ރާގޮނޑި ކޮއްޔަކީ ކޮލި އާއިލާޔަށް ނިސްބަތްވާ މަހެކެވެ. މި މަހުގެ ލޯ ރާނގޮނޑީގެ ލޮލާއި އެއްގޮތްވާއިރު ހަންގަނޑުގައި އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ބަނޑާ ހިސާބުގައި ކޮލީގެ އެހެން ބާވަތްތަކުގައި ހުންނަހެން ކުދި ކަށިތަކެއް ހުރެއެވެ. ބަނޑު ދައްފަރާތުގައި ރާގޮނޑީގައި ވާ ހުދު ރިހިކުލަ ހުންނައިރު މަތީގައި ހުންނަނީ ގަދަ ނޫ ކުލައެކެވެ. މަހުގެ ބުރަކަށި މަތީ ކޮތަރީގައި 15 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. އަދި ބަނޑު ދަށް ފަރާތުގެ ކޮތަރިދަށުގައިވެސް 13 އާއި 11 އާއި ދެމެދުގެ އަދަދަކަށް ކަށިހުރެއެވެ. ރާ ގޮނޑި ކޮއްޔަށް އިނގިރޭސި ބަހުން ކިޔަނީ އޯސެނިކް ޕުފާރ ފިސްއެވެ. މަހުގެ ސައިންޓިފިކް ނަމަކީ Lagocephalus lagocephalus, އެވެ.

ރާނގޮނޑި ކޮއްޔަކީ ރާގޮނޑިއާ އެއްވައްތަރުވެގެން އޮޅިގެން ކެވިދާނެހާ ވައްތަރު މަހެއްތޯއެވެ؟ މި ސުވާލަށް ޖަވާބު ދޭނަމަ ބުނެވެން އޮތީ ހަންގަނޑާ އަދި ކުލަ އަދި ލޮލުގައި ވައްތަރު ކަމެއް ހުރެއެވެ. އެހެންނަމަވެސް މުޅި މަހުގެ ސިފަ ނުވަތަ ސޭޕް، އަނގަ، ބަނޑު ދަށްފަރާތު ހަންގަނޑު، އުރަހަތައް، ނަގޫ ވަރަށް ބޮޑަށް ތަފާތެވެ. އެހެންކަމުން އޮޅިގެން ކެވިދާނެ މަހެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާނގޮނޑި ކޮލީގެ ވިހަ: ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާ ކެވިއްޖެނަމަ އިންސާނާގެ ފުރާނައަށް ނުރައްކާވެ އަވަސް ފަރުވާ ނުދެވިއްޖެނަމަ މަރާ ހަމަޔައް ދެއެވެ. އާންމުކޮށް ކޮލީގެ ހުރިހާ ވައްތަރުތަކަކީވެސް ވިހަ ހިމެނޭ މަސްތަކެކެވެ. އެހެންނަމަވެސް އެ ވިހަ މާއްދާއަކީ ވަކި ހިސާބެއްގައި ހުންނަ އެއްޗަކަށްވާތީ އެ މަހަކީވެސް ވިހަ ނަގާ ސާފްކޮށްގެން ކެއުމަށް ބޭނުންކުރާ މަހެކެވެ. މިގޮތުން ޖަޕާންގައި ކޮލީގެ ބާވަތްތައް ކައި އުޅެއެވެ. އެހެންނަމަވެސް ކޮލިން ވިހަ ފިލުވުމަށް ތަމްރީންކޮށް ލައިސަންސް ދީފައިވާ ފަރާތްތަކަށް ނޫނީ މި ބާވާތުގެ މަސް ކެއުމަށް މާރކެޓް އަށް ނެރުމުގެ ހުއްދަ އެއް ނޯވެއެވެ.

ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާއަކީ tetrodotoxin އެވެ. މިބާވަތުގެ ވިހަ ހިމެނޭ އެއްޗެއް ކެވިއްޖެނަމަ މީހާ ވާގިނެތި ނޭވާލުން ހުއްޓި، ހިތުގެ ހިންގުން ހުއްޓެއެވެ. ހަމަ އެހެންމެ ލޭ ދައުރުކުރާ ނިޒާމް ހުއްޓެއެވެ. މިހުރިހާ މައްސަލަ އެއްގެ ނަތީޖާއަކީ ފުރާނައަށް ނުރައްކާވެ މަރާ ހިސާބައް ދިއުމެވެ. އެހެންނަމަވެސް އެ ވިހަ މާއްދާ ނަގާ ސާފްކޮށްގެން ކެއުމުން އޭގެ ނުރައްކަލެއް ނެތެވެ.

ވިޔަފާރީގެ ގޮތުގައި ކޮލީގެ މަސްވިއްކާއިރު ބައެއް ފަހަރަށް އެންމެ ރަނގަޅަށް ސާފް ނުކުރެވި ހުރެދާނެއެވެ. ރާނގޮނޑިކޮލީގައި ހުންނަ ވިހަ މާއްދާ  ނުނަގާނަމަ ކައްކާ ހިއްކިޔަސް އޭގައި ހުންނާނެއެވެ. ހިއްކާފައިވާ ރާނގޮނޑި ކޮލި މަސް ކައިގެން އޭގެ ވިހައިގެ އަސަރުކޮށްގެން 2014 ވަނަ އަހަރު ނިއުޔޯރކް ސިޓީގެ މެޑިކަލް ސެންޓާރ އަކަށް 2 މީހަކު ގޮސް ދަށްކާފައިވެއެވެ. އެހެންކަމުން މިފަދަ ތަކެތި ކެއުމުގައި ސަމާލުވާން ޖެހެއެވެ.

Tetrodotoxin Poisoning Outbreak from Imported Dried Puffer Fish

The Lagocephalus invasion

Pictures available for Lagocephalus lagocephalus.

Published by ހުސައިން ނިޔާޒް

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންނުމަށްފަހު މަލްޓިމީޑިއާ ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.

Leave a comment

Your email address will not be published. Required fields are marked *