އިއްސަކީ ރާއްޖޭގެ ފަރުތަކުން މިހާރު މަދުވަމުންއަން ތަކެތީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްޗެކެވެ. މިހާރު އިހިމަހަކީ ރާއްޖޭގައި ކެއުމަށް ބޭނުންކުރެވޭ މަހަކަށް ވީނަމަވެސް އޭގެ އަތްފޯރާވަރަށްވުރެ ބޮޑެވެ. ހަމަ އެހެންމެ އިހިވެރިކަމުގެ ވިޔަފާރިއަކީ އޭގެ ފައިދާ އިންތިހާއަށް ބޮޑު މަސައްކަތަކެވެ. އެހެންނަމަވެސް މަސައްކަތަކީ މިހާރު ބުރަ މަސައްކަތަށްވެފައިވާއިރު އޭގެ މާރކެޓްވެސް ރާއްޖޭގެއި ފުޅާވަމުންއަންނަ މަސައްކަތެކެވެ. އަދި ރާއްޖޭގައި މިހާރުކުރެވެމުންއަންނަ މަސައްކަތަކަށް ވީނަމަވެސް މިކަންކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ރާއްޖޭން ދިވެހިން ރިސޯޓްތަކަށް ވިއްކުމަށް ނެގޭ މިންވަރަށްވުރެ ރާއްޖެއަށް އިންޕޯރޓްކުރޭވޭ މިންވަރު މަތިކަން ފާހަގަކުރެވެއެވެ. މިގޮތުން ވިއެޓްނާމް ފަދަ ގައުމުތަކުން އިހި ރާއްޖެ އެތެރެކުރެއެވެ.

ރާއްޖޭގައި އިހި ހިފައިގެން އިހިވެރިކަން ކުރަމުންދާ ފަރާތްތަކަށް އޮތް އެންމެ ބޮޑުދައްޗަކީ ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތްނުކުރެވުމެވެ. އަދި ބޮޑެތިވާވަރަށްވުރެ ގިނައިން ނެގުމުގެ ނަތީޖާއަކީ ރާއްޖޭން އިހި މަދުވަމުން ދިއުމެވެ. އަދި ހަމަ އެހެންމެ ބޮޑެތިނުވާ ކުދި އިހި ނެގުމާއި ބިސްއަރާފައި ހުންނަ އިހި ނެގުންވެސް މީ އިހި ނެތިދާން މެދުވެރި ސަބަބެކެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ބުނެވޭގޮތުގައި 1970 ހިސާބުގައި ފަސޭހަކަމާއި އެކު ރަށްރަށުގެ ހިކިތޮށިމަތިން ގިނައަދަދަކަށް އިހީގެ ބާވަތްތައް ފެނެއެވެ. އެހެންމަވެސް މިހާރު ފަރުތަކުގައި ފީނައިގެން ދުވާލުގަޑީގައި އިހި ފެންނަނީ ވަރަށްވެސް މަދުންނެނެވެ. އަދި އާންމުކޮށް މިހާރު ރާއްޖޭގައި އިހިވެރިކަން ކުރަނީ ރޭނގަޑުއެވެ.

 ދުނިޔޭގައި އިހީގެ 30 ވައްތަރެއް އުޅޭއިރު ރާއްޖޭގައި އުޅެނީ އިހީގެ  5 ވައްތަރެވެ. އޭގެތެރޭގައި ފަޅު އިހި، ގާއިހި، ކޮކާ އިހި، ކަނޑުއިހި، ކޮވެލި އިިހި ހިމެނެއެވެ. އިހީގެ ނަންތަކަށް ބަލާއިރު ރާއްޖޭގެ އެކިރަށްތަކުގައި ބޭނުންކުރާ ނަންތައް ތަފާތެވެ. އިހީގެ ދިރިއުޅުމަށް ބަލާއިރު އިއްސަކީ އާންމުގޮތެއްގައި ރޭނގަޑަށް ހަރަކާތްތެރިވާ އެއްޗެކެވެ. އަދި ދުވާލު ވަގުތު އާންމުކޮށް ކުދި ހޮހޮޅަ ނުވަތަ ހަރުތަކާއި ބަނޑަލިތައް ދަށުގައި ބޭރަށް ނަރަވަތައް ފެންނަގޮތަށް އިނދެއެވެ. އެކި ފަހަރުމަތިން އަޅުނގަނޑުމެން ފީނައިގެންވެސް ދުވާލު އިހި ހަރަކާތްތެރިވާ މަންޒަރު ފެނިފައި ނުވާއިރު ރަނގަޅުފެންވަރަކަށް އިހީގެ މަސްވެރިކަން ކުރާފަރާތްތަކާއި ސުވާލުކޮށްލުމުންވެސް އިތުރަށް އެކަން ޔަގީންވިއެވެ.

އިހީގެ ކެއުމަށް ބަލާއިރު ކަކުނި، ހަނދުރަ، ރިނދަލި ފަދަ ތަކެތި ކައިއުޅެއެވެ. އަދި ހަނދުރަ، ސަންގު ފަދަ ތަކެތި ކެއުމަށްޓަކައި އެފަދަ ތަކެތި ފަޅާލައެވެ. އިހީގެ ބަނޑުދައްފަރާތުގައި ވާ ހަރު ދަތްތަކުން އެފަދަ ތަކެތި ފަޅާލުމަކީ ނުހަނު ފަސޭހަކަމެކެވެ. އަދި ހަމަ އެހެންމެ އިހީގެ ބަނޑުގައިވެސް ހަރުތަކެތި މުގުރާނެ ބައިތައްވެއެވެ.

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *