އިބުރަތްތެރިވާހަކަ: އަވައްޓެރިންނަށް ހެޔޮ ޙަދީޘް ޢިލްމުވެރިޔާ

އިބުރަތްތެރިވާހަކަ: އަވައްޓެރިންނަށް ހެޔޮ ޙަދީޘް ޢިލްމުވެރިޔާ

އަބޫ ޙަމްޒާ އައްސުއްކަރީ ރަޙިމަހުﷲއަކީ އެކަލޭގެފާނުގެ އަވައްޓެރިންނަށް ވަރަށް ހެޔޮކޮތް ހިތާ ބޭކަލެކެވެ. އެކަލޭގެފާނުގެ ސިޔަރަތުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައި އިމާމު ޙާފިޡު ޛަހަބީ ރަޙިމަހުﷲ ވިދާޅުވަނީ “އެކަލޭގެފާނަކީ މީސްތަކުންނަށް އަޅާލާ ޢިލްމުވެރިޔެއް ކަމުގައެވެ. އެކަލޭގެފާނުގެ އަރިހަށް ޙަދީޘް ކިޔަވަން އައިސް ތިބޭ ކުދިންގެ ތެރެއިން ކުއްޖަކު ބަލިވެއްޖެނަމަ ބޭނުންވާ އެއްޗެހި ހޯދައިދެއްވައި އަދި ކައިރީގައި އަޅާލަން މީހުން ބައިތިއްބައެވެ.” (1) ނަމަވެސް މިފަހަރު މިއޮތީ އެކަލޭގެފާނު އަވައްޓެރިނަށް އޯގާތެރިކޮށް ހިތިމިންވަރު ވަޒަންކޮށްލެވޭ އެހެންވާހަކައެވެ.

 

“އަބޫ ޙަމްޒާ އައްސުއްކަރީ ރަޙިމަހުﷲގެ އަވައްޓެރިޔެއް އޭނާގެ ގެ ވިއްކާލަން ބޭނުންވިއެވެ. އޭނާކުރެން ސުވާލުކުރެވުނެވެ. ތިޔަގެ ވިއްކާނީ ކިހާވަރަކަށް ހެއްޔެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ. ގެ ވިއްކާނީ ދެހާހަށެވެ. އެއީ ގޭގެ އަގެވެ. އަދި އަބޫ ޙަމްޒާ ސުއްކަރީގެ (އަވައްޓެރިކަމުގެ އަގެއްގެގޮތުން އެބަހީ އެކަލޭގެފާނު ހެޔޮކަމުގެ ސަބަބުން) އަނެއްދެހާހެވެ. (ދީނާރު ނުވަތަ ދިރުހަމް و الله أعلم). މިވާހަކަ އަބޫ ޙަމްޒާ ސުއްކަރީގެ ކަންފަތްޕުޅަށް ފޯރައިފިއެވެ. ދެން އެކަލޭގެފާނު ހަތަރުހާސް ހިއްޕަވައިގެން އޭނާގެ އަރިހަށް އަތުވެއްޖެއެވެ. އަދި ފައިސާދެއްވާފައި ދެންނެވިއެވެ. “މި ލާރި ބަހައްޓާށެވެ. ތިބާގެ ގެ ވިއްކާނުލާށެވެ.” (2)އަދިވެސް ސިޔަރު އަޢުލާމުއް ނުބަލާއިގައި އިމާމު ޛަހަބީގެންނަވާފައިވެއެވެ.(އެކަލޭގެފާނުގެ އަވައްޓެރިންގެ ތެރެއިން މީހަކު ބަލިވެއްޖެނަމަ އެމީހަކު ބައްޔަށް ބޭހަށާއި އެހެނިހެން ކަންކަމަށް ހޭދަކުރާ އަދަދު ،އޭނާގެ ބަލިރަނގަޅުވުމުން ﷲއަށް ޝުކުރު އަދާކުރުމުގެ ގޮތުން އަބޫ ހަމްޒާވެސް އެއަދަދަށް ފައިސާއިން ސަދަޤާތްކުރައްވައެވެ.
އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ އަލްޙާފިޡު އިމާމުލް ޙުއްޖަތް މުޙައްމަދު ބިން މައެމޫނެވެ. ޙަދީޘް ޢިލްމުގައި އެކަލޭގެފާނަކީ އިތުބާރުގަދަ(ޘިޤާ) ދަރަޖައިގެ ބޭކަލެއްކަމަށް އިމާމު ނަސާއީ ވިދާޅުވެއެވެ. އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވޭ ކަމަށް ސިޔަރު ޢައުލާމުއްނުބަލާއިގައި ބަޔާންވެގެންވެއެވެ.
އެކަލޭގެފާނަށް ސުއްކަރީ (ފޮނިކަންއެކުލެވިގެންވާ) ކިޔުނީ އެކަލޭގެފާނުގެ ވާހަކަދެއްކުމުގައި ހުންނަ ފޮނިކަމާއި ފަށުވިކަމުގެ ސަބަބުންނެވެ.
އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ ހިޖުރީ ސަނަތުން 167 ވަނަ އަހަރުގައެވެ.) (3)
رحمه الله رحمة واسعة و أسكنه في الجنة الأعلى. آمين
ނިމުނީ
މަޞްދަރުތައް
____________________
(1) سير أعلام النبلاء ( الطبقة السابعة  أبو حمزة السكري)
(2) سير أعلام النبلاء ( الطبقة السابعة  أبو حمزة السكري) و حياة السلف بين القول و العمل, ص: 559
(3) سير أعلام النبلاء

ރައްދު

Your email address will not be published. Required fields are marked *