ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވުން- ސީރިއަސް މައްސަލައެއްތަ؟

ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވުން- ސީރިއަސް މައްސަލައެއްތަ؟

- ޞިއްހަތު
0

ކުޑަކަމުދިޔުމަކީ ހަށިގަނޑުގައި ހުންނަ ބޭކާރު ފެނާއި ނަޖިސް ބޭރުކުރުމަށް ޤުދުރަތުން ލައްވާފައިވާކަމެކެވެ. ކުޑަކަމުދާ އެއްޗެހީގެ އަސްލު ކުލައަކީ މަޑު ރީނދޫކުލައެވެ. ނަމަވެސް އަހަރެމެން ކެއުމަށް ބޭނުންކުރާ ތަފާތު ތަކެއްޗާއި ބޭނުންކުރާ ބައެއް ބޭސްތަކުން ކުޑަކަމުދާ ތަކެތީގެ ކުލައަށް ބަދަލު އާދެއެވެ. މިގޮތަށް ކުލަ ބަދަލުވުމަކީ ބައެއް ފަހަރު ސިއްހީ މައްސަލައަކަށް ވެގެންދެއެވެ. އެހެންކަމުން ކުޑަކަމުދާ ތަކެތީގެ ކުލައަށް އަންނަ ބަދަލުތައް އެނގި އޭގެ ސަބަބުތައް ދެނެގަތުން މުހިއްމެވެ.

ވަރަށް މަޑު ރީނދޫކުލައިގައި ކުޑަކަމުދާ ތަކެތި ހުރުމަކީ ކުޑަކަމުދާ ނިޒާމުގައި ސިއްހީ މައްސަލައެއް ނެތްކަން އަންގައިދޭ ކަމެކެވެ. އެހެނީ މަޑު ރީނދޫކުލައަކީ ކުޑަކަމުދާ ތަކެތީގެ ޤުދުރަތީ ކުލައެވެ. އޭގެ މާނައަކީ ހަށިގަނޑުގައި ފެން މަދުވުމުގެ އެއްވެސް އަސަރެއް ނެތްކަމެވެ. އަދި ހަށިގަނޑުގެ ގުނަވަންތައް ފުރިހަމައަށް މަސައްކަތްކުރަމުންދާކަމެވެ. އެހެންކަމުން މި ކުލަ ހުރުމަކީ އެއްވެސް ނުރައްކަލެއްނޫނެވެ. އާދަކޮށް ގިނައިން ފެން ބޯ މީހެއްނަމަ ކުޑަކަމުދާ ތަކެތި ހުންނާނީ މި ކުލައިގައެވެ.

ރީނދޫ ކުލައިގައި ކުޑަކަމުދާ ތަކެތި ހުރިނަމަ އޭގެ މާނައަކީ ހަށިގަނޑުން ފެން މަދުވުމެވެ. ގިނައިން ދާ ހިއްލުމާއި ފެން ބުއިން މަދުވުމަކީ ފެން މަދުވުމުގެ ސަބަބަކަށް ވެދާނެއެވެ. އެހެންކަމުން ރީނދޫކުލައިގައި ކުޑަކަމުދާ ތަކެތި ހުރިކަން ފާހަގަކުރެވިއްޖެނަމަ ގިނައިން ފެނާއި ދިޔާ ތަކެތި ބޯން ފަށާށެވެ.

ބައެއް ފަހަރަށް ބޭނުންކުރާ ބޭހުގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަ ރީނދޫ ކުލައަށް ބަދަލުވެއެވެ. މި ކުލަ ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. އެހެނީ މިއީ މޭގަނޑުގެ ބަލިތަކާއި ހެޕަޓައިޓިސްގެ ސަބަބަކަށް ވެދާނެއެވެ.

ކިރު ކުލައިގައި ކުޑަކަމުދާ ތަކެތި ހުރުމަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގެންފައިހުރިކަމުގެ ނިޝާނެކެވެ. އަދި ކިޑްނީގައި ހިލަ ހުރިކަމުގެ ސަބަބަކަށް ވެސް ވެދާނެއެވެ.

ބީޓްރޫޓް، ބްލެކްބެރީޒް ފަދަރަތްކުލަ ގަދަ ކާނާ ކެއުމުން ކުޑަކަމުދާ ތަކެތި މަޑު ރަތްކުލައަށް ނުވަތަ ފިޔާތޮށިކުލައަށް ބަދަލުވެއެވެ. މަޑު ރަތްކުލައަށް ކުޑަކަމުދާތަކެތި ބަދަލުވުމަކީ އޭގައި ލޭގެ އަސަރުހުރުމުން ދިމާވާ ގޮތެކެވެ. މީގެ ސަބަބަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމާއި، ކިޑްނީގައި ހިލަ އުފެދުމެވެ. އަދި ބާރުގަދަ ކަސްރަތުކުރުމުން ލޭގެ ރަތް ސެލްތައް ހަލާކުވުމުން ވެސް ކުޑަކަމުދާ ތަކެތި ރަތްކުލައަށް  ބަދަލުވެއެވެ.

ޔޫރިން އިންފެކްޝަން ރަގަޅުކުރުމަށް ބައެއް ފަހަރު ޑޮކްޓަރުން ދޭ ބޭސްތައް ބޭނުންކުރުމުން ކުޑަކަމުދާ ތަކެތި އޮރެންޖް ކުލައަށް ބަދަލުވެއެވެ. މީގެ އިތުރުން ކެރެޓާއި ކެރެޓް ޖޫސް ބޭނުންކުރުމުން ވެސް މިގޮތަށް ބަދަލުވެއެވެ. އަދި ބައެއް ބޭސް ބޭނުންކުރުމުން މަދު ފަހަރެއްގައި މަޑު ނޫ ނުވަތަ ފެހި ކުލައަށް ވެސް ކުޑަކަމުދާ ނަޖިސް ބަދަލުވެއެވެ. އަދި އާރޓިފިޝަލް ކުލަ އަޅާފައި ހުންނަ ކާނާ ގިނައިން ބޭނުންކުރުމުން ވެސް މި ކުލައަށް ބަދަލުވެއެވެ.

ކުޑަކަމުދާ ތަކެތީގެ ކުލައަށް ކުޑަ ބަދަލެއް އައުމަކީ ސީރިއަސް މައްސަލައެއްނޫނެވެ. ނަމަވެސްއ ކުލަ ބަދަލުވެ ދިޔާ އެއްޗެހި ބޭނުންކުރުމުން ވެސް ރަގަޅުނުވެއްޖެނަމަ އެއީ މައްސަލައެކެވެ. އަދި މިގޮތަށް ކުލައަށް ބަދަލު އަންނަތާ އެއް ދުވަހުގެ ތެރޭގައި ރަގަޅުނުވެ އެހެން އުދަނގޫތައް ކުރިމަތިވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކަންވާނެއެވެ

ރައްދު

Your email address will not be published. Required fields are marked *