ީޢީދު ދުވަހާ ހުކުރު ދުވަސް ދިމާވުމަކީ މުސްލިމުންނަށް އެމީހުންގެ ދެޢީދު ދުވަސް އެއް ދުވަހަކާ ދިމާވެ، ދެއުފަލުގައި ބައިވެރިވާންޖެހޭ މާތް، ބޮޑު ދުވަހެކެވެ. މިއުފާވެރި ދުވަހުގައި ދެނަމާދުކުރަން އެބަ އޮވެއެވެ. އެއީ ޢީދު ނަމާދާއި ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮންނަ ފަރުޟު ނަމާދެކެވެ. ހުކުރު އަޅައިފުން ޢުޛުރުވެރިވާ މީހެއް ފިޔަވައެވެ. އެފަދަ މީހަކަށް ވެސް ހުކުރުގެ ބަދަލުގައި މެންދުރު ނަމާދު ކުރުން ވާޖިބުވާނެއެވެ. އަދި ހުކުރު ނުލިބިއްޖެ މީހާއަށް ވެސް މެންދުރު ނަމާދު ވާޖިބުވެގެންވާ ކަމުގައި ދީނުގެ ޢިލްމުވެރިން އެއްބަސްވެ އިޖްމާވެ ވަޑައިގަންނަވައެވެ.

ޢިދާދު ދުވަހާއި ހުކުރު ދުވަސް އެއްދުވަހަކަށް ވެއްޖެނަމަ ދެނަމާދު ކުރާނީ ކިހިނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައި ވެއެވެ. ބައެއް ބޭކަލުން ވިދާޅުވެފައި ވަނީ ޢީދު ނަމާދު ކުރުމުން ހުކުރު މަނާދު ނުކޮށް ފުދޭނޭ ކަމަށެވެ. އެމީހަކަށް ދެން އޮންނާނީ މެންދުރު ނަމާދު ކުރުން ކަމަށެވެ. އަދި މެންދުރު ނަމާދުވެސް ޖަމާޢަތުގައި ނުކޮށް ގޭގައި ފުއްދައިލެވިދާނެ ކަމަށެވެ. މިއީ އިމާމު އަޙްމަދާއި ސަލަފުގެ ބައެއް ޢިލްމުވެރިންގެ މަޛްހަބެވެ. އަޞްޙާބުބޭކަލުންގެ ތެރޭގައިވެސް މިރައުޔަށް ބުރަވެވަޑައިގަންނަވާ ބައެއް ބޭކަލުން ތިއްބެވިއެވެ. މިބުނެވުނު ރައުޔާއި ޚިލާފަށް ދީނުގެ ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ ޢީދު ނަމާދާއި ހުކުރު ނަމާދާއި ދެނަމާދުވެސް ކުރަންޖެހޭނެ ކަމަށެވެ. ޢީދު ނަމާދު ސުއްނަތެއްގެ ގޮތުގައެވެ. ހުކުރު ނަމާދު ފަރުޟެއްގެ ގޮތުގައެވެ. އަދި ޢުޛުރަކާހުރެ ހުކުރު ނަމާދު އެޅިއްޖެ މީހާއަށް މެންދުރު ނަމާދު ކުރުން ވާޖިބުވާނެ ކަމަށެވެ.

ބަޔާންވެދިޔަ ރައުޔަކީ އިމާމު އަބޫޙަނީފާއާއި މާލިކާއި ޝާފިޢީއާއި ދީނުގެ ގިނަ ދަންނަބޭކަލުން ބުރަވެވަޑައިގަންނަވާ ރައުޔެވެ. އަޞްޙާބު ބޭކަލުންގެ ތެރެއިން މަދު ބޭކަލަކު ފިޔަވައި އެހެން ހުރިހާ ބޭކަލުންގެ ވެސް މަޛްހަބަކީ މިއީއެވެ. އަދި ދީނުގެ އުޞޫލުތަކާ ބޮޑަށް ގާތްވަނީވެސް މިރައުޔެވެ. މިމައްސަލައާމެދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ޞައްޙަ ޙަދީޘެއް އައިސްފައި ނުވެއެވެ. އެކަލޭގެފާނުންގެ އަރިހުން ވާރިދުވެފައި އޮންނަ ޙަދީޘު ޟަޢީފު ކަމުގައި ގިނަ މުޙައްދިޘުން ބަޔާންކުރަށްވާފައި ވެއެވެ. އަދި އެރިވާޔަތުން އެނގޭގޮތުގައި ވެސް އިތުރު އެކަލޭގެފާނާއި މަދީނާގައި އެއިރު ތިއްބެވި ޞަޙާބިއްޔަ ބޭކަލުން އެކަލޭގެފާނުގެ އަރިހުގައި ޢީދު ނަމާދު ކުރެއްވުމާއެކު ހުކުރު ނަމާދުވެސް ކުރެއްވިކަން އެނގި ސާބިތުވެއެވެ. މިކަމާމެދު އައިސްފައިއޮތް އެންމެ ޞައްޙަ ރިވާޔަތަކީ މާތް ﷲ ރުއްސުންލެއްވި ޢިޘްމާނުގެފާނުގެ އަރިހުން އައިސްފައިވާ ރިވާޔަތެވެ. އިމާމު މާލިކާއި އިމާމު ޝާފިޢީއާއި އިމާމު ބުޚާރީއާއި އަދިވެސް ވަރަށް މުޙައްދިޘުން ރިވާކުރަށްވާފައިވާ ރިވާޔަތެއްގައި ވެއެވެ. أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا مَالِكٌ عَنْ ابْنِ شِهَابٍ عَنْ أَبِي عُبَيْدٍ قَالَ‏:‏ شَهِدْتُ الْعِيدَ مَعَ عُثْمَانَ بْنِ عَفَّانَ فَجَاءَ فَصَلَّى ثُمَّ انْصَرَفَ فَخَطَبَ فَقَالَ ‏”‏ إنَّهُ قَدْ اجْتَمَعَ لَكُمْ فِي يَوْمِكُمْ هَذَا عِيدَانِ فَمَنْ أَحَبَّ أَنْ يَنْتَظِرَ الْجُمُعَةَ مِنْ أَهْلِ الْعَوَالِي فَلْيَنْتَظِرْهَا، وَمَنْ أَحَبَّ أَنْ يَرْجِعَ فَلْيَرْجِعْ فَقَدْ أَذِنْتُ لَهُ ‏މާނައީ: އިމާމު ޝާފިޢީ އިމާމު މާލިކުގެ އަރިހުން، އެކަލޭގެފާނު އިބްނު ޝިހާބުގެ އަރިހުން، އެކަލޭގެފާނު އަބޫ ޢުބައިދާގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއްދުވަހު ތިމަން، މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ އަރިހުގައި ޢީދު ނަމާދު ކުރެއްވީމެވެ. އެކަލޭގެފާނު ނަމާދުން ނިމިވަޑައިގެން ޚުޠުބާދެއްވިއެވެ. ޚުޠުބާގައި މިފަދައިން ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! މިއަދަކީ ތިޔަބައިމީހުންނަށް ދެޢީދު އެއްވާ ޢީދު ދުވަހެކެވެ. ވުމާއެކު ތިޔަބައިމީހުންގެ ތެރެއިން މަދީނާގެ ކައިރީގެ ވިލެޖްތަކުން ނަމާދަށް އައިސްފައިތިމީހުންގެ ތެރެއިން ބޭނުން ބަޔަކު ތިމަންމެނާއެކު ހުކުރު ކުރުމަށް މަޑުކުރިއަސް މައްސަލައެއް ނެތެވެ. އަދި ބޭނުން މީހަކު ރަށަށް ދިޔަޔަސް މައްސަލައެއްނެތެވެ. އެމީހަކު ތިމަންމެންނާއެކު ނަމާދުކުރުމަށް މަޑުކުރާށެވެ! މިއެވެ. އިބްނު މާޖާގައި އައިސްފައިވަނީ މިފަދައިންނެވެ. قَدْ اِجْتَمَعَ فِي يَوْمكُمْ هَذَا عِيدَانِ فَمَنْ شَاءَ أَجْزَأَهُ مِنْ الْجُمُعَة وَإِنَّا مُجَمِّعُونَ މާނައީ: އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ހަމަކަށަވަރުން މިއަދު މިވަނީ ދެޢީދު ޖަމާވެފައެވެ. ވިލެޖްތަކުގެ މީހުންގެ ތެރެއިން ބޭނުންމީހަކު ހުކުރަށް މަޑުނުކުރިކަމުގައިވިއަސް ފުދޭނެއެވެ. ތިމަންމެން ހުކުރު ކުރާނޫއެވެ. މިއެވެ.

މިޙަދީޘުގެ މައްޗަށް ވާހަކަ ދައްކަވަމުން އަބޫދާއޫދުގެ ޝަރަޙަ ޢައުނުލްމަޢްބޫދުގައި ޝައިޚު ޝަމްސުލްޙައްޤު ޢަޒީމު އާބާދީ ވިދާޅުވެފައި ވެއެވެ. وَمَا ذُكِرَ مِن اْلأَحَادِيث

Leave a comment

Your email address will not be published. Required fields are marked *