ދެލޮލުގެ ނޫރުފަދައިން އަޅުގަނޑުމެން ގެންގުޅެމުން އަންނަ ދަރިންނަކީ މާތް ﷲ އަޅުގަނޑުމެނަށް ދެއްވާފައިވާ އަގުބޮޑު ޖައުހަރެކެވެ. އެ ޖައުހަރު އަޅުގނޑުމެނަށް ދެއވާފައިވަނީ އެ ދެކޭ މީހުންގެ ލޮލަށާއި ހިތަށް ފިނިކަންލިބޭފަދަ ގޮ

ތަކަށް ބައްޓަންކޮށް ސިފަޖެއްސުމަށެވެ.ހަމަ އެހެންމެ އު ދަރިންނަކީ މައިންބަފައިނަނަށް މާތް ﷲ ހަވާލްކުރަށްވާ އަމާނަތެކެވެ. އެ އަމާނަތަށް ރައްކާތެރި ވެގެން މެނުވީ ، ދުނިޔެއާ އާޙިރަތުގައި ކާމިޔާބު ލިބުމެއްވެސް ނެވެއެވެ. ރޯދިބަރަކާޓް އިތުރުވުމުގެ ސަބަބަކަށް އެދަރިންވެފައި ވެއެވެ.މިހުރިހާ ކަމެއްވެސް ފަހިވުން ބިނާވެފގެންވަނީ ހެޔޮގުތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މައްޗަށެވެ. ހެޔޮލަފާ ރަނގަޅު ޖީލެއްބިނާކުރުމަށްޓަކައި މައިންބަފައިން އަމަލީގޮތުން ސާބިތުކޮށްދިނުމުގެ މަށްޗަށެވެ. އެ ދަރިން ތަރުބިއްޔަތު ކުރި ގޮތާމެދު ޤިޔާމަތް ދުވަހުން އެމީހަކާ ސުވާލު ކުރެވޭނެއެވެ.ހަމައެހެންމެ  ދަރިން ބަލާބޮޑު ކުރުމށް ޑިގްރީއެއް ނުވަތަ ސެޓްފިކެތެއް ހޯދާކަށް ނުޖެހެއެވެ. އެފަދަ ޑިގްރީދޭ ޔުނިވަރސިޓީ ތަކެއް ނުހުރެއެވެ. އެއީ ހަޔާތައް އަންނަ ތަމްރީނެއްފަދަ ކަމެކެވެ. އެ ތަމްރީނުގައި އަންނަ ކޮންމެ ފަސޭހައަކާ އުނދަގުލެއް ތަހައްމަލް ކުރަންޖެހެއެވެ. ހަމަ އެހެންމެ އެއީ ވާދަވެރި ވަޒިފާއެކެވެ.  ކިތައްމެ ދުވަހެއް އުމުރުން ވިއަސް އެވަޒީފާއިން އިސްތިއުފާއެއް ނުދެވެއެވެ. އެއީ ނިމުމެއްނުވާ އެންމެ ފަހު ވަގުތާ ޖެހެންދެން އަދާކުރަންޖެހޭ ވާޖިބެކެވެ. އެއީ ލޯތްބާއި، ކުލުނާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ތެދުވެރިކަމާއި، ހިއްހެޔޮކަމާއި، މަތިވެރި އަޚްލާޤުގެ މާތް ސިފަތައް ޝަރުތުކުރާ ވަޒީފާއެކެވެ. ކުއްޖަކު ދުނިޔެއަށް އުފަންވުމާއި އެކު އެކުއްޖެއް ބެލުމުގެ ޒިންމާ މައިންބަފައިންގެ ބޮލުގައި އެޅެއެވެ. ކުއްޖާ ބޮޑުވަމުން އަންނައިރު ފާއިތުވާ މަރުހަލާ ތަކުގައި މައިންބަފައިންގެ ދައުރު އިތުރުވެ ފުޅާވެގެން ދެއެވެ.

ތަރުބިއްތޔަތު މާނަކުރަގޮތް:                                                                                                  

އައްޝައިޙް މުހައްމަދު ޝަހީމް ޢަލީ ސަޢީދު (2010) ގައި ލިއުއްވާފައިވާ ގޮތުގައި ޢަރަބި ބަހުގެ ފުންނާބު އުސް ޢިލްމުވެރި  ބޭފުޅެއްކަމުގައިވާ އަލް އިމާމް އިބުނު މަންޘޫރު ލިއުއްވާފައިވާ ލިސާނުލް ޢަރަބީގައި ވިދާޅުވެފައިވާ ގޮތުން ތަރުބިއަޔަތު މި ލަފްޒުގެ މާނައަކީ އިތުރުވުމާއި، ހެދިބޮޑުވުމާއި، ކާނާދިނުމާއި، ރިޢާޔަތްކުރުމާއި، ރައކާތެރިވުމެވެ.  ހަމަ އެހެންމެ އަލްއިމާމް ޒަމަޚްޝަރީ އަސާސުލް ބަލާޣާ ގައި ބަޔާންކުރައްވާފައިވާ ގޮތުން އޭގެ މާނައަކީ އިތުރުވުމާއި ހެދި ބޮޑުވުމެވެ.

ތަރުބިއްޔަތުގެ ލުޣަވީ މާނައާބެހޭގޮތުން މުޙައްމަދު ޝަހީމް (2010) ތަރުބިއްޔަތުގެ ލުޣަވީ މާނައާ ބެހޭގޮތުން  ވިދާޅުވެފައިވަނީ

          ހަރުދަނާ މީހަކަށް ކުއްޖާވެ، އޭނާ އުޅޭ ކޮންމެ ތަނެއްގައި މަތިވެރިކަން ލިބިގެންވާ މީހަކަށް އޭނާ ވުމަށްޓަކައި އޭނާ ބޭނުންވާ  އިންސާނީ ޘަޤާފަތް ދިނުމާއި، ޢޭނާއަށް ބޭނުންވާ ޟަރޫރީ ކާނާ ހޯދާދިނުމާއި، އެނާއާކުރިމަތިވާ ހުރިހާ ނުރައކާ ތަކަކުން އޭނާ ސަލާމަތް ކުރުމާއި،އޭނާއާމެދު ރައްކާތެރި ވުމާއި،  އަދި ނަފްސާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އަޚްލާޤީ ގޮތުން ތަހްޒީބް ކުރުމާއި، އަދި އޭނާ އަކީ ޖިސްމާނި ގޮތުންނާއި ބުއްދިގެ ގޮތުން، ފުރިހަމަ މީހަކަށް ހެދުމަށްޓަކައި މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް އޭނާ ތަރުބިއްޔަތު ކުރުމެވެ.

ހަމަ އެހެންމެ އިސްލާމް ދީނުގެ ފަލްސަފާއާއި، ނަޒަތިއްޔާތަކަށް ނަޒަރު ހިންގާލުމުން، ތަރުބިއްޔަތުގެ މާނައެއްގެ ގޮތުގައި ފެނިގެންދަނީ، ހުރިހާ ދާއިރާއކުން، ފުރިހަމަ ކަމާއި ދުޅަހެޔޮކަން ލިބިގެންވާ އިންސާނަކު އުފައްދުމެވެ. ސިއްހީގޮތުންނާއި، ޢަޤްލި ގޮތުންނާއި، ރޫހާނީ ގޮތުންނާއި،އަދި އަޚްލާގީގޮތުން، އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން، ދީނުގެ އިރުޝާދުތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުމެވެ.

ތަރުބިއްތުގެ ބިންގާ ގެ ފެށުން:

ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަނީ ކައިވެނީގެ ވެސް ކރިންނެވެ. އެ މަސްއޫލިއަޔަތު އުފުލުމުގައި ދެމަފިރިންގެ ރޯލަކީ ވަރަށް މުހިނމު ދައުރެއް  އަދާ ކުރާ އެއްޗެކެވެ. އެގޮތުން (އައްޝައިޙް އުޘްމާން ޢަބްދުﷲ ،2011) ގައި ވިދާޅުވެފައިވަނީ ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ރަނގަޅު ދަރިފަސްކޮޅެއް ނާންނާނެކަމަށެވެ. އެހެންކަމުން ކާވެނީގެ ކުރިން މިކަމަށް ބެލެވި ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ  ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވވެގެންވެއެވެ. ކާރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘަ ކުރެއވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަތަރު ކަމަކަށް އަންހެނުންނާ ކައިވެނި ކުރެއެވެ. އޭނާގެ މުދާވެރިކަމާއި، ޙަސަބާ ނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ޑިންވެރި ކަމަށެވެ. ތިޔަބައި މީހުން ދީންވެރި ކަމށް އިސްކަންދޭށެވެ. ” އައްޝައިޙް ޝަމީރު އަޅުގަނޑު ދެންނެވި ސުވާލަކަށް ޖަވާދެއްވަމުން ވިދާޅުވީ ހަރުދަނާ ބިންގަލެއ ޤާއިމް ކުރުމަށް ޓަކައި ކާވެނީ ކުރިން އަންހެން ކުއްޖަކުނަމަ ޑިންވެރި ރަނގަޅު ޞާލިޙް ދީންވެރި ފިރިހެނަކު އިޚްތިޔާރު ކުރަންޖެހޭ ކަމށެވެ. އަދި ފިރިހެނަކު ނަމަ ރަނގަޅު ޞާލިޙް ދީންވެރި އަންހެނަކުއިޚްތިޔާރު ކުރުން މުހިންމު ކަމށެވެ.(ފެބްރުއަރީ 29،2012 އިންޓަވިއު). ހަމައެހެންމެ އަލްއުސްތާޛާ އަނާރާ ނަޢީމް އަޅުގނޑު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ކާވެނީގެ ކުރިން ދަރިންނަށްޓަކައި ރަނގަޅު ޞާލިޙް މަންމައަކާ ބައްޕައެއް އިޚްތިޔާރު ކުރުން ވަރަށް މުހިންމު ކަމށެވެ.އެގޮތުން ފިރިހެންމީހާ އަކީ ދީންވެރި، ތެދުވެރި މީހަކަށްވާންޖެހެއެވެ. އަދި އންހެންމީހާއަކީ ވެސް ދީންވެރި ރަނގަޅު ޞާލިޙްމީހަކަށް ވާންޖެހެއެވެ.(      އިންޓަވިއު)ހަމައެގޮތަށް ޝައިކް ޝަމީރު ވިދާޅުވީ ރަނގަޅު ޞާލިހް އަނބަކީ ބަލާލުމުން ހިންހަމަޖެހޭ އަދި ހިނިތުންވެފާހުންނަ، އަދި ފިރިމީހާގެ ރައކާތެރިވާ އަދި ފިރިމީހާއަށްޓަކައި ރައްކާތެރިވާ މީހާއެވެ. ނަމަވެސް ނުބައި އަނބިމިހާއަކީ ބަލާލިކަމުގައިވާނަމަ އޭނާގެ ދުލުގެ ނުބައި ބަސްތަކުން ފިރިމީހާ ހިތުގައިޖައްސާ އަދި ފިރިމީހާގެ މުދަލަށް ރައްކާތެރިނުވާ މީހާއެވެ. (29،02،2012 އިންތަވިއު). އެހެން ޙަދީޘްއެއްގެ މާނާގައިވެއެވެ.”ތިޔަބައިމީހުންގެ ދަރިފަސްކޮޅަށްޓަކައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރު ކުރާށެވެ. ” ޢބްދުއް ރައްޒާޤް ޢަލީ 2007) ގައި ލިޔުއްވާފައި ވެއެވެ. އްނބިމީހާއެކޭ އެއްގޮތައް ފިރިމީހާއަކީ ވެސް މާތް ރަސްކަލާނގެއަށް ބިރުވެތިވާ އަދި ރަނގަޅު އަޚްލާގއްގެ ވެރިއަކަށް ވާންޖެހޭނެއެވެ. ފިރިމީހާއަކީ ޢާއިލާގެ އެންމެ އިސްމީހާކަމުގައިވާތީ، އޭނާގެ ދަރިންނަށް ރަނގަޅު މަޔަކު ހޯދުމަށްޓަކައި ދީންވެރި ރަނގަޅު މަޔކު ހޯދުމަށްޓަކައި ދީންވެރި ރަނގަޅުއަންހެނަކާކައިވެނި ކުރުމަކީވެސް އޭނާގެ ޒިންމާއެކަމަށް ޢަބަދު ރައްޒާޤު ޢަލީ 2007) ގައި ބަޔާން ކުރައްވާފައި ވެއެވެ. މާތް ﷲ ވަހީ ކުރެއްވިއެވެ. (ތަޙްރީމް:6) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުން ނަރަކައިގެ އަލިފާނުން ސަލަމަތްކުރާށެވެ އެ އަލިފާން އަންދާނެ ދަރުކަމުގައި ވާހުށީ މީހުންނާއި ހިލައެވެ. “

ހަރުދަނާ ބިންގަލެއް ޤާއިމް ކުރުމުގައި ވިސްނަން ޖެހޭ އަނެއްކަމަކީ އިޚްތިޔާރުކުރާ ބައިވެރިޔާއަކީ ތަރުބިއްޔަތު ގެ މައިދާނަށް އެކަށީގެންވާ ޤާބިލިއްޔަތުކަން ހުރި މިހަކަށް ވުމެވެ.

LEAVE A REPLY

Please enter your comment!
Please enter your name here