މާނައީ:”އެމީހުންނަކީ (ތަޤްވާވެރިންނަކީ) ޣައިބަށް އީމާންވެ ނަމާދު ޤާއިމުކޮށް އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ބައެއްތަކެތީން (މާތް ﷲ ގެ މަގުގައި) ހޭދަ ކުރާ މީހުންނެވެ.”

﴿ٱلَّذِينَيُؤْمِنُونَبِٱلْغَيْبِوَيُقِيمُونَٱلصَّلاةَوَممَّارَزَقْنَاهُمْيُنْفِقُونَ﴾ގެ ތަފްސީރު

އިޖުމާލީމާނަ:

“އެބައިމީހުންނީ ޣައި

ބުގައިވާ ކަންތައްތައް ތެދުކުރާ އެކަންތައްތަކަށް އީމާންވާ މީހުންނެވެ. އެކަންތައްތަކަކީ ހިއްސުތަކަށް ނޭނގޭ، ވަންހަނާވެފައިވާ އަދި ސިކުނޑިއަށްވެސް ނުގެނެވޭފަދަ ކަންތައްތަކެވެ. އެކަންތައް

ތައް ގެނެސްދެނީ ﷲގެ ވަޙީބަސްފުޅުންނެވެ. އެކަލާނގެ ރަސޫލުބޭކަލުންނަށް ބާވައިލައްވާ ވަޙީގެ ޒަރީއާއިންނެވެ. އެގޮތުން ޣައިބުގައިވާ ކަންތައްތަކުގެ ތެރެއިން އީމާންވާންޖެހޭ ކަންތައްތަކުގެ ތެރޭގައި މަލާއިކަތުންނާއި، ސުވަރުގެއާއި، ނަރަކައާއި، ގިޔާމަތްދުވަހާއި އަދި މިނޫނަސް ﷲ ތަޢާލާ އަހަރެމެނަނަށް ޚަބަރު ދެއްވާފައިވާ ކޮންމެކަމަކާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުން ޚަބަރު ދެއްވި އެންމެހާ ކަންތައްތައް ހިމެނެއެވެ. އަދި އެބައިމީހުންނީ ޣައިބަށް އީމާން ވުމާއިއެކު ނަމާދު އޭގެ ވަގުތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކޮއްދެއްވާފައިވާ ދަސްކޮއްދެއްވާފައިވާ ޞައްޙަމަގުން އަދާކުރާ މީހުންނެވެ. އެބަހީ އެބައިމީހުންނީ ނަމާދަށް ރައްކާތެރިވާ މީހުންނެެވެ. ހަމައެއާއިއެކު އެބައިމީހުންނީ އެބައިމީހުންނަށް ދެއްވި މުދަލުން ޞަދަޤާތް ނެރުމަށް ވާޖިބުވެގެންވާ މިންވަރުން ﷲގެ މަގުގައި ހޭދަކުރާ މީހުންނެވެ. އެބަހީ ޒަކާތް ދިނުމަށް  ވާޖިބުވެގެންވާ މިންވަރުން ޒަކާތްދޭމީހުންނެވެ. އަދި އެބައިމީހުންނީ އެބައިމީހުންގެ މުދަލުން ޞަދަޤާތް ކުރާ މީހުންނެއެވެ.”

 

  • މިއާޔަތުގައިހިމެނޭމުފްރަދާތުތަކާއިއޭގެމާނަ:

ٱلَّذِينَ: އެބައިމީހުންނީ، އެބަހީ ތަޤުވާވެރިންނަކީ އަދި ތެދުވެރި މުއުމިނުންނަކީ

يُؤْمِنُونَ: އީމާންވާ މީހުންނެވެ. ތެދުކުރާ މީހުންނެވެ.

بِٱلْغَيْبِ:ޣައިބުގައިވާ ކަންތައްތައް، އެބަހީ މާތް ﷲ އަންގަވާދެއްވަފައިވާ ކަންތައްތައް، އެކަންތައްތަކަކީ އެނގިގެންނުވާ އަދި ވަންހަނާވެފައިވާ ކަންތައްތަކެވެ. ހަމައެކަނި އެކަންކަން ބަޔާންކޮށްދެނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުންނާއި އެކަލާންގެ ފޮނުއްވެވި ރަސޫބޭކަލުންނާއި ނަބީބޭކަލުންގެ ފަރާތުންނެވެ.

وَيُقِيمُونَٱلصَّلاةَ: މާނައީ އަދި ނަމާދު ޤާއިމްކުރާމީހުންނެވެ. އެބަހީ ނަމާދަށްރައްކާތެރިވާ މީހުންނެވެ. އެބައިމީހުންނީ ނަމާދު އޭގެވަގުތުގައި ޞައްޙަ މަގުން ނަމާދު އަދާކުރާމީހުންނެވެ.

وَممَّارَزَقْنَاهُمْ: އެބައިމީހުންނަށް ﷲތަޢާލާ ދެއްވިމުދަލުން

يُنْفِقُونَ: ހޭދަކުރާމީހުންނެވެ. އެބަހީ ޒަކާތްދޭމީހުންނެވެ. އަދި ޞަދަޤާތްކުރާމީހުންނެވެ. އަދި ހެޠޮގައި (ﷲގެ މަގުގައި) މުދަލުން ހޭދަކުރާ މީހުންނެވެ.

  • މިއާޔަތުގެމަވާޟިއުތައް:

މިއާޔަތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތެދުވެރި މުއުމިނުންނަކީ ކޮބައިކަމުގެ މައްޗަށެވެ. އެގޮތުން މުއުމިނުންގެ ކިބައިގައި ހުންނާނެ މައިގަނޑު ތިންސިފައެއް މިއާޔަތުން ބަޔާންކޮށްދެއެވެ. އެއީ ޣައިބަށް އީމާންވުމާއި، ނަމާދަށް ރައްކާތެރިވުމާއި، ﷲގެ މަގުގައި މުދާހޭދަކުރުމެވެ.

  • ޣައިބަށްއީމާންވުން

 

  • ނަމާދަށްރައްކާތެރިވުން

 

  • ގެމަގުގައިމުދާހޭދަކުރުން

ޤުރުއާނުގައިމިއާޔަތާގުޅުންހުރިއެހެންއާޔަތެއް!

މާނައީ: “އެއުރެންނީ، ﷲ ގެ ނަންފުޅު ގަނެވޭހިނދު އެއުރެންގެ ހިތްތައް ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި އެއުރެންނަށް ޖެހޭ ކަންތަކަށް ކެއްތެރިވާ މީހުންނެވެ. އަދި ނަމާދު ޤާއިމުކޮށް ތިމަނރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތީން ހޭދަކުރާ މީހުންނެވެ.”

][ގުޅޭގޮތަށްޤުރުއާންގައިއައިސްފައިވާބައެއްއާޔަތްތައް:

(އަންބިޔާއު 49)މާނައީ: “އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް ޣައިބުގައި ބިރުވެތިވާ މީހުންނެވެ. އަދި އެއުރެންނީ ޤިޔާމަތް ދުވަހަށް ބިރުވެތި ވެގެންނެވެ.”

(ނަމްލު 65) މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް މެނުވީ، އުޑުތަކާއި ބިމުގައިވަ އެކަކަށްވެސް ޣައިބުގައިވާ ކަމެއް ނޭގޭނެއެވެ. އަދި އެއުރެން އަލުން ދިރުއްވާއި، މަޙްޝަރުއަށް ފޮނުއްވާހުށީ ކޮންއިރަކުކަން އެއުރެންނަކަށް ނުމެއެގޭނެއެވެ.”

 (ޖިންނި26) މާނައީ: ” (އެކަލާނގެއީ) ޣައިބު ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ޣައިބު އެއްވެސް މީހަކަށް ފާޅެއް ނުކުރައްވަތެވެ.”

 

][ގުޅޭގޮތުންއައިސްފައިވާބައެއްޙަދީޡްތައް:

][ގުޅޭގޮތުންބައެއްޢިލްމުވެރިންގެރައުޔުތަކާއިމާނަ:

އީމާނުގެ ލުޣަވީ މާނަ: އަލްއީމާން ނެގިފައިވަނީ އަލްއަމްނު މިލަފުޒުންނެވެ. އަލްއަމްނުއަކީ (އަމާންކަން) އެއީ އީމާންވުމުން (ކުރީން ޤަބޫލު ކުރިގޮތް ދޮގު ކުރުމުން) އަމަންކަން ލިބުނީއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (އަޢުރާފް 98،97) މާނައީ: ” ރަށްތަކުގެ އަހުލުވެރިން (ގެ ތެރެއިން މާތް ﷲ އަށާއި ރަސޫލާއަށް އީމާން ނުވާ މީހުން) އެމީހުން ނިދާފައި ވަނިކޮށް ރޭގަނޑުގެ ވަގުތު ތިމަﷲ ޢަޛާބެއް އެމީހުންގެ މައްޗަށް އަތުވެދާނެ ކަމަށް ބިރު ނުގަންނަނީހެއްޔެވެ؟ (ޢަޛާބުން އަމާންކަން ލިބިގެންވަނީ ހެއްޔެވެ؟) ނުވަތަ ރަސްތަކުގެ އަހުލިވެރިން އެމީހުން ޟުޙާ ވަގުތު ކުޅިވަރުގާ މަޝްޣޫލު ވެގެން ތިއްބާ ތިމަން ﷲގެ ޢަޛާބެއް އެމީހުންގެ މައްޗަށް އަތުވެދާނެކަމަށް ބިރު ނުގަންނަނީހެއްޔެވެ؟” (ޢަޛާބުން އަމާންކަން ލިބިގެންވަނީ ހެއްޔެވެ؟) އަދި ޢަރަބި ބަހުގައި “އީމާން” މިލަފްޒު ތަފާތު މާނައިގައި ބޭނުންކުރެވެއެވެ. އެގޮތުން ތެދުކުރުން، އިތުބާރު، ހިތްހަމަޖެހުން، އިޤުރާރުވެ އެއްބަސްވުން މިމަނަތަކުގައި ބޭނުން ކުރެވެއެވެ.

އަަމައެގޮތުން އަށްތަޞްދީޤު( ތެދުކޮށް ޤަބޫލްކުރުން ނުވަތަ ތެދުކަމަށް ގަބޫލު ކުރުން) މި މާނައިގައިވެސް ބޭނުންކުރެއެވެ. އެގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވ. (ޔޫސުފް 17) މަނައީ: “ތިމަންމެން ތެދުވެރީން ކަމުގައި ވީ ނަމަވެސް ކަލޭގެފަނު ތިމަންމެން ދައްކާ ވާހަކަ ތެދު ކަމުގައި ޤަބޫލު ކުރައްވާނޭ ބެއިކަލަކު ކަމުގައި ވެވަޑައި ނުގަންނަވައެވެ.”

އިޞްޠިލާޙީ މާނަ:

  • މާތް ﷲ އީ އެއްކައުވަންތަ އަދި ޙައްޤު ﷲ ކަމަށާއި މުޙައްމަދުގރފާނީ އެކާނގެ ރަސޫލާކަމަށް ހިތުގެ އަޑިން ޤަބޫލު ކޮއް އެކަމަށް ދުލުން ދުލުން އިޤުރާރުވެ މިޤަބޫލުކުރުމާއި އެއްގޮތަށް ތިމާގެ އަމަލުތައް ބެހެއްޓުމެވެ. (މުޢުޖަމު ލުޣަތު ތިލް ފުޤަހާއި)
  • ރަސޫލުﷲ ގެފާނު މާތް ﷲ ޙަޟްރަތުން އެކަނކަމާއިގެން ވަޑައިގެންނެވިހާއި ކަންތައް ހިތުން ތެދުކޮއް ޤަބޫލު ކުރުމެވެ. (ފަތުޙުލް ބާރީ: 1 /44)
  • އީމާންކަމަކީ ވަކިކަހަލަ ކަންކަމެއް ހިތުން ތެދުކޮއް ޤަބޫލު ކުރުމާއި ދުލުން ކިޔުމާއި ޢަމަލުން އެކަންކަން ކުރުމެވެ. (މިއީ މިއުއްމަތުގެ ގިނަ ދަންނަބޭކަލުން އިޖުމާޢު ވެފައިވާ ތަޢުރީފެވެ.)

ހިތުގެ ބަސްކަމުގައިވާ ތެދުކުރުމާާއި ޔަޤީން ކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހާމަކޮއްދޭ ދަލީލުތަކުގެ ތެރެއިން އަންނަނިވި ދަލީލުތައް ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: މުޢުމިނުންކަމުގައި ވާކަންކަށަވަރީ ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ ދެން އެއީމާން ކަމާއިމެދު ޝައްކު ނުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މުދާތަކާއި ނަފްސުތަކުން ﷲގެ މަގުގައި ޖިހާދުކުރިމީހުނެނެވެ. އެބައިމީހުންނީ ހަމަ ތެދުވެރިީންނެވެ.” މިއާޔަތުގައި އީމާންކަމުގެ ލަފްޛު ބޭނުންކުރެވިފައިއެވަނީ ޔަޤީން ކުރުމަށާއި ތެދުކުރުމަށެވެ. އަދިވެސް މާތް ﷲ ވަޙީކުރައްވާފައިވެެވެ. މާނައީ: “ތެދާއިގެން އަންނަމީހާއި އަދި އެތެދު ޤަބޫލުކުރާ މީހާ ދަންނާށެވެ! އެބައިމީހުންނީ، ހަމަތަޤުވާވެރީންނެވެ.”މިއާޔަތުގައި ނަބީބޭކަލުން ގެންނެވި ޙައްޤު ތެދުކުރުމީ ތަޤުވާވެރި މުޢުމިނުންގެ ސިފައެއްކަމުގައި ބަޔާން ކުރައްވައެވެ. އެހެންކމުން ތެދުކުރުމަކީ އީމާން ކަމުގެ ތެރެއިންވާ ކަމެކެވެ.

ގުނަވަންތަކުގެ އަމލުތަކަކީވެސް އީމާންކަމުގެ ތެރެއުންވާ ކަންތައްތއްކަން އަންނަނިވި ދަލީލުން ހާމަވެއެވެ. މާނައީ: އަދި ތިޔަބައިމީހުންގެ އީމާންކަން ގެއްލެނި ކުރައްވާކަށެއް ﷲ އެދިވޮޑިއެއްނުގަންނަވަތެވެ. ހަމަކަށަވަރުން، ﷲ އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ ރަހީމުވަންތަ ރަސްކަލާންގެކަން ކަށަވަރެވެ.” މިއާޔަތުގައި އީމާންކަމުގެ ލަފްޛު ބޭނުންކުރެވިފައިވަނީ ނަމާދަށެވެ. އެހެންކަމުން ނަމާދުފަދަ ގުނަވަންތަކުގެ އަމަލުތައް އީމާންކަމުގެ ތެރޭގައި ހިމެނެއެވެ.

LEAVE A REPLY

Please enter your comment!
Please enter your name here