މާ ފައްކާއެތި

މާ ފައްކާއެތި

- ވާހަކަ
0

އަހަރެން ކުޑައިރުން ސުރެދެކެމުން އަންނަ އެއްޗެކެވެ. އޭގެ އަވާގައި ލައްކަރަނގަޅަށް އަހަރެން ޖެހުނު އެއްޗެކެވެ. ބަލާ ބެލުމަށް މާއަޅާގަން ގޮތްހުންނަ އެއްޗެއް ނޫނެވެ. ކުޑަކުދިންނަށް އަބުއި އެއްޗެއްކަން އެނގުނީ އޭގައި އަތްލަންވެސް ފުރުސަތެއް ނުލިބޭތީއެވެ. އަޑުއަޑުގޮވާ ރާބޮއްޔާ، އަތިރިމަތީ ދުއްވަން ގެންގުޅޭ ބޮނބިދޯންޏާ، ގޮއްވަން ގެންގުޅޭ ދުއްމާރިމަތިން ހަންދާން ނެތުނެވެ.
އެކުވެ އުޅުނު ކުދިންނާ ގޮނޑުދަށުގައި ޖަހަމުން ދިޔަ ސަކަރާތް ތަކުން ކުޑަކޮން ދުރުވެވެން ފެށުނެވެ. ގިނަވަގުތު ހޭދަ ކުރެވެން ފެށީ ގޭ ފެންޑާގައެވެ. ބޭބެ ގެނެސްދެއްވި މާފައްކާއެއްޗެއްގެ ކައިރީގައެވެ. އަހަރެން އަތިރިމަށް
ޗަކަށް ނުދަމެވެ. އެކަމަކު އަތިރިމަތިވެސް ފެނެއެވެ. އަހަރެން ބިޔަ ޖަންގައްޔާ، ދިގު ކޯރުތަކާ، އުސް ފަރުބަދަ ތަކުގެ ވާހަކަ މީހުން ދައްކާ އަޑުއަހަމެވެ. އެކަމަކު މިހާރު އަހަންނަށް އެތަކަތި ފެނެއެވެ. މާގިނަ ދުވަސްތަކެއް ނުވެއަހަރެންގެ ގޯތިތެރެ މީހުންނައިގެން ފުރެން ފަށައިފިއެވެ. އެކި ފުރަފުރައިގެ އަންހެން ފިރިހެން ކުދި ބޮޑު އެތައްބައެއް އަހަރެންގެ ގެއަށް އަންނަން ފަށައިފިއެވެ. ބޭބެ ގެނެސްދެއްވި މާފައްކާއެތި އެންމެން ނަށްވެސްވީ ހަމަ މާފައްކާ އެއްޗަކަށެވެ.މީހުން މުނިއަވަސް ފިލުވައިދޭ އެއްޗަކަށެވެ. ރީތި ލަވަތަކާއި ރާގުތައް އިއްވައިދޭ އެއްޗަކަށެވެ. ފެންނަ ފެނުމަށް ކަޅުކުލައިގެ ފޮށިގަނޑެއްކަމަކު އަޖައިބެއްފަދަ މޮޅުކަމެއް އޭގައިވެއެވެ. ބަލާ ފޫހިނުވާފަދަ މަންޒަރުތަކެއް އޭގައި އެކުލެވެއެވެ. އަޑު އަހަން ކަންފަތަށް އަރާމު އެތައް ރާގުތަކެއް އެއިން އިވެއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. މާފައްކާ އެތީގެ އަވާގައި އަހަރެން ލައްކަ ރަނގަޅަށް ޖެހުނެވެ. އިރު އޮށްސެނީ އެކައިރީގައި އިންދައެވެ. އިރު އަރަނީ އެހިޔާލުގަ ހުއްޓައެވެ. އެއިގެ ކައިރިން ދުރަށްދިއުން އެއީ ބޮޑުކަމަކަށް ވާންފަށައިފިއެވެ. ފިލާވަޅުތައް ކިޔާ، ސްކޫލުން ދޭ ހޯމް ވޯރކް ތައް ހަދާނެ ފުރުޞަތެއްވެސް މިހާރު އަހަރެންނަކަށް ނުލިބެއެވެ. ޓެސްޓް ތަކުން އަހަރެން ފެއިލްވާން ފަށައިފިއެވެ. ކުލާހުގައި ރިޕީޓް ކުރަން ޖެހިއްޖެއެވެ. އަހަރެންގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިކަން އެނގުނީ އެހިސާބުންނެވެ. ދުނިޔޭގެ އެއްމެ ބޮޑު އުފަލަކީ މުނިފޫހި ފިލުވުން ކަމުގައި އަހަރެން ދުށީމެވެ. އެކަމަކު ފާސްނުވެ ކުލާސް ރިޕީޓް ކުރަން ޖެހުމުން އެލިބުނު މާޔޫސް ކަމާ މަލާމާތާއި ފޫހިކަމަކީ އަހަރެންގެ ހިތް ކުދިކުދި ކޮށްލިކަމެކެވެ. އަހަރެންނަކީ ދުވަހަކުވެސް ކުލާހަކު ރިޕީޓްވި ކުއްޖެއްނޫނެވެ. ޓެސްޓަކުން ފާސްނުވުމުން ވާނެދެރައާ ކުރެވޭފުން އިޚްސާތައް އަހަރެން ނަކަށް އެއިރަކު ނޭގެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އަހަރެންގެ އުޅުން މިވަނީ ބަދަލުވެފައެވެ.
ދުވަސްކޮޅަކުން އަހަރެން ނަކީ ބަސްނާހާ ކުއްޖެއްކަމުގައި ޓީޗަރުންވެސް ދެކެލައްވަން ފަށައިފިއެވެ. ސްކޫލްތެރޭގައިވެސް ހަލަބޮލިކަން ފަތުރާ، ކުދިންނާ ތޮޅޭ ކުއްޖަކަށް އަހަރެން ވާންފަށައިފިއެވެ. މިއިން އެއްވެސް ކަމަކާ އަހަރެން ނުވިސްނަމެވެ. މާފައްކާއެތި ކައިރީގައި އޭގެ ދަޅައިގައި ޖެހި މަގު އޮޅެމުންދާ ކަމެއް އަހަރެންނެއް ނުދަނެ ހުރީމެވެ. އަހަރެންގެ މޫނުގައިވާ ތުއްތު މަޢުސޫމް ކަމަށް ކިލަނބުކަމެއް އަންނަމުންދާ ކަމެއް އަހަރެން ނުދަނެހުރީމެވެ. އަހަރެން މިހާރު ވަނީ މާފައްކާއެތީގެ ސަބަބުން އަހަރެންގެ ދިރިއުޅުމުގެ މުޅި ވައްޓަފާޅި ބަދަލުކޮށްލާފައެވެ. އަހަރެން ސްކޫލަށްދާހިތެއް ނުވެއެވެ. އެކަމަކުވެސް ގޭގަ ނީދެވިގެން ދަނީއެވެ. އަހަރެންގެ އެދުރަކީވެސް، މިތުރަކީވެސް ބޭބެ ގެނެސް ދެއްވި މާފައްކާ އެއްޗެވެ.
ރޭދުވާތަކުރުރާރުވަމުން ދެއެވެ. އަހަރެން ގެ ތުއްތު ދުވަސްވަރު ނިމި ޒުވާނަކަށް ވީއެވެ. މާފައްކާ އެތީގެ ވެރިކަން މިހާރު އަހަންނަށެވެ. އަހަރެން ބޭނުން އަމުރެއް އެއަށް ކުރަން ވީއެވެ. އަހަރެން ބޭނުން މަންޒަރެއް އަހަރެން ބަލަންވީއެވެ. އަހަރެން ބޭނުން އަޑެއް އަހަންވީއެވެ. އަހަރެން ބޭނުންގޮތަކަށް އުޅެންވީއެވެ. މީގެ އަސަރުތައް އަހަރެންގެ ނަފްސުން ކިތަންމެހާވެސް ރަންގަޅަށް ފެންނަން ފެށިއެވެ. ސިގެރޭޓް ބުއިމާއި، މީހުންނަށް އުދަގޫ ކުރުމާއި މާރާމާރި ހިންގުމާއި، ވައްކަން ކުރުން ފަދަ ބޮޑަތިކުށްތައް އަހަރެންނަށް ކުރެވެން ފެށިއެވެ. ބޭބެ ގެނެސްދެއްވި މާފައްކާއެތީގެ ސަބަބުން އެހުރިހާ ކަމެއްވެސް އަހަރެންނަށްވަނީ ވަރަށް ރަނގަޅަށް ދަސްވެފައެވެ. އަހަރެންގެ ޒަމީރުވަނީ އޭގެ ސަބަބުން ހަލާކުވެފައެވެ. ފާފައިގެ ފުންކަނޑެއްގެ ތެރޭގައި އަހަރެން ގެބެމުން ދާކަމެއް ނުވިސްނެއެވެ. އޭގެ ސަބަބުން އަހަރެންގެ މައުސޫމްކަން ގެއްލި އަހަރެންގެ ނަފްސު ހަވާނަފްސުގެ އަޅަކަށް ވާކަމެއްނޭގެއެވެ. ނެތުމުގެ ތެރެއިން އަހަރެން ދުނިޔެއަށް އައިގޮތާ، ކުޑައިރުގެ ނިކަމެތިކަމާއި، އިންސާނުން ދުނިޔޭގައި ލެއްވުމުގެ މަޤްޞަދަކީ ކޮބާ ކަމާ މެދަކު އަހަރެން ނުވިސްނަމެވެ.
ދުނިޔޭގެފޮރޮޅު ހުއްޓުމެއްނެތި އެނބުރެމުން ދެއެވެ. ދުނިޔެ އުފުށް މިފުށަށް ޖެހެމުން ދެއެވެ. އެކަމަކު އަހަރެންނަކަށް ވަކިބަދަލެއް ނާދެއެވެ. އެއްމެފަހުން އަހަރެންނަށް ޖެހުނީ އުމުރުގެ ޅަދުވަސްވަރު ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހޭދަކުރާށެވެ. އުފާކޮށް މަޖާކޮށް ހިތުހުރިހާ ގޮތަކަށް އުޅެއުޅެ ހުރި ދުނިޔެ ލައްކަކުޑަތަނަކަށްވީއެވެ. މާފައްކާއެތިން އަބަދުވެސް ފެނުނީ މާފައްކާތަންތަނެވެ. މާފައްކާ ކަންކަމެވެ. އެކަމަކު މިހާރުމިވަނީ މުޅިމަންޒަރު ބަދަލުވެފައެވެ. ވަށައިގެންވަނީ އެކަނިވެރިކަމެވެ. ފެންނަން ހުރީ އަތްފޯރާހިސާބުގައި ހުރި ހުތުރު ހަތަރު ފާރުއެކަންޏެވެ. މެންދުރުގެ ހޫނުން އަހަރެން އަންދަމުން ދެއެވެ. ރޭގަނޑުގެ ފިނިން އަހަރެން ސަލާމަތެއްނުވެއެވެ. ނަފުރަތާ، އެކަނިވެރިކަމާ، އަނިޔާވެރިކަމުގެ ވަކިތަށް އަހަރެންގެ ނަފްސް ކޮށަމުންދަނީއެވެ.
އަހަރެން ޖަލަށްލީތާ ތިންއަހަރުފުރެނީއެވެ. ދުއްތަނެއްނޫނީ ނުދެކޭތާ ވީދުވަހެއްވީއެވެ. މިވޭތުވެ ދިޔަދުވަސްތަކުގައި އަހަރެންގެ ނަފްސަށްވެސް ކޮންމެވެސް ހެޔޮބަދަލެއް އަންނަންފެށިކަމުގައި އަހަރެންދުށީމެވެ. ފާފާއިގެ ކަނޑުގައި އަހަރެން ޤަރަޤްވާ ހިސާބަށް އެކަނޑުގެ ރާޅުތައް ބޮޑުވިއެވެ. އެކަނޑުގެފުންމިން އަހަރެންގެ ކަރުތާފެނަށް އެރީއެވެ. ތިލަތަނެއް ހޯދަން މަޖުބޫރުވީއެވެ. ފާފައިގެ ކުނިމިލައިން ޖިސްމުސާފުކުރަން ޖެހުނީއެވެ. އެކަމަކު އަހަރެން އެކަންކުރާނީ ކިހިނެއްހެއްޔެވެ. ނަފްސުގެ ވެރިކަން ކުރަނީ ހަވާނަފްސެވެ. ހަށިގަނޑުގައި ދައުރުވާލޭވެސް ވަނީ ފާފާގެ އަރަގުން ތަޤައްޔަރު ވެފައިހެންހީވެއެވެ. ހިތުގެ ލޯގަނޑުގައިވަނީ ދަމިލަ ޖަހަފައެވެ. އޭގެތެރިން ފެންނަނީ އަބަދުވެސް ފުސްކަމެވެ. މިތަނުގައި އަބަދުވެސް ވަނީ ޚަރީފެވެ. ރަބީޢަކަށް ކުރާއިންތިޒާރުގެ ނިމުން އަންނާނީ ކޮންދުވަހަކުންބާވައެވެ.
އިރު އެރީ އެހެންޏާވެސް އަރާދިމާލުންނެވެ. ބަދަލެއްނައިސް މިކަންތައް ތަކުރާރުވަމުންދެއެވެ. އެކަމަކު އިންސާނުންގެ ކަންތައްތަކީ ބަދަލުވަމުންދާ ކަންތައްތަކެކެވެ. އަހަރެންގެ އަދަބުކެޑެން 30 ދުވަހަށް ވެފައި ވަނިކޮން އަހަރެންނަށް ލިބުނީ ހިތްފަޅައިގެންދާ ފަދަ ހަބަރެކެވެ. މަންމަ ނިޔާވި ކަމުގެ ޚަބަރެވެ. އެއީ ބައްޕްއަކާނުލާ އަހަރެން ބަލާބޮޑުކުރިމަންމަމައެވެ. މަންމަގެ ބަސްނޭހިއެއް ކަމަކު އެއީ އަހަރެންގެ މަންމައެވެ. ރަނގަޅު ތަރުބިޔްޔަތެއްނުދިންކަމަކު އެއީ އަހަރެންގެ މަންމައެވެ. އަހަރެންގެ ހަރުކަށި ހިތް މަޑުކަފައަށް ވީކަހަކަލައެވެ. އަހަރެންގެ ދެލޮލުން ކަރުނަފާއްދަލިއެވެ. އަހަރެން އެދުވަހު ހިއްފުރެންދެން ރުއީމެވެ. މީ އަހަރެންގެ ހަޔާތައް އައި އެންމެ ފުރަތަމަބަދަލެވެ. އެދުވަހުން ފެށިގެން އަހަރެންނަށް ހުރެވެނީ އަބަދުވެސް ކޮންމެވެސް ފުންހިޔާލަކަށް ގެއްލިފައެވެ. މަންމަ އެދިޔައީއެވެ. ކޮންތާކަށް ހެއްޔެވެ. ބައްޕަވެސް އަހަރެން ވަރަށްކުޑައިރު މިބިމުގެތެރެއަށް ދިޔައެވެ. މާމަވެސްދިޔާއީ ހަމައެތަނަށެވެ. ކާފާވެސް މެއެވެ. އެކަކުވެސް އަނބުރައެއްނާދެއެވެ. އެމީހުންނަށްވާނީ ކިހިނެއްބާވައެވެ. އެމީހުން ކުރާނީ ކޮންކަމެއްބާވައެވެ. އަހަރެންވެސް ކޮންމެވެސް ދުވަހަކުން ހަމަމިބިމުގެ ތެރެއަށް ދާންޖެހޭނެކަން ވިސްނެންފަށައިފިއެވެ.
ފަސްއަހަރަށް ފަހު އެހަނިކަމުގެ ތރެއިން ދުނިޔޭގެ ތަނަވަސްކަމުގެ ތެރެއަށް އަނެއްކާވެސް ނިކުމެވުނީއެވެ. ނަމަވެސް އަހަރެންގެ ނަފްސް ހަވާނަފްސުގެ ދާވަނިތަކުތެރެއަށް ދޫކޮށެއްދެނެއް ނުލާނެ ކަމަށް އަހަރެން ވައުދުވީމެވެ. ވަރަށްސިއްރުން ވަރަށް އަސަރާއެކެއެވެ. މީ އަހަރެންގެ ނަފްސައް އަހަރެންވީ ވަޢުދެކެވެ. މިވަޢުދު ފުއްދުމަށް އަހަރެން މަސައްކަތް ކުރާނަމެވެ. އަހަރެންގެ ވެރިއިލާހުގެ ހަޒުރަތަށް އަހަރެން ކުއްވެރިއެއްގެ ގޮތުގައެއް ނުދާނެކަމަށް އަހަރެންގެ ނަފްސައް އަހަރެން ޔަޤީން ކޮށްދިނީމެވެ. އަހަރެންގެ ގޯތީގެ އެއްކަނުގައި އަދިވެސް މާފައްކާއެތި އެބައިނެވެ. ނަމަވެސް މިހާރު އެއީ މާސުންޕާއެއްޗެއްކަމުގައި ނޫނީ މަށަކު ނުދެކެމެ. އަހަރެން ތިބާއާ ސަލާމެވެ.
ނިމުނީ

ރައްދު

Your email address will not be published. Required fields are marked *