އިންފޮެމޭޝަން ޓެކްނޮލޮޖީ

ފަސޭހަކަމާއި އެކު އޮންލައިންކޮށް ފޮޓޯ އެޑިޓްކުރެވިދާނެ 3 ވެބްސައިޓެއް.

މިއަދު އަޅުގަނޑުމެންނަށް ފެންނަ ކޮންމެ ރައްޓެއްސަކީވެސް ފޮޓޮގްރާފަރެކެވެ. ފޮޓޯ ނެގުމަށް ވަކިޚާއްޞަ ކެމެރާއެއް އަތުގައި އަބަދު ނުގެންގުޅުނުނަމަވެސް ކޮންމެ މީހަކުވެސް ފޮޓޯ ނެގޭ ފޯނެއް ގެންގުޅެއެވެ. އެއީ އެމް އެމް އެސް ފޮނުވުމުގެ އިތުރުން ފެންނަ ރީތި މަންޒަރުތަކާއި، ގާތްތިމާގެ މީހުންނާއި، ދަރިންނާއި، ޢާއިލާގެ މީހުންގެ ފޮޓޯ ނަގާ ހަނދާނަކަށް ޓަކައި ރައްކާކޮށްލުމުގެ ބޭނުމުގައެވެ.

މާތްﷲ ގެ މިންވަރުފުޅާއި، އިރާދަފުޅުން ތަރައްޤީގެ މި ރަންޒަމާނަށް ވާސިލްވެމުގެ ކުރިން މިއީ ކޮންމެ ކޮންމެ މީހަކަށް ލިބިގެންވާ ފުރުޞަތެއްނޫނެވެ. ފޮޓޯއެއް ނަގަންވިޔަސް ކަމާކަންފަށައިގެން ފޮޓޯ ސްޓޫޑިއޯކަށް ދިއުން ނޫން އެހެން އޮޕްޝަނެއް ނޯވެއެވެ. ނުވަތަ ޖެހެނީ ބޮޑުއަގުދީގެން ކެމެރާމަނަކު ގެއަށް ގެންނާށެވެ. ނަމަވެސް ކުރިންވެސް ދެންނެވުނު ފަދައިން މިއަދު އެފުރުޞަތު މިއޮތީ ހަމަ ކޮންމެމީހަކަށްވެސް ތަނަވަސް ވެފައެވެ. ތިމާޤާއިމްވެހުރި ކޮންމެ ތަނެއްގްއި ކޮންމެ ވަގުތެއްގައި ބޭނުން ވަރަކަށް ފޮޓޯ ނަގަންވީއެވެ.

ފޯން މެމޯރީގައި ފޮޓޯތައް ބެހެއްޓުމުގެ އިތުރުން މިހާރު ގިނަމީހުން އެފޮޓޯތައް ހަނދާނާއި، ތާރީޚަށް ޓަކައި ގިނަދުވަހަހަށް ދެމެހެއްޓުމަށް ޓަކައި ޑިޖިޓަލްކޮށް ރައްކާކުރެއެވެ. އެއީ ކޮމްޕިއުޓަރގެ ހާޑު ޑިސްކުގައި ނުވަތަ ސޯޝަލް ނެޓްވާކެއް ތުރޫކޮށް އިންޓަރނެޓްގައެވެ. ނުވަތަ ސީޑިއަށް ރައިޓްކޮށްގެންނެވެ. މިހުންނަނީ މިއަދު އަހަރެމެންނަށް ތަނަސްވެފައިވާ ފުރުޞަތުތަކެވެ.

މިއިން ކޮންމެ ގޮތަކަށް ފޮޓޯތައް ރައްކާކުރިކަމުގައިވިޔަސް އެފޮޓޯ ތަކަކީ ވަރަށްސާފު ރީތި ކޮލިޓީ ފޮޓޯ ތަކަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ކޮންމެ ފޮޓޯއެއްނެގޭނީއަކީ އެންމެ އެކަށީގެންވާ ލައިޓިންގ ގައި އެންމެ އެކަށީގެންވާ ކޮލިޓީއަކު ނޫނެއެވެ. އެކަމުގެ ސަބަބުން ބައެއް ފޮޓޯތައް އަނދިރިކޮށް ހުރެއެވެ. އަދި އަނެއްބައި ފޮޓޯތައް ނުސާފުވެއެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ދިމާވާނެކަމެކެވެ.

މިކަންކަން ހައްލުކުރުމަށްވެސް މިއަދު މިވަނީ އެތައް ބައިވަރު ގޮތްތަކެއް އެނގިދަސްވެފައެވެ. ފާޑުފާޑުގެ ސޮފްޓްވެއަރ ތައް އެކަމަށްޓަކައި ޚާއްޞަކުރެވިފައިވެއެވެ. ފްރީކޮށްހުންނަ ސޮފްޓްވެއަރ ތަކާއި، އަގުބޮޑު މޮޅެތި ސޮފްޓްވެއަރ ތަކެވެ. މިއިން ކޮންމެ ސޮފްޓްވެއަރ އެއްގައިވެސްތަފާތު ފީޗާރސް ހުރެއެވެ. އެކި އެއްޗިހީގައި އެކިމިންވަރަށެވެ. އެހެންކަމުން މިކަހަލަ ފޮޓޯ އެޑިޓިން ސޮފްޓް ވެއަރ ތަކުގައި ދިމާވާ އެންމެ ބޮޑުމައްސަލައަކީ އެތަކެތީގައި ހުންނަން ޓޫލްސްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުން ކުރަން ދަސްވެފައި ނުހުންނަ ކަމެވެ.

މިފަހަރު އަޅުގަނޑު ކިޔުންތެރިންނާއި މިހިއްސާ ކޮށަލަނީ ފޮޓޯ އެޑިޓް ކުރުމަށް ސޮފްޓްވެއަރ އެއް އިންސްޓޯލް ނުކޮށް ވަރަށް ފަސޭހައިން ފުރިހަމަ ފީޗަރސް ތަކާއި، ޓޫލްތަކާއެކު އޮންލައިންކޮށް ފޮޓޯ އެޑިޓްކޮށް އެފޮޓޯ އަޕްލޯޑް ކޮށް ޝެއަރ ކުރެވިދާނެ 3 ވެބްސައިޓެކެވެ. މިއިން ކޮންމެ ވެބްސައިޓެއްގައިވެސް ކުރިންވެސް ދެންނެވުނު ފަދައިން ތަފާތު ބައިތައް އެކުލެވިގެންވާނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑަށް ޔޫސަރ ފްރެންޑްލީ ކޮށް ފަރުމާ ކުރެވިފައިވާ ސައިޓްތަކަކަށްވާތީ ބޭނުންކޮށްލަން ވަރަށް ފަސޭހަވާނެއެވެ. އަޅެ ޓެސްޓް ކޮށްލަށްވާށެވެ.

ތިރީގައި މިވަނީ އެސައިޓްތަކުގެ ނަންތަކާއިއެކު ލިންކް ތަކެކެވެ. ކްލިކް ކޮށްލައްވާށެވެ.

www.aviary.com

www.fotoflexer.com

www.befunky.com

 

What's your reaction?

Excited
0

You may also like

Leave a reply

Your email address will not be published. Required fields are marked *