މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުއާއި މެދު ރާއްޖޭގައި ކަންތަށް ކުރެވިފައިވަނީ ވަރަށް އިހާނެތިކޮށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެރިކަންކުރި މީހަކާއި މެދު  އަމަލުނުކުރާފަދަ ގޮތަކަށެވެ. 20 އަހަރު ދުވަހު ރާއްޖޭގެ ވެރިކަންކުރެއްވުމަށްފަހު އިބްރާހިމް ނާސިރު ވެރިކަން އަމިއްލަފުޅަށް ދޫކޮށްލެއްވީ 10 ނޮވެމްބަރ  1987 ވަނަ ދުވަހުގެރޭ މެންދަމު 12 ޖަހާއިރުއެވެ . އިބްރާހިމް ނާސިރު ވެރިކަން ދޫކޮށްލެއްވުމާއި އެކު  މައުމޫން އަބްދުލްޤައްޔޫމް ހަމަ އެވަގުތު ވެރިކަމާއި ހަވާލުވެވަޑައިގަތެވެ.


 ރައިސް އިބްރާހިމް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ތަފާތު އެތަކެއް ތުހުމަތު ތަކެއްކުރިއެވެ.  އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީގަތަކީ ކުށެއް ސާބިތު ނުވާހާ ހިނދަކު އެއްވެސް މީހަކީ ކުއްވެރިޔެއް ނޫންކަމެވެ. އަދި އެމީހަކީ ކުއްވެރިޔެއްގޮތުގެ ބެލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އެހެންނަމަވެސް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ސަރުކާރުގެ އިސްފަރާތްތަކާއި އާންމުން މުޒާހަރާތައްކޮށް ހުތުރު އެއްޗެހެތި ކިޔަންފެށުނެވެ.  ސަރުކާރުގެ ރޭޑިޔޯއިންވެސް ކެނޑިނޭޅި އިވެމުން ދިޔައީ މަލާމާތުގެ ލަވަތަކެވެ. ހިތާމަހުއްޓެވެ. ޤައުމުގެ ތަރަށްގީގެ ބިންގާ އަޅުއްވައިދެއްވި ހަރުދަނާ ލީޑަރު އިބްރާހިމް ނާސިރު އާ ދެކޮޅަށް މިހުރިހާ ކަމެއް ރޭވިފައިވަނީ އޭރުގެ ސަރުކާރުގެ ތެރޭންނެވެ.ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ވެރިކަން ދުކުރަށްވާ މާގިނަދުވަހު ރާއްޖޭގައި މަޑުނުކުރަށްވައެވެ. މިގޮތުން 1978 ގެ ޑިސެމްބަރ 7 ވީ ބުރާސްފަތި ދުވަހު ރާއްޖެ ދޫކުރަށްވާ ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އެޔަށްފަހު ސިންގަޕުރުގައި އުޅުއްވަމުންއައިސް ރާއްޖެއަންނަން ބޭނުންފުޅުވެގެން ދިވެހި ސަރުކާރުގަ އެދުމުން ޖަވާބު ނުލިބި ވަނިކޮށް އޭގެ ތިރީސް އަހަރު ފަހުން އިބްރާހިމް ނާސިރު މިފަނާވަނި ދުނިޔެއިން ވަކިވިއެވެ.  އެއީ 2008 ވަނަ އަހަރުގެ ނޮވެންބަރު 22 ވީ ހޮނިހިރު ދުވަހުގެރޭގެ 7 ޖަހާކަށްހާއިރުއެވެ.

ރާއްޖޭގެ ތަރަށްގީގެ ބިންގާއަޅުއްވައިދެއްވެވި ހަރުދަނާ ލީޑަރަކީ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ކަމާއި މެދު ޝައްކެތްނެތެވެ. ދިވެހިންގެ ދިގު ތާރީޙު މިކަމަށް ހެކިދެއެވެ. ތާރީޙުުގެ ފަތްފުތްތަކުން މިޙަޤީގަތް ވަރަށް ސާފުކޮށް ފެންނާންއެބައޮތެވެ. ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއަރުވާ ޖީސީއީ އޯލެވެލް ތަޢާރަފްކުރިއެވެ. ސަރަޙައްދީ ފެންވަރުގައި ފާހަގަކުރެވޭފަދަ ސިޕިންގ ލައިނެއް އުފެއްދެވިއެވެ. މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ބިނާކުރިއެވެ. ރޭޑިއޯާ ސްޓޭޝަން އުފެދުނެވެ. އަތޮޅުތަކުގެ ރަށްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މާލޭގައި އަތޮޅު ފިހާރަތަކެއް އުފައްދަވައިދެއްވިއެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ ދިވެހި ބަހުން ލިޔެވުނެވެ. ރާއްޖެއަށް އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދަވައިދެއްވީވެސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. މިހެން ގޮސް ކިޔާ ކޮޅުން ލާކަށްނެތެވެ. އެމަނިކުފާނުގެ ހިދުމަތްތަށް ނުހަނު ގިނަގުނައެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބާވަޑައި ގަތުމާއި އެކު އެމަނިކުފާނާއި މެދު ކަންތަށްކޮށްފައިވަނީ ވަރަށް ދެރަކޮށެވެ.

މިދިވެހިރާއްޖޭގެ ތަރަށްގީގެ ބިންގާ އަޅުއްވައިދެއްވި އިބްރާހިމް ނާސިރުގެ ފަރާތުން ސަރުޢީ ކޯޓަކުން މައްސަލަ ބެލުމުގެ ކުރީން އެމަނިކުފާނަށް މަލާމާތްކޮށް ކާރޓޫން ކުރަހާ މަލާމާތުގެ އެތަކެއް ލަވައެއް ހަދައި ރޭޑިއޯއިން ފޮނުވަމުންދިޔައެވެ. ރޯލުތަށް ހަދައި ވިއްކަމުންއައެވެ. އިބްރާހިމް ނާސިރުގެ ފަރާތުންވެސް ކުށެއް ސާބިތުވެފައިވާނަމަ ޙައްޤު އަދަބު ދިންނަމަ މައްސަލައެއްނެތެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. މައްސަލަތަށް ބަލައި ހުކުމް އިއްވުމުގެ ކުރިންވެސް އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުން ތަކުރާރުކޮށް އަންގަމުން ދިޔައީ ނާސިރުއަކީ ވަގެއްކަމަށެެވެ. ކުށްވެރިއެއްކަމަށެވެ. ނުވިތާކަށް މާލޭގެ މަގުތަކުގައި ނާސިރުއަށް މަލާމާތްކޮށް ކުރަހާފައިވާ ކާރޓޫންތަށް ބަހައްޓާފައިވއެވެ. އަދި ހަމަ އެހެންމެ ރާއްޖެތެރޭގައިވެސް ނާސިރުގެ ކާރޓޫންކުރަހާ ދަންޖައްސާ ރަށްޔިތުން ނިކުމެ ނާސިރާއި އިދިކޮޅު ސުޢޫރު ފާޅުކުރަމުން މަގުމަތީ ހަޑިހުތުރު ބަހުން ހަޅޭލަވަމުން ހިނަގާފައިވެއެވެ. މިހުރިހާކަމެއްވެސް ހިނގަމުން އައިސްފައިވަނީ ދިވެހި ސަރުކާރުގައި އިސްކޮށްތިބި ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެކުގައެވެ.

ރައިސް އިބްރާހިމް  ނާސިރު ވެރިކަން ދުކޮށްލެވުމުން އެހިންގި ނާތަހުޒީބު އަމަލުގައި ސަރުކާރުން ބައިވެރިވެފައި ވުމަކީ އޭރުގެ އެކަމުގައި އިސްކޮށްތިބި ފަރާތްތަކުން ދިވެހި ރައްޔިތުންގެ ކިބައިން މާޢާފަށް އެދެންޖެހޭނޭ ކަމެއްކަން ޔަގީނެވެ. އެމަނިކުފާނަށް ކުރެވިފައިވާ މަލާމާތަކީ އިންސާނަކަށް ކުރަން ހެޔޮނުވާނޭފަދަ މަލާމާތްތަކެވެ. ކުރެހިފައިވާ ކާރޓޫންތަކަކީ ބަލަން ނުކުރޭފަދަ ހަޑިހުތުރު ކާރޓޫންތަކެވެ. އައިބު ސިފަތަކާއި މިނިކާ ޖަނަވާރުންގެ ފަދައިން ސިފަކޮށް ކާރޓުންކުރަހާ އާންމުކޮށްފައިވާކަމީ ޙަޤީގަތެވެ. އެދުވަސްވަރު ސަރުކާރުގެ ލައިބްރަރީގައި ކޮންމެ މީހަކަށް ފެންނާނޭހެން ނާސިރުއަށް މަލާމާތްކޮށް އައިބުކިޔާފަ ކުރަހާފައިވާ ކާޓޫން ހިމެނޭ އާބާރު ނޫސް ހުރެއެވެ. މިހުރިހާ ކަމެއްގެ ޙަަޤީގީ ބޭނުމަކީ ދިވެހިންގެ ތަރަށްޤީގެ ބާނީ އިބްރާހިމް ނާސިރުއާމެދުގައި ދިވެހިންގެ ހިތުގައި ނަފުރަތު އުފައްދާ ރުޅިވެރިކަން އުފެއްދުމެވެ.

ރާއްޖޭގެ ތަރަށްޤީގެ ބާނީ އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް ކާރޓޫނުކުރެހުމުގެ  އިތުރަށް ރޭޑިޔޯއިން މަލާމާތުގެ އެތަކެއް ލަވައެއް ފޮނުވާފަވެއެވެ. ނޫސްތަކުގައި އެތަކެއް ލިއުމެއް ލިޔެފައިވެއެވެ. ނާސިރުއާ މަލާމާތްކޮށްހެދިފައިވާ ލަވަތަކަކީވެސް ޙަޤީގަތާއި އިންސާފަށް ވިސްނާލާއިރު އަޑުއަހާލަން އުނދަގޫ ލަވަތަކެކެވެ. އަދި ކިއެއްތަ މީހަކާމެދުގަ ހަސަދަވެރިވެ ރުޅިއަޔަސް އެފަދަ މަލާމާތުގެ ލަވަތަށް ހަދަން ހަމަ ހެޔޮނުވާނޭކަން ޔަގީނެވެ.

ރައިސް އިބްރާހިމް ނާސިރުއަށް އަދި އޭރުގެ ސަރުކާރުގައި ތިބި އިސް ފަރާތްތަކަށްވެސް އެފަދަ މަލާމާތުގެ ޅެންތަކާއި ކުރެހުންތަށް ރަށްދުކޮށްފައިވެއެވެ. “ތިއެ ފިރުޢައުނޭ ދެން ނިމިދާނޭ އަސްލުވެލާނާ” “ނާސިރު ވަގު”،ހިތުގައި ރަޙުމެއްތް ނުވާ މީހަކީ ނާސިރޭ” އަރާ މީބަނޑު ތިޔަ ހިނދޭނީ ފަނާވެ ނިމިގެންނޭ” “ވެލާނާ އުނދުޅި،އާދެ ބޮއްކަޅު ދިއުޅި، ބުއްދިއެއް ނުވި ދިއުޅި، ދަންނަ އެންމެން ބުނޭ ރަންނަމާރީ ތިއޭ،  މީ ދެވަނަ ޖުމުހޫރިއްޔާގެ ރައީސް އިބްރާހިމް ނާސިރުއަށް ނިސްބަތްކޮށް ހަދާފައިވާ މަލާމާތުގެ ޅެންޅެމުގެ ކުޑަމިންވަރެކެވެ. އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް  ހަޑިހުތުރުބަހުން މުޙާތަބުކުރެވިފައިވާ ޅެންތަށް ވަރަށްވެސް ގިނައެވެ. އެހެންކަމުން މިފަދަ ލިއުމެއްގައި ލެންތަކުގެ ތަފްސީލަށްދާކަށް ނެތީމެވެ.  އެހެންނަމަވެސް މަލާމާތާއި ފުރަށްސާރައިގެ ގޮތުން ހެދިފައިވާ ޅެންތަކަށް ބަލައިލާނަމެވެ. އެގޮތުން ނަސީމީ ޝުއޫރު، ބޭނުންވިޔަކަށް، ބާޢީބޭ ސިންގަޕޫރުގައި، ޚަރާބު ސިކުނޑި، ވެރިކަމުގެ މަސްތުގައި، ތިޔައީ ނާސިރޭ، ޢައްދާރު ޑާކޫ، ކެވުނު ތަކެތި، ކާފަ ދަރިފުޅު، ބޭޒާރުވުމުން، ފިލާތިބެ ބަލަ! އާދޮގޭ!،  އަދިވެސް ބެހޭނެބާ!، ވަގަށް ނެގި އެއްޗެތި ކޮބާ!،  މަކަރުވެރި ޢައްދާރު، ފަދަ ނަންނަމުގައި ޅެންތަށް ނެރެވުނެވެ.  އަދި މީގެ އިތުރަށް ނާސިރުގެ ވެރިކަމުގައި އިސްކޮށް ތިއްބެވި އަދި ރާއްޖޭގެ ރަށްޔިތުންނަށް ގިނަގުނަ އެހީތަށް ދެއްވި ކުވާ މޮހެދޭ އަދި މައިޒާން އަލިބެ ފަދަ މީހުންނަށްވެސް އެޅެންތަކުގައި މަލާމާތް ރައްދުކޮށްފައިވެއެވެ.

ކޮންމެބަޔަކު ކޮންމެ ގޮތަކަށްދެކުނަސްރައިސް އިބްރާހިމް ނާސިރު އަކީ މިގައުމުގެ ތަރައްޤީގެ ބާނީއެވެ.  ރައިސް އިބްރާހިމް ނާސިރުއަކީ ދިވެހިރާއްޖެ މިދެކޭ ތަރަށްޤީގެ ބިންގާއަޅުއްވައިދެއްވި ލީޑަރެވެ.  ކުށްކުރުމަކީ އިންސާނީ ސިފަޔަކަށް ވީހިނދު ނާސިރުއަށްވެސް ކުށެއް ކުރެވިދާނެއެެވެ.  އެހެންނަމަވެސް  ސަރީއަތުގެ ބޭރުން ވަގަށްގޮވާ މަލާމާތްކޮށް ފުރަށްސާރަކުރުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. ވައްކަންކުރިނަމަވެސް ޚިޔާނާތްތެރިވީނަމަވެސް އެކަމަށް ކަނޑައެޅޭ އަދަބުގެ ބޭރުން މިފަދަ ކަންތަށްތައްކުރުމަކީ އިންސާފާއި އަޙުލާޤީ އުސޫލުތަކާއި ހިލާފުކަމެކެވެ. އިބްރާހިމް ނާސިރުގެ މައްޗަށް ޚިޔާނާތުގެ ދައުވާކޮށް މައްސަލަ ހައިކޯޓުން ނިންމެވިއިރު  އެމަނިކުފާނު ދައުލަތަށް ދަށްކަންޖެހޭ( ދިހަ މިލިއަން ތިންސަތޭކަ އަށްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ހައްދިހަ ފަސްލާރި) އާއި ( ދެމިލިއަން ފަސްސަތޭކަ ހަތްދިހަ ހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ޔޫ.އެސް ޑޮލަރު 30 ޖަނަވަރީ 1986 ފެށިގެން ހަމަދުވަސްތެރޭގައި ދަށްކަވައި ނިންމަވަން އެންގުނެވެ.  އަދި ފަހުން އިބްރާހިމް ނާސިރުގެ ވެލާނާގެވެސް ސަރުކާރަށް ނެގުނެވެ. އެހެންނަމަވެސް ފަހުން އެނގިފާޅުވީ ބޮޑު ޙަޤީގަތަކީ އިބްރާހިމް ނާސިރުގެ ޚިޔާނާތެއް ނެތްކަމެވެ. އަދި ސައުދީ ރަސްގެފާނު ދެއްވި  20ލައްކަ ޑޮލަރުގެ ޗެކުވެސް ނާސިރު ބޭނުންކުރިކަމަށް ތުހުމަތުކުރެވުނު ނަމަވެސް  ސިންގަޕޫރު ހަބީބު ބެންކުގެ ދިވެހި ސަރުކާރުގެ އެކައުންޓުގައި ޖަމާކޮށްފައިވާކަންވެސް އެނގިހާމަވީއެވެ. ﷲ އިބްރާހިމް ނާސިރުގެ ފުރާނަފުޅަށް ހެޔޮރަޙުމަތް މިންވަރުކުރަށްވާށިއެވެ. އާމީން

Previous articleމާރުކޭޓުން ގަންނަ މަހުގެ ކޮލެޓީ އާ މެދު ވިސްނާލެވޭތޯ؟
Next articleނުފޮހެވޭނެ ހިތާމައެއް..!
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންނުމަށްފަހު މަލްޓިމީޑިއާ ބެޗްލާސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.

LEAVE A REPLY

Please enter your comment!
Please enter your name here