މަރާ ހަގުރާމަކުރަމުންދާ ކުޑަކުޑަ ޝާޔާއަށް އެހީތެރިކަމެއް ވެދެއްވާ!

މަރާ ހަގުރާމަކުރަމުންދާ ކުޑަކުޑަ ޝާޔާއަށް އެހީތެރިކަމެއް ވެދެއްވާ!

- އާންމު ލިޔުން
0

އުޅޭ އުޅުމުގައި މަޑުމައިތިރި ގޮތެއް ހުންނަ ލަންދޫސްކޫލްގެ ގްރޭޑް 5 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. ސްކޫލްގެ ހުރިހާ ކުދިންނާ އަދި ވަކިންޚާއްޞަކޮށް އޭނާގެ ކްލާހުގެ ހުރިހާ ކުދިންނާވެސް ގުޅޭ ޓީޗަރުންނާއި، ދަރިވަރުންގެ އަދި ބެލެނިވެރިންގެ ރުހުން ހޯދާފައިވާ ކުއްޖެކެވެ. ކޮންމެ މީހަކުވެސް އެ ދަރިވަރާ މެދު ދެކެނީ ދެގޮތެއްނުވާ ޢާއިލީ މެންބަރެއްގެ ގޮތުގައެވެ. އިއްޔެ އުފާވެރިކަމާއިއެކު ސަމަސާކޮށް ވާހަކަ ދައްކާ ހެދިއެވެ. އުފާވެރި ދުވަސްތަކަކަށް ދަޢުވަތު ދިނެވެ. ނަމަވެސް އެ ދަރިވަރުގެ ހަޔާތުގެ މަންޒަރު މިއަދު މިވަނީ ބަދަލުވެފައެވެ. ތަދުބީރު ކުރެހި ޕްލައިން ދައްކައިދިނީ ޚިޔާލަށްވެސް ނާންނަފަދަ ފަޅުކަމެއް އިހްސާސްކުރަން ޖެހުނު ހިތް ދަތި މަންޒަރެކެވެ.
ނ.ލަންދޫ ގުލްބަކާގެ އިބްރާހިމް ދާއޫދުގެ ލޮބުވެތި 10 އަހަރުގެ އަންހެންދަރިފުޅު މަރިޔަމް ޝާޔާ ރަށު ސިއްޙީ މަރުކަޒަށް ދެއްކީ ކުޑަކޮށް ރޯގާޖެހި ކެއްސާ ހޮޑުލެވޭތީ އެވެ. އަދި ބައެއް ފަހަރަށް ބަނޑަށް ވެސް ކުޑަކޮށް ތަދުވާތީ އުޅޭތީއެވެ.
ޝާޔާ ފުރަތަމަ ބެލި ޑޮކްޓަރު އެހާސީރިޔަސް ނުވީ ޓެސްޓް ތަކުގެ ނަތީޖާ ނުލިބޭތީ ކަމަށްވެދާނެއެވެ. ރަށުން އެއްވެސް ޓެސްޓެއް ހެދެން ނެތިގެން އަތޮޅު ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަތޮޅު ހޮސްޕިޓަލުން ޓެސްޓްތަކެއް ހެދިނަމަވެސް ބޭސް ދިނީ އެހާ ސީރިއަސް ކަމަށް ނުބެލެވޭތީ ކަމަށްވެދާނެއެވެ.

ދެން މަނަދޫން ޑޮކްޓަރުން ދިން ބޭސް ކާލުމުން ކުޑަކޮށް ރަގަޅު ވެލުމުން އަނެއްކާވެސް މަޑުކޮށްލެވުނީއެވެ. އެހެންނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އަނެއްކާވެސް ސާޔާ އަށް ހޮޑުލެވޭތީ ރަށުގެ ސިއްޙީ މަރުކަޒަށް ދެއްކިއެވެ. ރަށުގައި ހުންނެވި ޑޮކްޓަރ މަނަދޫން ލިބުނު ޓެސްޓް ތަކުގެ ނަތީޖާ ބެލުމަށްފަހު ސީރިޔަސް ކަމަށްބުނެ މާލެ ފޮނުވާލިއެވެ. އެހިސާބުން ކޮންމެވެސްވަރެއްގެ ސީރިޔަސްކަމެއް ޝާޔާއާ މެދު އުޅޭކަމަށް ޢާއިލާއަށްވެސް ޤަބޫލު ކުރަންމަޖުބޫރުވިއެވެ.
އައިޖީއެމްއެޗުން އެންމެފުރަތަމަވެސް އެމެޖެންސީ ވެގެން އައިސީޔޫއަށް ބަދަލުކުރެވުނެވެ. އެހިސާބުން ޝާޔާގެ ކިޑްނީގައި ކޮންމެވެސް ސީރިޔަސް މައްސަލަ ތަކެއް އުޅޭކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި ވަރަށް އަވަހަށް ޑައިލަސިސް ހަދަންޖެހޭނެކަމަށާއި، ރާއްޖޭން ބޭރަށްވެސް ގެންދެވޭނީ ޝާޔާގެ ހާލު ކޮންމެވެސް ވަރަކަށް ރަގަޅު ވެގެން ކަމަށް ޑޮކްޓަރުން ލަފާދެއްވިއެވެ. އެހިސާބުން ސާޔާގެ ފުރަތަމަ ޑައިލަސިސް ހެދުނެވެ.
ލޭގެ އެތަށް ޓެސްޓްތަކެއް ހެދުމަށްފަހު އައިޖީއެމްއެޗްގެ ޑޮކްޓަރުންނިންމީރާއްޖޭން ބޭރަށް ފުރުވާލުމަށެވެ. އިތުރު ފަރުވާއަށް ޝާޔާ އިންޑިޔާއަށް ގެންދިއުމުން އެނގުނީ ޝާޔާގެ ކިޑްނީ ބަދަލުކުރުން ނޫން އެހެން އެއްވެސް ހައްލެއް ނެތްކަމުގައެވެ. ދެ ކިޑްނީވެސް ފެއިލްވެފައިވާކަން ޔަޤީންވީ އިންޑިޔާއަށް ގެންދެވުނު ފަހުންނެވެ.
ކިޑްނީ ބަދަލުކުރެވޭނެ ފަދަ ތަނަވަސްކަމެއް މިވަގުތު ޢާއިލާއަކު ނެތެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ކުރަންޖެހޭ ހަރަދު ކުރުމަށް ވެސްއެދަރިވަރުންގެ ޢާއިލާއިން ވަނީ ނުކުޅެދިފައެވެ. އަދި މިފަދަ ފަރުވާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކުން ހޯދުމަކީ މާލީގޮތުން ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމެއްކަން ހުދު ތިބާވެސް ޤަބޫލުކުރާނެކަން ކަށަވަރެވެ. ލޯހުޅުވާ އަތްފައި ހަރަކާތްކޮށް ނުގޮވި ކަމުގައި ވިޔަސް ބަލި އެނދުގައި އޮވެގެން އެ ދަރިވަރު ތިބާގެ އެހީތެރިކަމަށް އެދި އެބަ އާދޭސްކުރެއެވެ. އެ ދަރިވަރު ތިބާއަށް އެބަ ގޮވައެވެ. މި ކުއްޖާފުޅަށް އެހީ ތެރިކަމުގެ އަތެއް ދިއްކޮށްލުމީ ތިބާގެ އުފަލެއްކަމުގައި ދެކި، މި ކުއްޖާފުޅުގެ އުންމީދުތައް ހަޤީގަތަކަށް ހަދައިދިނުމުގައި ތިބާއަށްވެސް ހިއްސާއެއް އަދާކުރެވިދާނެއެވެ.
ނ.ލަންދޫ ގުލްބަކާގެ މަރިޔަމް ޝާޔާ ( 10އ ) އަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުގެ ސަބަބުން މާޔޫސްވެފައިވާ މި ކުއްޖާގެ ޢާއިލާގެ އުންމީދަކީ ދީލަތިބައެއްގެ އެހީތެރިކަމާއިއެކު، ޢާއިލީ އުފާވެރިކަން އަލުން އަނބުރާ ގެނެވޭނެ މަގެއް ހޯދުމެވެ. ޢައިލާގެ ހަމަ ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި، ހިތްދަތި ކަމުގެ އަސަރުތަކެވެ. ނަމަވެސް ތިބާގެ އެހީތެރިކަމާއިއެކު މި ހިތާމަވެރި އަސަރު ﷲ މިންވަރުފުޅާއިއެކު އުފާވެރިކަމަށް ބަދަލުކުރެވިދާނެއެވެ. ބޭނުންވަނީ އެހީތެރިކަމެކެވެ. ކިތައްމެ ކުޑަ އެހީތެރިކަމެއް މި ޒުވާނާއަށް ފޯރުކޮށް ދިން ކަމުގައި ވިޔަސް، އެ އެހީތެރިކަން ޢާއިލާއިން ބަލައިގަންނާނީ އުފާވެރިކަމާއިއެކު އެކަމަށް ޝުކުރުވެރިވާ ހާލުގައެވެ. މާލީ އެހީތެރިކަމުގެ ގޮތުންދޭ އެންމެ 5 ރުފިޔާއަކީވެސް މި ވަގުތު އެ ޒުވާނާއަށް ރަނަށްވުރެއްވެސް އަގު ބޮޑު އެއްޗެކެވެ.
އޭ ލޯބިވާ މުސްލިމް އަހާއެވެ. އަދި އުހްތާއެވެ. ތިބާގެ މަންމައެއްގެ ލޮލުން ކަރުނަ ހިލެމުންދާ މަންޒަރު ބަލަން ތިބާގެ ހިތަށް ކެތްކުރެވޭނެތޯއެވެ؟ ނޫނެކެވެ. ނޫނެކެވެ. އެހެންކަމަށްވަންޏާއި މައިވަންތަ ކަމުގެ ލޯބިން މި ކުއްޖާގެ މަންމަގެ ލޮލުން އޮހެމުންދާ ހިތާމައިގެ ކަރުނަތައް، އުފާވެރިކަމުގެ ކަރުނައަށް ބަދަލުކޮށްލުމުގައި ތިބާގެ އެހީގެ އަތް ދިއްކޮށްލާށެވެ. މަންމައަކަށްޓަކައި ޤުރުބާނީއެއްވެލައްވާށެވެ. އެހެން މީހުންގެ ކިބައިން މާދަމާ އެހީތެރިކަމަށް އެދި އަތް ދިއްކުރާނީ ތިބާ ނޫންކަމެއްވެސް ނޭނގެއެވެ. ތިބާއަށްޓަކައި އާދޭސްކުރަމެވެ. އާދޭސް ކުރަމެވެ.

މަރިޔަމް ޝާޔާއަށް ފަރުވާ ދިނުމަށްޓަކައި މި ދިޔަމަހުގެ ފަހުކޮޅު އިންޑިޔާއަށް ގެންދިޔަކަމުގައި ވިޔަސް، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން، ތިރީގައިމިވާ ބޭފުޅުންނާއި ގުޅައިގެން އެހީގެ ކަންތައްތައް ހަމަ ޖެއްސުމުގެ ފުރުޞަތު އަބަދުވެސް ވަނީ ހުޅުވިފައެވެ. އެހީ ދެއްވުމަށް ގުޅުއްވަނީ ނ.ލަންދޫ ކެތްތެރި އަބްދުﷲ އިބްރާހިމް (9971710) އަދި ނ.ލަންދޫ ޗިޗަންޑާގެ ޝަމްސިއްޔާ މުޙައްމަދު (7438281) އާއެވެ. އެކައުންޓަށް ޓްރާންސްފަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ރުފިޔާ އެކައުންޓް 7720511032001 ( ޢަބުދުﷲ އިބްރާހިމް) ޓްރާންފަރ ކޮށްދެއްވާށެވެ.
މާތް ﷲ މި ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ، އަޅަމެންނީ އެއަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާންދޭވެ. އާމީން،

މުސައްނިފް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންނުމަށްފަހު މަލްޓިމީޑިއާ ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.

ރައްދު

Your email address will not be published. Required fields are marked *