އިހިމަހަކީ ޞިއްހަތަށް ފައިދާހުރި އެހާމެ މީރު މަހެކެވެ. ރާއްޖޭގައި ކުރިން އިހިމަސް ކެއުމާއި މެދު ތަފާތު ގޮތްގޮތަށް ދެކި އިހި މަސް ކެއުން އެއީ އާންމުކަމަކަށް ނުވީނަމަވެސް މިހާރު އިހިމަހަކީ ދިވެހިންގެ މެދުގައި މަޤްބޫލް ކެއުމަކަށް މިވަނީވެފައެވެ. ރަހަ މީރުވުމުގެ އިތުރަށް އިހި މަހުގެ ޞިއްހީ ފައިދާ ބޮޑުވުން މީ މީގެ އެއް ސަބަބެވެ. ރާއްޖޭގައި 5 ވަރަކަށް ވައްތަރުގެ އިހި އާންމުކޮށް އުޅޭއިރު އެ ވައްތަރުތަކަކީ ރާޖޭގެ ފަރުތަކުން މާ ބޮޑު އުނދަގުލެއް ނެތި ލިބޭން ހުރި އެއްޗިއްސެވެ. އެހެންނަމަވެސް މާލޭން އިހި ގަންނަނަ ނަމަ އާންމުންނަށް އިހި މަސް ކެވޭ ވަރަށްވުރެ އަގުބޮޑުކަން ފާހަގަކުރެވެއެވެ. މާލޭގެ ބާޒާރުގައި ރާއްޖޭގެ ފަރުތަކުން ނެގޭ އިހީގެ އިތުރަށް ވިއެޓްނާމް ފަދަ ގައުމުތަކުން އެތެރެކުރާ އިހީގެ ވައްތަރުތަށްވެސް ހުންނަކަން ފާހަގަކުރެވެ.

 އިހި މަހަކީ ޞިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ މަހެކެވެ. އިހިމަހަކީ އޮމެގާ 3 ފެޓީ އެސިޑް ހިމެނޭ މަހެކެވެ. އަދި އިހިމަކީ މަތީ މިންވަރަކަށް ސެލީނިއަމް ހުންނަ މަހެކެވެ. އެހެންކަމުން ދިފާއީ ނިޒާމާއި ވަރުގަދަކޮށްދީ ހިތުގެ ބަލިން ރަށްކާތެރިކޮށްދެއެވެ. އިހި މަހަކީ ޞިއްހަތައް ފައިދާހުރި މަތީ މިންވަރަކަށް ޕުރޮޓީންސް ހުންނަ ފެޓްގެ ބައި މަދު މަހެކެވެ. މަދުވެގެން 30 ގްރާމް އިހިމަހުގައި ފަސް އައުންސް ގެ ޕުރޮޓީންސް ހުރެއެވެ.

އިހިމަހުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކޮޕާރ ހުރުމުން ކަށިވަރުގަދަކޮށްދީ ޓިސޫތަކަށްޖެހޭ ބަލިތަކުން ސަލާމަތްކޮށްދެއެވެ. އިހި މަހަކީ މަތީ މިންވަރަކަށް ޕޯސްފަރަސް ހިމެނޭ މަހެކެވެ. އެހެންކަމުން ކިޑްނީ ރަނގަޅަށް މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ. ސިކުނޑީގެ ހިނގުން ރަނގަޅުކޮށްދީ ދިފާއީ ބާރު ވަރުގަދަކޮށްދީ ދަރިމައިވާ ނިޒާމް ވަރުގަދަކޮށްދެއެވެ.

 

އިހީގައި ހިމެނޭ ސިއްހަތަށް ފައިދާހުރި ބައިތާކާއި މިންވަރު

Amount: 1

150 ގްރާމްގައި

 

Nutrients

Amount

Basic Components

 

Proteins

28.2 g

Water

115 g

Ash

3.3 g

Carbohydrates

0.7 g

Cholesterol

142 mg

Calories

Total Calories

135

Calories From Carbohydrates

2.4

Calories From Fats

12.2

Calories From Proteins

120

 

 

Fats & Fatty Acids

 

Total Fat

1.3 g

Saturated Fat

0.3 g

Monounsaturated Fat

0.4 g

Polyunsaturated Fat

0.2 g

Vitamins

 

Vitamin A

105 IU

Vitamin E

2.2 mg

Vitamin K

0.2 mcg

Riboflavin

0.1 mg

Niacin

2.2 mg

Vitamin B6

0.1 mg

Folate

13.5 mcg

Vitamin B12

1.4 mcg

Pantothenic Acid

2.4 mg

Choline

121 mg

Minerals

 

Calcium

72 mg

Iron

0.4 mg

Magnesium

40.5 mg

Sodium

216 mg

Potassium

413 mg

Phosphorus

444 mg

Zinc

4.5 mg

Copper

2.5 mg

Manganese

0.1 mg

Selenium

62.1 mcg

 

އިހި ގަންނައިރު ބަލަން ވީ ކަންތައްތައް

ތާޒާކޮށް ހުރުން، ދިރުވާފަ ހުރުން، ރަނގަޅަށް ގަނޑުކޮށްފައި ހުރުން، މޫދުގައި ހުންނަ ކޮށިތަކުގައި ހުންނަ އިހި، ތާޒާކޮށް ހުންނަ އިހީގެ މަސް އާންމުކޮށް ހުންނާނީ ވަރަށް ސާފްކޮށް ހުދުކުލައެއްގައެވެ. އިހީގެ މަސްގަނޑު ދޮންކުލަށް ނުވަތަ ޗޮކްލެޓް ވައްތަރުގެ ކުލަޔަކަށް ބަދަލުވެފައި ހުންނަ ނަމަ ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

އިހި މަހަކީ ގިނަ ދުވަސްތަކެއް ވަންދެން ރަށްކާކޮށްފައި ބެހެއްޓިދާނެ މަހެކެވެ. އެހެންނަމަވެސް ފްރީޒްކުރުމުގެ ކުރިން ރަނގަޅަށް ސާފްކޮށްފައި ޕްލާސްޓިކް ކޮތަޅަށް ލާންޖެހެއެވެ. މިގޮތަށް ރަށްކާކުރެވިއްޖެނަމަ 3 މަހެއް ހާ ދުވަހު ރަނގަޅަށް ހުންނާނެއެވެ.

އިހި މަހަކީ ޞިއްހަތައް ފައިދާހުރި މަތީ މިންވަރަކަށް ޕުރޮޓީންސް ހުންނަ ފެޓްގެ ބައި މަދު މަހެކެވެ. މަދުވެގެން 30 ގްރާމް އިހިމަހުގައި ފަސް އައުންސް ގެ ޕުރޮޓީންސް ހުރެއެވެ.

އިހިމަހަކީ އަސްލު އައިސްފައިވާގޮތުން އެމެރިކާ މީހުން ކެއުމަށް ބޭނުންކުރި އެއްޗެކެވެ. އެހެންނަމަވެސް އެ ޒަމާނުގައި އިހިމަހަކީ ދެރަ އެއްޗެކެވެ. އޭރު އިހަމަހަކީ އަޅުންނާއި ނިކަމެތިންނަށް ހުންނަ އެއްޗެކެވެ. އެހެންނަމަވެސް އޭގެ އަހަރުތަކެއް ފަހުން އެމެރިކާގައިވެސް އަދި މުޅި ދުނިޔެގައިވެސް އިހިމަސް މިވަނީ މުއްސަނދިން ކެއުމަށް ބޭނުންކުރާ މޮޅު ކެއުމަކަށްވެފައެވެ. ހަމަ އެހެންމެ އެހާމެ އަގު ބޮޑެވެ.މިހާރު ރާއްޖޭގައިވެސް އިހީގެ އަގުތަށް ހުރިގޮތުން ބޮޑު އިއްސެއް 300 ރުފިޔާއަށްވެސް ގަންނަން ލިބެން ހުންނަނީ މަދުފަހަރަކުއެވެ.

މީ އިހިވެރިކަމާއި ބެހޭގޮތުން ކުރިން އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

އިއްސަކީ ރާއްޖޭގެ ފަރުތަކުން މިހާރު މަދުވަމުންއަން ތަކެތީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްޗެކެވެ. މިހާރު އިހިމަހަކީ ރާއްޖޭގައި ކެއުމަށް ބޭނުންކުރެވޭ މަހަކަށް ވީނަމަވެސް އޭގެ  އަގު އަތްފޯރާވަރަށްވުރެ ބޮޑެވެ. ހަމަ އެހެންމެ އިހިވެރިކަމުގެ ވިޔަފާރިއަކީ އޭގެ ފައިދާ އިންތިހާއަށް ބޮޑު މަސައްކަތަކެވެ.

އެހެންނަމަވެސް މަސައްކަތަކީ މިހާރު ބުރަ މަސައްކަތަށްވެފައިވާއިރު އޭގެ މާރކެޓްވެސްރާއްޖޭގެއި ފުޅާވަމުންއަންނަ މަސައްކަތެކެވެ. އަދި ރާއްޖޭގައި މިހާރުކުރެވެމުންއަންނަ މަސައްކަތަކަށް ވީނަމަވެސް މިކަންކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ރާއްޖޭން ދިވެހިން ރިސޯޓްތަކަށް ވިއްކުމަށް ނެގޭ މިންވަރަށްވުރެ ރާއްޖެއަށްއިންޕޯރޓްކުރޭވޭ މިންވަރު މަތިކަން ފާހަގަކުރެވެއެވެ. މިގޮތުން ވިއެޓްނާމް ފަދަ ގައުމުތަކުން އިހި ރާއްޖެ އެތެރެކުރެއެވެ.

ރާއްޖޭގައި އިހި ހިފައިގެން އިހިވެރިކަން ކުރަމުންދާ ފަރާތްތަކަށް އޮތް އެންމެ ބޮޑުދައްޗަކީ ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތްނުކުރެވުމެވެ. އަދި ބޮޑެތިވާވަރަށްވުރެ ގިނައިން ނެގުމުގެ ނަތީޖާއަކީ ރާއްޖޭން އިހި މަދުވަމުން ދިއުމެވެ. އަދި ހަމަ އެހެންމެ ބޮޑެތިނުވާ ކުދި އިހި ނެގުމާއި ބިސްއަރާފައި ހުންނަ އިހި ނެގުންވެސް މީ އިހި ނެތިދާން މެދުވެރި ސަބަބެކެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ބުނެވޭގޮތުގައި 1970 ހިސާބުގައި ފަސޭހަކަމާއި އެކު ރަށްރަށުގެ ހިކިތޮށިމަތިން ގިނައަދަދަކަށް އިހީގެ ބާވަތްތައް ފެނެއެވެ. އެހެންމަވެސް މިހާރު ފަރުތަކުގައި ފީނައިގެން ދުވާލުގަޑީގައި އިހި ފެންނަނީ ވަރަށްވެސްމަދުންނެނެވެ. އަދި އާންމުކޮށް މިހާރު ރާއްޖޭގައި އިހިވެރިކަން ކުރަނީ ރޭނގަޑުއެވެ.

 ދުނިޔޭގައި އިހީގެ 30 ވައްތަރެއް އުޅޭއިރު ރާއްޖޭގައި އުޅެނީ އިހީގެ  5 ވައްތަރެވެ. އޭގެތެރޭގައި ފަޅު އިހި، ގާއިހި، ކޮކާ އިހި، ކަނޑުއިހި، ކޮވެލި އިހި ހިމެނެއެވެ. އިހީގެ ނަންތަކަށް ބަލާއިރު ރާއްޖޭގެ އެކިރަށްތަކުގައި ބޭނުންކުރާ ނަންތައް ތަފާތެވެ. އިހީގެ ދިރިއުޅުމަށް ބަލާއިރު އިއްސަކީ އާންމުގޮތެއްގައި ރޭނގަޑަށް ހަރަކާތްތެރިވާ އެއްޗެކެވެ. އަދި ދުވާލު ވަގުތު އާންމުކޮށް ކުދި ހޮހޮޅަ ނުވަތަ ހަރުތަކާއި ބަނޑަލިތައް ދަށުގައި ބޭރަށް ނަރަވަތައް ފެންނަގޮތަށް އިނދެއެވެ. އެކި ފަހަރުމަތިން އަޅުނގަނޑުމެން ފީނައިގެންވެސް ދުވާލު އިހި ހަރަކާތްތެރިވާ މަންޒަރު ފެނިފައި ނުވާއިރު ރަނގަޅުފެންވަރަކަށް އިހީގެ މަސްވެރިކަން ކުރާފަރާތްތަކާއި ސުވާލުކޮށްލުމުންވެސް އިތުރަށް އެކަން ޔަގީންވިއެވެ.

އިހީގެ ކެއުމަށް ބަލާއިރު ކަކުނި، ހަނދުރަ، ރިނދަލި ފަދަ ތަކެތި ކައިއުޅެއެވެ. އަދި ހަނދުރަ، ސަންގު ފަދަ ތަކެތި ކެއުމަށްޓަކައި އެފަދަ ތަކެތި ފަޅާލައެވެ. އިހީގެ ބަނޑުދައްފަރާތުގައި ވާ ހަރު ދަތްތަކުން އެފަދަ ތަކެތި ފަޅާލުމަކީ ނުހަނު ފަސޭހަކަމެކެވެ. އަދި ހަމަ އެހެންމެ އިހީގެ ބަނޑުގައިވެސް ހަރުތަކެތި މުގުރާނެ ބައިތައްވެއެވެ.

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *