މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭނީ ކޮންގެއްލުމެއް ހެއްޔެވެ؟

ޢާންމުކޮށް ދިވެހިން މަސްތުވުމަށް ބޭނުން ކޮށްއުޅެނީ ބަނގުރާ، މަރިޖުއާނާ އަދި ބްރައުން ޝުގާރގެ ބާވަތްތަކެވެ.  މި ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ބޮޑެތި ގެއްލުން އެނގޭނަމަ މި ވަބާއިން ދުރަށް ޖެހެން ބޭނުން ނުވާނެ މީހަކު ވާނެބާއެވެ.

ބަނގުރާ ބޭނުންކުރުމުން ބަނޑާއި ގޮހޮރުގެ ލޭހޮޅި ތަކަށް އޭގެ އަސަރުކުރުވައެވެ. އަދި އޭގެ އަސަރު ސިކުނޑިއަށް ކުރުމުން މީހާގެ ޙަރަކާތްތަކަށް ބަދަލުގެނުވައެވެ. ދިރާސާތަކުން ދައްކާގޮތުން ޢާންމުގޮތެއްގައި ބަނގުރާ ބޭނުންކުރާ މީހުންގެ ޢުމުރުގެ ދުވަސްތަކުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ މުއްދަތެއް ކުރުވެއެވެ. އަދި ބަނގުރާ ބޭނުންކުރުމުގެ ސަބަބުން އިންސާނާގެ މެއަށް ލިބޭ ގެއްލުން ދާއިމީ ގެއްލުމަކަށް ވެގެންދެއެވެ. މީގެ އިތުރުން ބަނޑުގައި ފާރު ހެދުމާއި ދިގު މުއްދަތަކަށް ބަނގުރާ ބޭނުން ކުރާ މީހުންގެ ހިތަށާއި ސކުނިޑިއަށް ނުރައްކާތެރި ބަލިތައް ޖެހެން ފަށައެވެ.

މަރިޖުއާނާ ބޭނުންކުރަން ފެށުމުން އިންސާނާގެ ވިސްނުމަށާއި ޙަރަކާތަށް ބަދަލުވެ އާދެއެވެ. މަރިޖުއާނާ ބޭނުން ކުރާއިރު އަރާ ދުމުގައި ކެންސަރު ޖެހުމަށް އެހީވެދޭ ކެމިކަލްތައް އެކުލެވިގެން ވެއެވެ. ޒުވާން އުމުރުގައި މަރިޖުއާނާ ޢާންމުގޮތެއްގައި ބޭނުންކުރާ ކުދިންގެ ޖިންސީ ގުނަވަންތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.  ދިވެހިން ބޭނުންކުރާ މަރިޖުއާނާގެ ބާވަތްތަކުގެ ތެރޭގައި ހަޝިޝް އޮއިލް، ގަންޖާ އަދި ކެނަބިސް ފަތް ހިމެނެއެވެ.

ބްރައުން ޝްގަރ އަކީ ދިވެހިން ބޭނުން ކުރާ އެންމެ ބާރުގަދަ މަސްތުވާ އެއްޗެކެވެ. ބްރައުން ޝްގާރގައިވާ ނުރައްކާތެރި ކަމަކީ އޭގެ އަސަރު އަޖުމަ ބަލާލުމަށްޓަކައި ބޭނުން ކުރާ މީހާވެސް އޭގެ ދަލުން ނެއްޓެން އުނދަގޫވެ އެންމެ ފަހުން އެއާނުލާ ނޫޅެވޭ ދަރަޖައަށް ދާކަމެވެ. ބްރައުން ޝްގަރ އަކީ ބޭނުންކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގެ  ހަށިގަނޑާއި ސިކުނޑިއަށް ބޮޑެތި ގެއްލުންތައް ލިބިދޭ އެއްޗެކެވެ.އަދި މިބޭނުން ކުރަން ފެށުމުން ޢާއިލާއާއި ވަކިވެ ހިތް ނުތަނަވަސްވެ ގޭތެރޭއިން ވައްކަން ކުރުމާއި މީހުންގާތު ސަލާންޖަހާ ދަރަޖައަށް މީހާ ގެނުވައިދެއެވެ.

އަމާނާތް 6

What's your reaction?

Excited
0
ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *

    މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭނީ ކޮންގެއްލުމެއް ހެއްޔެވެ؟

    ޢާންމުކޮށް ދިވެހިން މަސްތުވުމަށް ބޭނުން ކޮށްއުޅެނީ ބަނގުރާ، މަރިޖުއާނާ އަދި ބްރައުން ޝުގާރގެ ބާވަތްތަކެވެ.  މި ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ބޮޑެތި ގެއްލުން އެނގޭނަމަ މި ވަބާއިން ދުރަށް ޖެހެން ބޭނުން ނުވާނެ މީހަކު ވާނެބާއެވެ. (more…)

    What's your reaction?

    Excited
    0
    ހުސައިން ނިޔާޒު / ޅޮހި
    އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

      You may also like

      Leave a reply

      Your email address will not be published. Required fields are marked *

      Next Article:

      0 %