ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

- ދިރޭތަކެއްޗާއި ތިމާވެށި
Comments Off on ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ބިރުވެރިކަން އުފައްދައެވެ. އެހެންނަމަވެސް އަޅުގަނޑު ބެލި ބެލުމުން އަދި ކުރެވުނު ތަޖްރިބާއިން އެ ބާވަތްތަކަކީ އޭގެ ޒާތުގައި ނުރައްކާތެރި ތަކެއްޗެއް ނޫނެވެ. ޙަގީގަތުގައި އެއްޗެއް ނުރައްކާ އެއްޗެއްގެ ގޮތުގައި ސިފަކުރަންވާނީ އޭގެ ޒާތުގައި އައިސް ގެއްލުމެއް ނުވަތަ ހަމަލާއެއް ދޭނަމައެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.

ގާހިވިހަ މަސް ނުވަތަ ގާވިޔާމަސް މިއީ ވަރަށް ނުރައްކާ ބިރުވެރި މަހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މަހެކެވެ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެ މަހަކީ އިންސާނުން ދެކެ ބިރު ގަންނަ މަހެކެވެ. އިންސާނަކު ގާތްވާއިރަށް ގިނަފަހަރަށް ދުވެ ފިލައެވެ. އަޅުގަނޑު އާންމުކޮށް ގާވިހަ މަސް ފެންނައިރަށް ޓެސްޓްކުރުމުގެ ގޮތުން އޭގައި ކޮށްޓާ ހަދަމެވެ. މިހެން ކޮއްޓާ ރުޅި އަރުވައިގެންވެސް ގަޔާ ދިމަޔައް އައިސް ހަމަލާ ދޭވަރަށް ގޯނާކުރެވެއެވެ. ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ އެ މަސް ހަމަލާ ދެނީ ކީއްވެތޯއެވެ؟ މި ސުވާލުގެ ޖަވާބެއް ދޭނަމަ ބުނަން ޖެހޭނީ ގާހިވިހަމަސް އިންސާނުންނަށް ހަމަލާ ނުދޭކަމަށެވެ. އެހެންނަމަވެސް މަސް  ކޮންމެސް ގޮތަކަށް ތަނެއްގައި އިންދައި އަޅުގަނޑުމެން ގޮސް އެރުމުންނެވެ. އެއީ އަމިއްލަ ސަލާމަތަށްޓަކައި ދިފާއުގައި ކުރަން މަޖުބޫރުވާ ކަމެކެވެ. ހަގީގަތުގައި ކަށި ޖަހަނީކީ ނޫނެވެ. ތޫނު ކަށިތަކެއް މައްޗައް އަޅުގަނޑުމެން އަރަނީއެވެ. ދެން ބައެއް ބޭފުޅުން ބުނާގޮތުން އެ މަހަކީ އެއްކޮށްވެސް ވިހަ މަހެކެވެ. އެހެންނަމަވެސް އެއީވެސް ޙަގީގަތެއް ނޫނެވެ. އަޅުގަނޑަކީ އޭގެ މަސް ފިހެގެން ކައި ތަޖްރިބާކުރި މީހެކެވެ. ކާލަން މީރު މަހެކެވެ. ސަލާމަތައްޓަކައި ކަށީގައި ހުންނަ ވިހަކަމަކީ މަސްގަނޑައި ގުޅުމެއް ހުންނަ ވިހަކަމެއް ނޫނެވެ. މަހުގެ ކަށިތަކުގައި ހުންނަ ވިހަ މާއްދާއިން ރަށްކާތެރިވުމަށް މޫދު އެރި އުޅޭއިރު ފަރުވާތެރިވެ އުޅުން މުހިންމެވެ. މޫދުގައި އަރާ ބޫޓްފަދަ ތަކެތި ބޭނުންކުރުން އެއީ މުހިންމު ކަމެކެވެ. ވިހަވަނީ މަސް ނުރައްކާ ވީމަކާ ނޫނެވެ. ވިހަވަނީ ސޭފްޓީ ކަންތަކުގައި ފަރުވާ ކުޑަކުރުމުންނެވެ. ސޭފްޓީ ބެލްޓް ނާޅާ ހުއްޓައި އުސްތަނަކުން  ވެއްޓުމަކީ ތަނުގެ މައްސަލައެއްގެ ގޮތުގައި ނިންމުމަކީ ހަމަޖެހޭ ކަމެއްނޫނެވެ.

ފަންހާމަސް މިއީވެސް ދިވެހިންގެ ތެރޭގައި ވަރަށް ނުރައްކާތެރި މަހެއްގެ ގޮތުގައި ސިފަކުރެވެމުން އަންނަ މަހެކެވެ. އެހެންނަމަވެސް ފަންހާމަސް ހަމަލާ ދީގެން މީހަކު މަރުވި ވާހަކަ އެއް ނުވަތަ ވިހައިގެ އަސަރު ކުރިވާހަކަ އަޑެއް ނީވެއެވެ. ބައެއް މީހުން ބުނާ ގޮތުން ފަންހާމަހަށް އުނދަގޫކުރުމުން ގަޔާ ދިމާލައް އާދެއެވެ. އެހެންކަމުން އެކަން ޓެސްޓްކުރުމުގެ ގޮތުން އަޅުގަނޑު އާންމުކޮށް ފީނާ ހަދާއިރު ފަންހާމަސް ފަދަ ތަކެތި ފެނުމުންވެސް އެތަކެއްޗައް އުނދަގޫ ކުރަމެވެ. ބޭނުމަކީ މިފަދަ ލިޔުމަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. ތަޖްރިބާކުރުމެވެ.

ފަންހާމަސް އާންމުކޮށް ބޮޑުވަނީ 30 ސެންޓިމީޓަރ އާއި 38 ސެންޓިމީޓަރާއި ދެމެދަށެވެ. ފަންހާ މަހަކީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ކެއުމަށް ބޭނުންކުރުމުގައި ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަހެކެވެ. އަދި ހަމަ އެހެންމެ ޓޭންކްތަކާއި ފެންގަނޑުތަކުގައި ގެންގުޅޭ ފަދަ މަސްތަކުގެ ވިޔަފާރީގައި ޑިމާންޑް ބޮޑު މަހެކެވެ. ފަންހާމަސް ވެސް  އޭގެ ޒާތުގައި އިންސާނާ އަށް ނުރައްކަލެއް ނެތެވެނެޝަނަލް ޖިއޮގޮރަފިކް.

 

އަމިއްލަޔަށް އައިސް އިންސާނާ އަށް ފަންހާމަސް ހަމަލާ ދީފައިވާކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އޭގައި އަތްލައިގެން ނުވަތަ އަތް ޖެހިގެން އޭގެ ކަށި ހެރިއްޖެނަމަ ވިހަވެދާނެއެވެ. ފަންހާމަހުގެ ކަށީގައި ހުންނަ ވިހަޔަކީ އޭގެ ސަބަބުން އިންސާނާގެ ފުރާނަޔަށް ނުރައްކާވެދާނެ އެއްޗެއްތޯ މީވެސް ވަރަށް ގިނަ ބައެއްގެ ސުވާލެކެވެ. ލަޔަން ފިސް.ކޮމް ގައި ވާ ގޮތުން ފަންހާމަހުގެ ކަށިތަކުގައު ހުންނަ ވިހަޔަކީ އިންސާނާގެ ފުރާނަޔަށް ނުރައްކާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ފަރުވާ ނުކުރެވިއްޖެނަމަ އެ ވިހައިގެ އަސަރު ކުރާނެއެވެ. މިގޮތުން ދިލަ ނެގުމާއި ތަދު އިހްސާސްކުރެވޭނެއެވެ.

ފަންހާމަހަކީ ކެއުމަށްރަނގަޅު މަހަކެވެ. މިގޮތުން ބަލާއިރު އޮމެގާ3 ގެ މިންވަރު އިތުރު މަހެކެވެ. އެތައް ހާސްބަޔަކު ފަންހާ މަސް ކެއުމަށް ބޭނުންކުރާއިރު އެތައް ސަތޭކަ ރެސްޓޯރެންޓެއްގެ މެނޫގައި ހިމެނޭ މަހުގެ ބާވަތެކެވެ.

ދުނިޔެމަތީ މާއްﷲ ލެއްވި ކޮންމެ އެއްޗެއްވެސް ލައްވާފައިވަނީ ހިކުމަތަކަށްޓަކައެވެ. މާތްﷲ އެއްވެސް އެއްޗެއް ބޭކާރު ގޮތެއްގައި ނުލައްވައެވެ. އެހެންކަމުން ބޭކާރުގޮތުގައި ދިރުންތައް މެރުމާއި ދުރުހެލިވާންޖެއެވެ. ފަންހާމަސް ފަދަ ބާވަތްތަކުގެ މަސްތައް ބައެއް ފަރާތްތަކުން މަރަނީ ބިރުވެރި ނުރައްކާތެރި މަހެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް އިސްވެ ބަޔާންކުރެވުނު ފަދައިން އެމަހަކީ ކެއުމަށް މީރު އޭގެ ޒާތުގައި ނުރައްކަލެއް ނެތް މަހެކެވެ.

ނޯޓް: މި ލިޔުމުގެ އިތުރު ބައިތައް ،ކަނޑުފަރުގައި އުޅޭ ނުރައްކާތެރި ދިރުންތަކުގެ ރަނގަޅު މައުލޫމާތު މި ލިޔުމާއި ގުޅުވާލެވިގެން ލިޔެ އަވަސް މުސްތަޤުބަލެއްގައި ސައިޓުން ފެންނާނެއެވެ. އިންޝާﷲ.

މުސައްނިފް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންނުމަށްފަހު މަލްޓިމީޑިއާ ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.