ހިކިފަސްގަނޑަށްވުރެ   ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފައް ރާއްޖެއަކީ ފަސްގަނޑުތިރި ގައުމެކެވެ. ރީތި ފަރުތަކާއި ގިރިތަކުން ފުރިގެންވާ ހިއްފަސޭހަ ގައުމެކެވެ. މޫދުގެ ދިރުންތަކުގެ ގޮތުންބަލާއިރު މުއްސަނދި ގައުމެކެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ސަރަހައްދުތަކުން ބައެއްވައްތަރުގެ ދިރުންތައް ނެތިދާ ފަދައިން ދިވެހިރާއްޖެއިންވެސް ބައެއް ވައްތަރުތަކުގެ ދިރުންތައް އަންނަނީ ނެތިދާނެކަމުގެ ބިރުހީވަމުންނެވެ. މިގޮތުން ރާއްޖޭގައި ލިސްޓްކުރެވިފައިވާ ތަކެތީގެ ތެރޭން ވެލާ ކަހަނބަކީ ހާއްސަ ސަމާލުކަމެއްދީގެން ހިމާޔަތްކުރަން ޖެހޭއެއްޗެއްކެވެ.

ރާއްޖޭގެ ތާރީހުގައި އަޅުގަނޑުމެން ކާބަފައިންނަކީ ކަހަނބު ފަތް ބޭރުކޮށް އޭގެން އާންމުދަނީ ހޯދަމުންއައި ބައެކެވެ. އަދި ހަމަ އެހެންމެ ވެލާ ކަހަނބުގެ ބިސް ކެއުމަށް ބޭނުންކުރުމުގެ  އިތުރަށް ވެލާކަހަނބުގެ ސަރުބީއާއި މޭ ނަގައިގެން ތެޔޮ ހެދުމަކީވެސް އެޒަމާނުގައި އާންމުކަމެކެވެ. އެހެންނަމަވެސް   ރާއްޖޭން ވޭލާ ކަހަނބު މަދުވަމުން ދިއުމާ ގުޅިގެން ވެލާ ކަހަނބު ހިފުން މަނާކުރުމުން މިކަންތައް ތައް ހުއްޓުނެވެ.

ރާއްޖޭގައި އުޅޭ ވެލާ ކަހަނބުގެ ތެރޭން  ރާއްޖޭގެ ކަނޑުތަކުގައި އެންމެ އާންމު ވައްތަރަކީ ގުރީން ޓާރްޓްލސް( ވެލާ) އަދި ހާވްކސްބިލް( ކަހަނބު) އެވެ. މި ދެވައްތަރަކީ އާންމުކޮށް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ބިސް އަޅާ ދެ ވައްތަރެވެ. އަދި މީގެ އިތުރަށް އޮލިވަރ ރިޑްލީ ޓާރޓްލސް( ވާވޮށިވެލާ) ، ލޮގަރހެޑް ޓާރޓްލް( ބޯބޮޑުވެލާ) ރާއްޖޭގައި ބިސްއަޅާއެވެ. އެހެންނަމަވެސް މުސިންބި(ލެދަރބެކް ޓާރޓްލް) ރާއްޖޭގައި ބިސް އަޅާކަން ފާހަގަކުރެވިފައި ނުވެއެވެ.

ގުރީން ޓާރޓްލް(ވެލާ) ގެ ކެއުމަސް ބަލާއިރު ބޮޑަށް އޭގެ ކާނައަކަށްވަނީ މޫދުވިނަފަދަ ތެކތިކަން ފާހަގަކުރެވެވެ. އަދި ވެލާ އުޅެނީ މޫދުވިނަ ފަދަ ތަކެތި ހުންނަ ސަރަހައްދުތަކުގައެވެ. ކަހަނބުގެ އާންމުކޮށް އުޅެނި ފަރުތަކުގެ ގާތަކުގެ ތެރޭގައި ސްޕޮންޖަސް އާއި ގާފަދަ ތަކެތި ކައިގެންނެވެ. ޖެލީފިސްފަދަ ތަކެތި ކައިގެން އުޅޭ މުސިންބިއަކީ އާންމުގޮތެއްގައި ފެނުގެ މަތީފަށަލައިގައި ދަތުރުކުރާ ތަކެތި ކައިގެން އުލޭ އެއްޗެކެވެ.

ވެލާ ކަހަނބަކީ ކަނޑުތެރޭގައި ދަތުކޮށް އުޅޭ އެއްޗެއްކަމުން އިންޑިއާކަނޑުގެ ސަރަހައްދައް އަންނަ ބަދަލުތަކާއި މީހުން ވެލާކަނބަށް ބެލުމެއްނެތި ހިންގާ އަމަލުތަކުގެ އަސަރު ރާއްޖެއައްވެސް އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް ރާއްޖޭގައި ވެލާކަހަނބު  އާލާކޮށް ގިނަކުރުމަށްޓަކައި ގައުމުގެ އެނެމެހާ ފަރުދުން މިވަނީ މަސައްކަތް ކުރަން ޖެހިފައެވެ. މިގޮތުން ވެލާ ކަހަނބުގެ ބިސް ނެގުމާއި ވެލާ ހިފުން ހުއްޓާލަން ޖެއެވެ.

ރާއްޖޭގައި 5 ވައްތަރެއްގެ ކަހަނބު އުޅެއެވެ. މީގެ ތެރޭން 4 ވައްތަރެއް ރާއްޖޭގައި ބިސްއަޅާކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި އުޅޭ ވެލާ ކަހަބުގެ ވައްތަރުތަކަކީ:

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *