ކަރަންފޫ – ކުޑަ އެހެން ނަމަވެސް ބޭނުންތެރި އެއްޗެއް

ކަރަންފޫ – ކުޑަ އެހެން ނަމަވެސް ބޭނުންތެރި އެއްޗެއް

ކަރަންފުލަކީ ދިވެހިން ދުފާއިރު ރަހަމީރުކޮށްލުމަށް ބޭނުންކުރާ އެއްޗެކެވެ. އަދި ރިހަ ކެއްކުމާއި ހެދިކާ ފަދަ ތަކެތި ތައްޔާރުކުރާއިރު ކަރަންފުލުގެ މަދު މިންވަރެއް ބޭންކުރުމުން ރަހަމީރުވާކަމަށް ބައެއް މީހުން ދެކެއެވެ. ކަރަންފޫ މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ހައްދަނީ ޒެންޒިބާރު، އިންޑޮނޭޝިޔާ، އަދި މަޑަގަސްކަރައިގައެވެ. ކަރަންފުލަކީ ކައި ނިމިގެން އަނގައިގެ ތެރޭގައި ހުންނަ ވަސް ކަނޑުވާލުމަށް ވެސް ކައި އުޅޭ އެއްޗެކެވެ.

ކަރަންފުލަކީ އޭގައި ސިއްހީ ފައިދާތަކެއް ވެސް އެކުލެވިގެންވާ ހަވާދުގެ ބާވަތެކެވެ. ކަރަންފުލަކީ ހަޖަމުކުރުން ފަސޭހަކޮށް މެޓަބޮލިޒަމް މަތިކޮށްދޭ އެއްޗެކެވެ. އަދި ހޮޑުލަވާނަމަ ކަރަންފުލެއް ހަފާލުމުން މޭނުބައިކުރުން ކުޑަކޮށްދެއެވެ.

ކަމަކާ ހާސްވެ ކަންބޮޑުވާގޮތް ދިމާވެއްޖެނަމަ ފެންތަށްޓަކަށް ގަނދަކޯޅި ފަތާއި ކުދީނާފަތް އަދި ކަރަންފޫ އަޅައި ކެއްކުމަށްފަހު ކަޅު ސައިތަށްޓެއް ތައްޔާރުކުރުމަށްފަހު މާމުއިފޮދެއް އަޅައިގެން ބޯލާށެވެ. މީގެ ސަބަބުން މީހާއަށް އަރާމު ލިއްބައިދެއެވެ.

ދަތުގައި ރިއްސާނަމަ ކަރަންފޫ ބޭނުންކުރުމުން އިންފެކްޝަނުން ސަލާމަތްކޮށްދެއެވެ. އަދި ކަރަންފޫ ތެލަކީ ދަތުގެ ރިހުން ކުދަކޮށްދޭ އެއްޗެކެވެ.

ކަރަންފުލަކީ ހަޖަމުކުރުމަށް އެހީތެރިވާ މާއްދާއެކެވެ. އަދި ގޭސްޓްރިކް މައްސަލަތަކާއި ހޮޑުލުމުގެ ބައްޔަށް ކަރަންފުލަކީ ރަގަޅު ފަރުވާއެކެވެ. ހޮޑުލަވާނަމަ ހިމުންކޮށް މުގުރާފައިވާ ކަރަންފޫކޮޅަކާ މާމުއި ފޮދެއް އެއްކޮށްލައިގެން ބުއިމުން ހޮޑުލެވުން މަނާކޮށްދެއެވެ.

ކެއްސާނަމަ ކަރަންފުލެއްގައި ކުޑަ ލޮނުކޮޅެއް ހޭކުމަށްފަހު ހަފާލުމުން ކެއްސުމަށް ލުއެއް ލިއްބައިދެއެވެ. އަދި އަންދާލާފައި އޮންނަ ކަރަންފުލެއް ކާލުމަކީ ވެސް ކެއްސުމަށް ހުރި ރަގަޅު ފަރުވާއެކެވެ.

 

1 ހިޔާލު

  1. karanfu ke eema loluge fenumah asarukurey

ރައްދު

Your email address will not be published. Required fields are marked *