަސެންޖަރުންގެ ޖާގައަކީ 4100 މީހުންނެވެ.

މިސް ފްރިޑޮމް އޮފްދަ ސީ:

މިސް ފުރީޑޮމް އޮފްދަ ސީ އަކީވެސް ރޯޔަލް ކެރީބިއަންސްގެ ޕަސިންޖާރ ލައިނާއެކެވެ. މި ބޯޓަކީ ދިގުމިނުގައި 338.9 މީޓަރ ދިގުމިންހުންނަ  3634 ޕަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ. އެހެން ބޯޓުތަކެކޭ އެއްފަދއިން މި ބޯޓުގައިވެސް ޕަސިންޖަރުންނަށް ބޭނުންވާ އެންމެ ހާ ހިދުމަތްތައް ލިބެންހުރެއެވެ.

.

މިސް ލިބަރޓީ އޮފްދަ ސީ:

މިސް ލިބަރޓީ އޮފްދަ ސީ އަކީވެސް ކެރީބިއަން އިންޓަރނޭޝަނަލްގެ ޕަސެންޖާރ ލައިނާރއެކެވެ. މި ބޯޓަކީ 3634 މީހުންގެ ޖާގައިގެ ބޯޓެކެވެ.

6

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *