އުފެދުމުގެ ނުކުޅެދުންތަކުން ދަރިފުޅު ރައްކާތެރިކުރުން

އުފެދުމުގެ ނުކުޅެދުންތަކުން ދަރިފުޅު ރައްކާތެރިކުރުން

ދަރިމައިވާއިރު އަންހެންމީހާގެ ބަރުދަން އެކަށީގެންވާ މިންގަޑެއްގައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާދައިގެ ބަރުދަނެއްގައިވާ އަންހެނުންނާއި އަޅާބަލާއިރު ދަރިއަކަށް ބަލިވެ އިންނައިރު ހަށިގަނޑު ފަލަވެފައިވުމުން ދަރިފުޅު އުފަންވާއިރު އުފެދުމުގެ ނުކުޅެދުންތައް ދިމާވުމުގެ ފުރުސަތުވާކަމަށް އެމެރިކާގެ ދިރާސާއަކުން ވަނީ ލަފާކޮށްފައެވެ. މިދިރާސާކުރުމަށްޓަކައި ދިރާސާކުރާފަރާތްތަކުން ވަނީ 1997 އާއި 2002 އާއި ދެމެދުގައި އުފެދުމުގެ ނުކުޅެދުމެއް ހުރި ދަރިއަކު ވިހާފައިވާ 10،249 އަންހެނުންނާއި ސުވާލުކޮށްފައެވެ. މިގޮތުން ސުވާލުކުރެވުނީ ދަރިފުޅު ވިހެއުމަށްފަހު 6 ހަފްތާ ނުވަތަ 2 އަހަރު ފަހުންނެވެ. ހޯދުނު މައުލޫމާތުތަކުގެ ތެރޭގައި ދަރިފުޅު ވިހެއި އިރު މައިމީހާގެ ހުރި އިސްކޮޅާއި ބަރުދަނާއި އަދި ސިއްހީ ފެންވަރު ހިމެނެއެވެ. މިމައުލޫމާތުަތައް އަޅާ ބެލެވިފައިވަނީ ހަމަ މިމުއްދަތުގައި އުފެދުމުގެ ނުުކުޅެދުމެއް ނެތް ދަރިން ވިހާފައިވާ 4065 އަންހެނުންނާއިއެވެ. ދަރިފުޅު އުފަންވާއިރު މައިބަދަ، ހިތް، އަނގުނުތައް، ދަރިމައިވާ ނިޒާމް އަށް ކުރިމަތިވެފައިވާ އައިބުތަކަކީ މައިމީހާ ފަލަވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައްކަމަށް މިދިރާސާގެ ނަތީޖާތަކުން ވަނީ ލަފާކޮށްފައެވެ.

އުފެދުމުގެ ނުުކުޅެދުމެއް ނެތް ދަރިން ވިހާފައިވާ އަންހެނުންނާއި އަޅާބަލާއިރު ތިރީގައިވާ ނުކުޅެދުންތަކުގެ ތެރެއިން ގިނަ ނުކުޅެދުންތަކަކީ މައިމީހާ ފަލަވުމުގެ ސަބަބުން ދަރިފުޅަށް ތަޖުރިބާކުރެވިދާނެ ނުކުޅެދުންތަކެވެ.

1) ސްPައިނާ ބިފިޑާ – މިއީ މައިބަދަ އުފެދުމުގެ ތެރޭގައި ތަޖުރިބާ ކުރެވޭ ނުކުޅެދުމެކެވެ، މިމައްސަލައިގައި މައިބަދަ ފުރިހަމައަށް އުފެދިފައިނުވުމާއި ގުޅިގެން ހަރަކާތްކުރުމާއި ކުޑަކަމުދިއުމުގެ ނިޒާމަށް މައްސަލަޖެހެއެވެ.

2) ހިތަށް ދިމާވާ އުފެދުމުގެ ނުކުޅެދުންތައް

3) ފުރަގަސްފަރާތު ދޮރު ފުރިހަމައަށް އުފެދިފައިނުވުން

4) ފަޔާއި އަތުގެ އިނގިލިތައް މަދުވުން ނުވަތަ ކުރުވެފައިވުން

5) ފުއްޕާމެއާއި ބަނޑުގެ މަސްތަކަށް ބަދަލެއް އައިސްފައިވުން

6) ބަނޑުގެ މަސްތައް ފޫޅުން ބޭރަށް ނުކުމެފައިވުން

އުފެދުމުގެ ނުކުޅެދުންތަކުން ރައްކާތެރިވުން

ހަށިގަނޑުގެ ބަރުދަން އާދަޔާ ޚިލާފަށް ފަލަވެފައިވާ އަންހެނުން ދަރިމައިވުމަށް މަސައްކަތްކުރުމުގެ ކުރިން ނުވަތަ ދަރިމައިވެފައިވާކަން ފާހަގަކުރެވުމާއިއެކު ސިއްހީ މާހިރެއްގެ ލަފާގެ ދަށުން އަމަލުކުރުމަކީ މުހިއްމު ކަމެކެވެ. ބައެއް ހާލަތްތަކުގައި ދަރިމައިވުމުގެ ދުވަސްވަރު އާދަޔާ ޚިލާފަށް ފަލަވެފައިވާނަމަ، ބަރުދަން ލުއިކުރުމުގެ ޚާއްސަ Pްރޮގްރާމެއްގެ ދަށުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ނުލިބޭގޮތަށް ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން ތިރީގައިވާ ނުކުތާތަކަށް ސަމާލުވެވިދާނެއެވެ.

* ޖަންކް ފުޑް ގެ ބަދަލުގައި ދުޅަހެޔޮ ކާނާ ބޭނުންކުރުންެ. ( ޖަންކް ފުޑްގެ ސަބަބުން އިތުރު ކެލަރީތަކެއް ހަށިގަނޑަށް ލިބުން ފިޔަވައި ހަށިގަނޑަށް ލިބޭ ފައިދާއެއް ނުވެއެވެ.)

* ސިއްހީ މާހިރެއްގެ ލަފާގެ ދަށުން ބޭސް ބޭނުންކުރުން

* މާބަނޑުއިރު ޑައަޓް ނުކުރުން

* ބަރުދަން އެކަށީގެންވާ ނިސްބަތަކުން އިތުރުވަމުންދޭތޯ ބެލުން

* ކޮންމެ 4 ގަޑިއިރަކުން ލުއިކޮށް ކެއުން

އާދަޔާ ޚިލާފަށް ފަލަނަމަ، އެކަށީގެންވާ ބަރުދަނަކަށް ހަށިގަނޑު ގެނެސް، ދުޅަހެޔޮ މިންގަނޑެއް ދެމިހުރުމަށް މަސައްކަތް ކުރުމާއި، އާދަކޮށް ކަސްރަތު ކުރުމާއި، ދުޅަހެޔޮކާނާ ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

މިއަދު  ނޫސް 04 ސެޕްޓެމްބަރ، 2007

ރައްދު

Your email address will not be published. Required fields are marked *