މޮބައިލް ފޯނު ބޭނުންކުރަށްވާ ފަރާތްތަކުން އާންމުކޮށް ތީމް ބަދަލުކޮށް ހަދައެވެ. މިގޮތުން ނޮކިއާ ފޯނަށް އައިފޯން ތީމް އާއި އެންޑްރޮއިޑް އޯއެސް ހުންނަ ފޯނުތަކަށްވެސް ތަފާތު ތީމްތަށް އިންސްޓޯލްކުރެއެވެ. މިގޮތަށް އިސްޓޯލްކުރާ  ތީމްއިން ފޯން ހުޅުވާލީމަ ފެންނަ ފެނުން ވަރަށް ތަފާތެވެ. އާދެ މިގޮތަށް ތީމް ބަދަލުކުރެވެނީ ހަމަ އެކަނި ފޯނަކު ނޫނެވެ. ވިންޑޯސް ބޭނުންކުރަށްވާ ބޭފުޅުންނަށް ވެސް ކޮންޕިއުޓަރު ހުޅުވާއިރު ފެންނަ ފެނުން ވަރަށް ބޮޑަށް ބަދަލުކުރެވިދާނެއެވެ.

ކޮންޕިއުޓަރ ހުޅުވާއިރު ވިންޑޯސް އަޅާފައިހުރިނަމަވެސް ހަމަ އެޕަލް އެކޭ އެއްގޮތަށް ފެންނަ ގޮތަށް ހަދާލުމަކީ މާ އުނދަގޫކަމެއް ނޫނެވެ. އެއީ ހަމަ ވަރަށް ފަސޭހަކަމާއި އެކު ކުރެވިދާނެ ކަމެކެވެ. ކޮންޕިއުޓަރު ގައި ހުންނަ ތީމްތަކުން އާންމުކޮށް ބަދަލުކުރެވެނީ ފޮޓޯނަމަވެސް މިގޮތަށް އިންސްޓޯލްކުރެވޭ ތީމްތަކުން ވަރަށް ބޮޑަށް މުޅި ވިންޑޯސްގެ ހުރިހަ ބައެއް ތަފާތުވެގެން ދާނެއެވެ.  އަދި ޑެސްކްޓޮޕް ފޮޓޯ އަދި ހުޅުވާއިރު ލޯޑުވާ ސްކްރީންގެ ފޮޓޯވެސް ބަދަލުކުރެވޭނެއެވެ. މީގެ ބައެއް އެޕަލް ތީމް ހުޅުވޭއިރު ފެންނާނީ ހަމަ އެޕަލް ލޯގޯއެވެ. މާ ބޮޑުތަފާތެއް ނުހުންނާނެއެވެ. އަދި މިގޮތަށް އިންސްޓޯލްކުރާ ތީމްތަކުގެ ސްޓާރޓް ބަޓަންވެސް ބައެއް ތީމްތަކުގައި ތަފާތުކަން ފާހަގަކުރެވެއެވެ.

ވިންޑޯސްގައި އާންމުކޮށް އިންނަ ތީމް އާއި ވަރަށް ތަފާތު ގިނަ ވިންޑޯސް ތީމްތަކެއްވެސް މިގޮތަށް އިސްޓޯލްކުރެވިދާނެއެވެ. އައިކަންތަކާއި އަދި އެހެން ބައިތަށްވެސް ވަރަށް ތަފާތުވެފައި ވަރަށް ބޮޑަށް ޓްރާންސްޕޭރެންޓްކަން ފާހަގަކުރެވެއެވެ.  ތީމް އިންސްޓޯލް ކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން ބައެއްފަހަރަށް ސައިޓްތަކުން ނަގާ ބައެއް ވައްތަރުގެ ތީމްތަށް އިންސްޓޯލްކުރުމުން މާ ބޮޑު ބަދަލެއް ނާދެއެވެ.  އެހެންނަމަވެސް އަޅުގަނޑު މި ހިއްސާކުރަނީ އިތުބާރުހުރި ފަސޭހަގޮތެކެވެ. ތީމް އިސްޓޯލްކުރަށްވަން ބޭނުންފުޅުނަމަ ކަސްޓޯޕެކް ޓޫލްސް  ސޮފްޓްވެއާރ ޑައުންލޯޑްކުރަށްވާށެވެ. މި ސޮފްޓްވެއާރ އަކީ ފްރީ ކޮށް ޑައުންލޯޑްކުރެވޭ ސްފްޓްވެއާރއެކެވެ.  ސޮފްޓްވެއާރ ޑައުންލޯޑްކުރެއްވުމަށް http://www.custopack.com/en/download މި ލިންކަށް ދާށެވެ. ސޮފްޓްވެއާރ ޑައުންލޯޑްކޮށް އިންސްޓޯލްކުރެއްވުމަށްފަހު ކަސްޓޯޕެކް ތީމް ޖަހާފައި ގޫގުލްގައި ސާރޗުކުރުމުން ތަފާތު ސައިޓްތަކުން ޑައުންލޯޑުކުރެވޭނެއެވެ. އެހެންނަމަވެސް އެންމެ ފަސޭހައިން ސަޕޯރޓްކުރާ ތީމް ޑައުންލޯޑްކުރެވޭނީ www.custopack.com

އިންނެވެ. ތީމް ޑައުންލޯޑްކުރުމަށްފަހު ތީމް އަށް  ޑަބަލްކޮށް ފިތާލުމުން އިންސްޓޯލްކުރަން ވާ މަގު ފެންނާނެއެވެ.

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *