މިހާރަކަށް އައިސް ކޮންޕިއުޓާރ ވައިރަސް ތައް ވަނީ ވަރަށް އާންމުވެފައެވެ. އަދި ހަމަ އެއާއި އެކު ވައިރަސް ފިލުވާލުމަށް ތަފާތު ޕުރޮގުރާމްތައްވެސް އަންނަނީ އުފައްދަމުންނެވެ.

އާންމުކޮށް ވައިރަސް އަރަނީ ގިނަ މީހުން ބޭނުން ކުރާ ސިސްޓަމްތަކަށެވެ. މި ގޮތުން ރާއްޖޭގައި ސްކޫލްތަކާއި އޮފީސް ޔުނިވަރސިޓީގެ ކޮންޕިއުޓަރު ލެބްތަކުގައި ހުންނަ ސިސްޓަމްތަކުގައި މި މައްސަލަ ބޮޑުކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ އެންޓިވައިރަސް އަޕްޑޭޓް ނުކުރެވޭ ގިނަ ސިސްޓަމްތަކުގައި ވައިރަސް ހުރުމަކީ އާންމު ކަމެކެވެ.

ވައިރަސް އަރައިގެން ޕެންޑުރައިވް ގަ ހުންނަ އެއްޗެހި ހައިޑް ވުމަށްފަހު ސޯރޓްކަޓް ފައިލްތަކެއް ފެންނަންހުރެއެވެ. އެހެންނަމަވެސް އަސްލު ފައިލްތައް ފެންނާކަށް ނުހުރެއެވެ.

ޕެންޑްރައިވް އިން ގެއްލުން ފައިލްތައް ހޯދުމަށްޓަކައި ޕެން ހުޅުވާށެވެ. އަދި  ވިއު- އޮޕްޝަން- ޗޭންގް ފޯލްޑާރ ސާރޗް އޮޕްޝަން- ދެން ހުޅުވޭ ސްކްރީންގައި އިންނަ ވިއުއަށް ދާށެވެ. އެއަށްފަހު ޝޯ ހިޑަން ފައިލްސް އެންޑް ފޯލްޑާރ އޮޕްޝަންގައި މާރކް ޖަހާށެވެ. އަދި އެގޮތަށް ހަދައިގެންވެސް ނުފެންނަ ނަމަ ތިރީގައިވާ ފޮޓޯއިން ފެންނަފަދައިން ހައިޑްޕުރޮޓެކްޓެޑް އޮޕަރޭޓިން ސިސްޓްމް ފައިލްގައި މާރކް ކުރެވިފައިވާނަމަ މާރކް މައްޗައް ފިތާލާ މާރކް ފިލުވާލާށެވެ. އޭރަށް ގެއްލުން އެއްޗެހި ފެންނާނެއެވެ. އެހެންނަމަވެސް ސޯރޓްކަޓް ފައިލްތައް ހުންނާނެއެވެ. ދެން މި ސޯރޓްކަޓް ފައިލްތައް ދުއްވާލަން އެންޓިވައިރަސް އަޕްޑޭޓްކޮށް ސްކޭންކުރާށެވެ. މިގޮތުން އީސެޓް ފަދަ އެންޓިވައިރަސް ޕުރޮގުރާމެއް ބޭނުންކުރެވިދާނެއެވެ. އަދި ރަން އަށް ގޮސް ސީއެމްޑީގައި ކޮމާންޑެއް ޖަހައިގެންވެސް ސޯރޓްކަޓް ފައިލްދުއްވާލެވިދާނެ އެވެ. މި ގޮތަށް ސޯރޓްކަޓް ފައިލް ދުއްވާލާނެގޮތުގެ މައުލޫމާތު ކުރިޔައް އޮތްތާ އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ.

LEAVE A REPLY

Please enter your comment!
Please enter your name here