ކޮންޕިއުޓަރު ބޭނުންފުޅުކުރަށްވާ ފަރާތްތަކުން ބައެއްފަހަރަށް ބޭނުންވާ ސޮފްޓްވެއާރތަށް ނުވަތަ އެޕްލިކޭޝަންތައް ނުލިބިގެން އުޅޭކަން ފާހަގަކުރެވެއެވެ. އަދި ބައެއް ވައްތަރުގެ އެޕްލިކޭޝަންތައް އަންނަނީ އެކި ބަދަލުތަކާއި އެކު ތަފާތުވަމުންނެވެ. ތަރައްޤީކުރެވެމުންނެވެ. ކޮންމެ އެޕްލިކޭޝަންއެއްވެސް ތަފާތު ގޮތްތަކަކަށް ބަދަލުކުރެވި އާކުރެވެމުންދެއެވެ. އަދި ސޮފްޓްވެއާރތައް ބަދަލުވުމުން ފަހުގެ ސޮފްޓްވެއާރ އަޅަން ވެސް ބައެއް ފަހަރަށް އިންޓަރނެޓްގައި ސާރޗުކޮށް ގިނަ ވަގުތު ދުއްވާލަންޖެހެއެވެ. ބައެއްފަހަރަށް ސާރޗުކޮށްގެން ފެންނަ ބައެއް ލިންކުތަކުން ޑައުންލޯޑްކުރުމުގައި ގިނަ ދަތިތައް ކުރިމަތިވެއެވެ. އެހެންކަމުން އަޅުގަނޑު ހެޔޮބަސްގެ ކިޔުންތެރިންނަށް ބޭނުންވާ ގިނަ އެޕްލިކޭޝަންތައް ފަސޭހައިން ޑައުންލޯޑްކުރެވޭނެ ސައިޓެއްގެ މައުލޫމާތު ހިއްސާކޮށްލަމެވެ.

www.filehippo.com   އަކީ ފަސޭހަކަމާއި އެކު ގިނަ ސޮފްޓްވެއާރަތަށް ޑައުންލޯޑްކުރެވޭނެ ސައިޓެކެވެ. މިގޮތުން މިހާރު އާންމުކޮށް ބޭނުންވާ ހުރިހާ ސޮފްޓްވެއާރވެސް މި ސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. އޭގެ ތެރޭގައި އިންޓަރނެޓަށް ވަންނަން އެންމެ ރަނގަޅު ކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން އަންނަ ފަޔަރ ފޮކްސްގެ އަދި އޮޕެރާ، ގޫގުލް ކްރޯމް، ސަފާރީ ޑައުންލޯޑްކުރެވޭނެއެވެ.  ބޭނުންފުޅުވާ ޑްރައިވާރސް ، ވީޑިއޯ އޯޑިއޯ ކޮންވާރޓާރ އަދި ތަފާތު އެތަކެއް ވައްތަރުގެ އެންޓިވައިރަސް ޑައުންލޯޑްކުރެވޭނެއެވެ. މީގެ އިތުރަށް ގުރެފިކްސް ސޮފްޓްވެއާރތަކާއި، ވީޑިއޯ ޕްލޭޔާރ ، އައި ޓިއުންސް އާއި ތަފާތު އެތައް ވައްތަރުގެ ސޮފްޓްވެއާރތަށް ޑައުންލޯޑްކުރެވޭނެއެވެ. ސޮފްޓްވެއާރ ޑައުންލޯޑްކުރަށްވަން ބޭނުން ފުޅުވާ ފަރާތްތަކަށް www.filehippo.com   އަށް ވަދެ ވަޑައިގެން ފަސޭހަކަމާއި އެކު ޑައުންލޯޑްކުރެވޭނެއެވެ.

LEAVE A REPLY

Please enter your comment!
Please enter your name here