ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް

ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް

- އާންމު ލިޔުން, ދިރޭތަކެއްޗާއި ތިމާވެށި
Comments Off on ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް

ރާއްޖޭގެ ބައެއް މަސްވެރިން ގަބޫލުކުރާ ގޮތުގައި ގުރޭޓް ވައިޓް ޝާރކް އަކީ  ދިވެހިންނަށް ކަނޑު މަތިން ފެންނަ ވޮށި މަސް މިޔަރެވެ. އެހެންނަމަވެސް އެއީ އޮޅުމެކެވެ. އަދި ބައެއް މީހުން ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރު ކަމަށްވެސް ބުނެ އުޅެއެވެ.

ވޮށިމަސް މިޔަރުގެ ގޮތުގައި ދިވެހިން ނަންދީފައިވާ މިޔަރަކީ އިނގިރޭސިބަހުން ބުނާނަމަ މާކޯ ސާރކް އެވެ. ވޮށިމަސް މިޔަރު   ފެންނަ ފެނުމަށް ވޮށި މަހާ ކޮންމެސް ވަރަކަށް ކުލަ އަދި ނަގޫ ކައިރި ކުޑަކޮށް އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް އާއި އެއްވެސް ގޮތަކަށް ގުޅުމެއް ނެތެވެ.voshima

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރުތަ؟

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރެއް ނޫނެވެ. އެހެނީ މިގޮތަށް ބުނެވޭ އެއްވެސް ސައްހަ ލިޔެކިޔުމެއް ނުވަތަ ރެކޯޑެއް ރާއްޖޭގެ އެއްވެސް އިދާރާއަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ފެންނާން ހުރި ލިޔެ ކިޔުންތަކުން އެނގެން ހުރި ގޮތުން ފެމުނު މިޔަރަކީ ޓައިގާރ ޝާރކެވެ. އެއީ މިނިކާވަގު ނުވަތަ ޓައިގާރގައި ހުންނަ ފަދަ ކުރެހުމެއް ހަންގަނޑުގައި ހުންނަ މިޔަރެކެވެ.femunu1

ފެމުނު މިޔަރަކީ ރާއްޖޭން ފެންނަ މިޔަރުގެ ވައްތަރެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ފެމުނު މިޔަރުގެ ވާހަކަޔަކީ އާންމު ވާހަކަ އެކެވެ. ރާއްޖޭގެ ބައެއް މަސްވެރިން ގުރޭޓްވައިޓް ޝާރކް ބާނާ ވާހަކަޔާއި ފެންނަ ވާހަކަ ދައްކައެވެ. އެހެންނަމަވެސް މިއީ ބުރަދަނެއް ހުރި ވާހަކައެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގެ ކަނޑުގެ މާހައުލަކީ ގުރޭޓްވައިޓް ޝާރކް އުޅޭ ސަރަހައްދުތަކުގެ ގޮތުގައި ދުނިޔޭގެ އެއްވެސް ރެކޯޑަކުން ފެންނަން އޮތް ސަރަހައްދެއް ނޫނެވެ. އަދި  ގުރޭޓްވައިޓް ޝާރކް ކަމަށް ބުނެ މަސްވެރިން ދެއްކި ފޮޓޯ ވީޑީއޯއިން ފާހަނގަކުރެވުނީ އެއީ މާކޯ ޝާރކް ނުވަތަ ވޮށިމަސް މިޔަރު ކަމެވެ. ރާއްޖޭގެ ކަނޑުގެ އާންމު ފިނު ހޫނު މިނަކީ 28، 30 ޑިގްރީސެލްސިޔަސް އެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް ދިރިއުޅެނީ 12 ޑިގްރީ ސެލްސިޔަސް އާއި 24 ޑިގްރީސެލްސިޔަސް އާއި ދޭތެރޭގެ ފިނި ހޫނު މިން ހުންނަ ސަރަހައްދުތަކުގައެވެ. މި ލިޔމުގެ ކުރިން ރާއްޖޭގެ އެންމެ މަސްހޫރު ޑައިވިން މާސްޓާރ ހުސައިން ރަސީދު(ސެންޑި) ގެ ބަހެއްވެސް ހޯދާލީމެވެ. ހުސައިންވެސް ވިދާޅުވާ ގޮތުން ގުރޭޓް ވައިޓް ޝާރކް އަކީ ރާއްޖޭގައި އުޅޭ މިޔަރެއް ނޫނެވެ.femunu miyaruvoshima

މުސައްނިފް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންނުމަށްފަހު މަލްޓިމީޑިއާ ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.