ދީން

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا – الفرقان: ٧٤
އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ﷲ އަށް ބިރުވެތިވާމީހުންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާދޭނވެ.
رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ– آل عمران: ٣٨
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! އިބަރަސްކަލާނގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ.رَبِّ هَبْ لِي مِنَ الصَّالِحِينَ – الصافات: ١٠٠
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!

رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ– الأنبياء: ٨٩
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މި އަޅާއަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ

…………………………………………………………………………………………………………………………………..

އެއްދާންކުރުމުގެ ކުރިން ކިޔާދުޢާ
بِسْمِ اللهِ. اَللَّهُمَّ جَنِّبْناَ الشَّيْطاَنَ وَجَنِّبِ الشَّيْطاَنَ ماَ رَزَقْتَناَ (رواه البخاري ومسلم)
ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ! (ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމް)

 

What's your reaction?

Excited
0
މުހައްމަދު ސާފިއު އަބްދުލް ގަފޫރު
ސާފިއުއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ.ލިޔުންތެރިކަމުގެ ދާއިރާގެ އިތުރުން ސާފިއު ރޭޑިއޯގެ ބައެއް ޕްރޮގްރާމްތަކުގައިވެސް ބައިވެރިވަމުންއަންނަކަން ފާހަގަކުރެވެ.

    You may also like

    More in:ދީން

    Leave a reply

    Your email address will not be published. Required fields are marked *