ފައިސާއާ ޝަރަފަށްޓަކައި ދީންވިއްކާނުލި 124 އަހަރުގެ އަންހެނާ

ފައިސާއާ ޝަރަފަށްޓަކައި ދީންވިއްކާނުލި 124 އަހަރުގެ އަންހެނާ

- in އާންމު ލިޔުން
0

ގިނިސް ވޯރލްޑް ރެކޯރޑް ފޮތުން އެ މުސްކުޅި އުޚްތާއަށް ޖާގެ ލިބުމަށް އޮތް ހަމަ އެކަނި ހުރަހަކީ، އެކަމާނާގެ ބޮލުގައިވާ ބުރުގާއެވެ.

  124 އަހަރުވެފައިވާ ދުނިޔޭގެ އެންމެ އުމުރުންދުވަސްވީ އަންހެނާ: މަރިޔަމް ހަމްދާން އަމްމާސް އާއި އެކަމާނާގެ ދަރިންނާ މާމަ ދަރިންވަނީ، މަރިޔަމްގެ ބޮލުގައިވާ ބުރުގާ ނެގުމަށް ދެކޮޅު ހަދާފައެވެ. ގިނިސް ވޯލްޑް ރެކޯރޑް ޓީމުން އެދެމުން ދިޔައީ އެކަމާނާގެ ބުރުގާ ނެގުމަށްފަހު ޓީވީ ޝޯވް އަކަށް އެރުމަށެވެ. ނަމަވެސް މިމުސްކުޅި އަންހެނާ އެކަމަށް ވަނީ އިންކާރު ކޮށްފައެވެ.

  މަރިޔަމްވަނީ 5 ފަހަރު ޙައްޖަށްގޮސް ފައެވެ. އަދި 10 ފަހަރު ޢުމުރާވެފައިވެއެވެ. އެހެންކަމުން މިފަދަ މާތް އަންހެނަކު އެކަމާނާގެ އުމުރުގެ ފަހު ދުވަސްކޮޅު ގުނަމުންދާއިރު އެކަމާނެ އީމާންތެރިކާމާ، ޤީރަތްތެރިކަން، ދުނިޔޭގެ ރެކޯރޑެއް ހެދުމަށްޓަކައި، ބޮޑުވެގެންވާ ފާފައެއް ކުރުމަށް ނުރުހޭނެކަން ހަމަޔަޤީނެވެ.

  މަރިޔަމްގެ އުމުރު މި ރެކޯރޑް އެއްމެފަހުން އޮތް މީހާއަށްޗުރެ 2 އަހަރު ދޮށްޓެވެ. އެއްމެފަހުން މި ރެކޯރޑް ހޯދާފައިވަނީ

 އުމުރުން 122 އަހަރުވެފައިވާ ފްރާސްގެ އަންހެނެއް ކަމުގައިވާ ޖީން ލުއިސް ކަލްމެންޓް އެވެ. މަރިޔަމްގެ މި އިންކާރުކުރުމާ ގުޅިގެން ގިނިސް ވޯލްޑް ރެކޯރޑްގެ ހާއްސަ ވަފުދެއްވެސް ވަނީ މަރިޔަމްގެ އަރިހަށް ޒިޔާރަތް ކޮށްފައެވެ. އެކަމަކު މަރިޔަމް ވަނީ ފާޅުގައި ބުރުގާނެގުމަށް އިންކާރު ކޮށްފައެވެ.

  މަރިޔަމް ބުރުގާ ނެގުމަށް އިންކާރުކުރިނަމަވެސް އެކަމާނާއަކީ އެއްމެ އުމުރުދިގު މީހާގެ ރެކޯރޑް މިވަގުތު އޮތްމީހާ ކަމުގައި ނޫނީ ނުވާނެއެވެ. އެހެން ކަމުން މަރިޔަމްގެ ދަރިން ބުނަމުންދަނީ މަރިަޔަމް ނިޔާވިޔަސް މަރިޔަމްގެ ނަން އެފޮތަށް އެރުވޭތޯ ބާލާނެ ކަމަށެވެ. އެއީ މަރިޔައަށް ލިބިގެންވާ ޙައްގެއް ކަމަށެވެ.

 މަރިޔަމް ނިޔާވެފައިވަނީ މިދިޔަ ފެބުރުއަރީ މަހު (2013) ފަލަސްތީނުގެ ހައިފާ ކައިރީގައިވާ ޖިސްރް އަލް ޒަރުޤާ އޭ ކިޔުނު ވިލެޖެއްގައެވެ. އެކަމާނާގެ މަރުގެ ހިތާމައިގައި އެތަށް ހާސް ބަޔަކު ދިޔައީ ބައިވެރިވަމުންނެވެ. މަރިޔަމް އުފަންވެފައިވާނީ 1888 ވަނަ އަހަރު ތުރުކީގައެވެ. މިއީ މިހާތަނަށް ދުނިޔޭގަ ހުރި އެއްމެ އުމުރުދިގު އަންހެނާއެވެ.

  މަރިޔަންއަށްވަނީ 10 ދަރިން ލިބިފައެވެ. މީގެ ތެރެއިން އެއްމެ ހަގުމީހާނޫން އެހެން އެންމެން ދުނިޔޭގެ އެބަތިއްބެވެ. މަރިޔަމްގެ މައިފުށުން އައިސްތިބި 600 އެއްހާމީހުން އެބަތިއްބެވެ.

 މަރިޔަމް ނިޔާވި އިރު މަރިޔަމްގެ ކާފަދަރިންވަނީ މުނިކާފައިންނަށް ވެފައެވެ. އެހެންކަމުން މަރިޔަމްއަކީ ހަތަރު ޖީލުގެ މާމައެކެވެ.

  މަރިޔަމްގެ މާމަދަރިންނާއި، މުނިމާދަރިން 600 އާ ގާތްކުރާ އަދަދަކަށް އުޅުންކަމުގައިވިޔަސް، އެހުރިހާކުދިންވެސް މަރިޔަމް އެނގޭ ކަމީ އަޖައިބެއް ފަދަ ކަމެކެވެ.

  މަރިޔަމް އަކީ އާއިލާގެ މިހުންގެ އިހްތިރާމް ވަރަށްބޮޑަށް ލިބިފައިވާ ޙިކުމަތްތެރި އަންހެނެކެވެ. އެހެންކަމުން އާއިލާގެ ހުރިހާ އެންމެންވެސް އެކަމާނާގެ ނިންމުންތަކަށް އިންތިހާއަށް އިޙްތިރާމް ކުރެއެވެ.

  މަރިޔަމްއަކީ މޮޅު ބޭސްވެރިއެކެވެ.  ކުޑަކުދިންގެ ބަލިތަކަށް ފަރުވާކޮށްދޭ، އެ ވިލެޖްގެ އެއްމެންވެސް ޤަދަރުކުރާ މަދަދުޤާރެކެވެ. ފަލަސްތީނުގައި ތުރުކީން ވެރިކަން ކުރަމުން އައި ދުވަސްވަރުން ފެށިގެން، ކުޑަކުދިންގެ ބަލިތައް ތަހުލީލްކުރާ ބައެއް ސާމާނު މަރިޔަމް ގެންގުޅެއެވެ. ވިލެޖްގެ ކުޑަކުދިންނަށް މަރިޔަމް މިޚިދުމަތްތައް ދެނީ އެއްވެސް އަގަކާނުލައެވެ.

  ގިނިސް ވޯލްޑް ރެކޯރޑް ގެ ފަރާތުން، މަރިޔަމް އަކީ މަސްހޫރު މީހަކަށް ހަދައިދޭނެ ކަމަށް ބުނުމުން އެކަމާނާ އެމީހުންނާ ސުވާލުކުރިއެވެ. ” އެކަމުން އަހަރެންނަށް އުފަލެއް ހިތްހަމަ ޖެހުމެއް ލިބޭނެހެއްޔެ”. އެވަގުތު ގިނިސް ވޯލްޑް ރެކޯރޑް ގެ ފަރާތުން ވާހަކަ ދެއްކި މީހާ، ކުޑަކޮށް ހުއްޓުން އަރާގޮތްވެފަ، ދެއްނެވީ އެކަމުން މަރިޔަމް އާއި އެކަމަނާގެ އާއިލާއަށް އުފާވެރިކަމެއް ލިބޭނެ ކަމުގައެވެ. އެހިނދު މަރިޔަމް ދެވަނަ ސުވާލެއް ކުރިމަތި ކުރުވިއެވެ. ” ކަލޭގެ އުމުރުން ކިހާ ވަރެއްތަ؟” ” 43 އަހަރު” އެމީހާ ޖަވާބު ދިނެވެ. މަރިޔަމް ކުޑަ ހިނތުން ވުމާކާއެކު ދެއްނެވިއެވެ.” އެކަމަކުވެސް ތިބާއީ މުސްލިމެއް ނޫން ދޯ؟” ހައިރާންކަމާ އެކު އެމީހާ ބަލަހައްޓައިގެން ހުއްޓެވެ. މިކަމާ އޭނާގެ ދިނާ އޮތީ ކޮންގުޅުމެއް ހެއްޔެވެ. ” ކީއްވެގެންތޯ މިކަންތައް އެހާ މުހިންމުވީ؟ ކީކޭތޯ ދަންނަވަން ތިއުޅެނީ؟” އެމީހާ ހައިރާންކަމާއެކު މަރިޔަމްއަށް ޖަވާބުދިނީ ސުވާލަކުންނެވެ.

  މަރިޔަމް އޭނާއަށް، ސާބިތުކަމާ، އިތުބާރާއެކު ދެއްނެވިއެވެ. ” ކަލެއަކީ ހެޔޮނުބައި ވަކިވާވަރުގެ ބޮޑު މީހެއްނު….. އެކަމަކު އަދިވެސް ކަލެއަކީ މުސްލިމެއްނޫން….މީގެ މާނައަކީ ޙައްޤާ ބާތިލު ވަކިކުރަން އެނގޭވަރަށް ވުރެ ކަލޭ ހަގީ، ނޫނީ ކަލެއަކީ ބުއްދި ހަމަނޫން މޮޔަ މީހެއް…. އެއީ ހަމަ އެކަނި ކުޑަކުއްޖެއް ނުވަަތަ މޮޔައަކު ނޫނީ ތިމާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ކުރިމަތީގައި ތިމާގެ އަގުވެއްޓި ތިމާ ލަދުވެތި ވިއަސް ވަރި ހަމަ ކޮށްލާފަ، ހަމަ ތިމާފަދަ، މާދަމާވެސް މަރުވެ ފަނާވެދާނެ އިންސާނުންގެ ކިބައިން ފަހުރާ ޝަރަފާ، މަސްހޫރުކަން ހޯދާކަށް ނޫޅޭނެ……… އެހެންވެ އަހަރެން އިހްތިޔާރުކުރަންވީ އިންސާނުންގެ ތެރޭގައި މަސްހުރު މީހަކަށް ވާންތަ.. ނުވަތަ ހައްދަވާގެންގުޅުއްވާ އިލާހުގެ ރުއްސެވުން ހޯދުންތަ!!!؟؟؟” ގިނިސްގެ ފަރާތުން އައި ބޭފުޅާ އަށް ދަންނަވާނެ ހަމަ އެކައްޗެއްވެސް ނޭގި ހުއްޓުން އަރާފަ ހުއްޓެވެ. ދެންވެސް ވާހަކަ ދެއްކީ މަރިޔަމް އެވެ. ” މިތަނުން ދެން ދޭ…. އަދި މި ސުވާލަށް ޖަވާބެއް ލިބެއްދެން މިކަމާ ވިސްނާ…… އަަހަރެން ވަޢުދުވަން ކަލޭ އެނބުރި އައީމަ ނޫނީ އަހަރެން މަރުނުވާނެކަމަށް….” މަރިޔަމް އެމީހާއާ ސަމަސާ ރާގެއްގާ ބުނެލިޔެވެ.

މި ޙާދިސާގެ އެއްމެ އުފާވެރި ހައިރާންކުރުވަނިވި ކަމަކީ އޭގެ 7 މަސްފަހުން، މި ދެއްނެވި ގިނިސް ވޯލްޑް ރެކޯރޑްގެ ފަރާތުން އައި މީހާ އިސްލާމް ވި ކަމެވެ. އަދި މަރިޔަމް މިދުނިޔެ ދޫކުރީ އޭގެ 4 މަސް ފަހުން ނެވެ.

އަދިވެސް ބޮޑު ސުވާލު އޮތީއެވެ. ގިނިސް ވޯލްޑް ރެކޯރޑުން މަރިޔަމްގެ ބުރުގާ ނެގުމަށް ބޭނުންވީ ކީއްވެބާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *