ނޯޑިސްކް(( No-Disk ވައިރަސް އަކީ ވަރަށް އާންމު ކޮންޕިއުޓަރު ވައިރަސް އެކެވެ. ޕެންޑްރައިވްތައް މެދުވެރިވެގެން އެއް ސިސްޓަމް އިން އަނެއް ސިސްޓަމް އަށް ފެތުރިގެންދެއެވެ. އަދި މި ވައިރަސްގެ ސަބަބުން ކޮންޕިއުޓަރު ބޭނުންކުރަން ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.

ނޯޑިސްކް ވައިރަސްގެ އެންމެ ބޮޑު އުދަގުލަކީ ވިންޑޯސްގެ ޕުރޮގުރާމްތައް ހުޅުވާއިރު އެތަކެތީގެ މައްޗައް އެރުމާއި ސްކްރީންގައި ފެންނަން އިނުމާއި، އަދި ބައެއް ފަހަރަށް ވަރަށް ގިނަ އަދަދަކަށް ނޯ ޑިސްކް އަރާފަ އިންނަ ބޮކްސް އެއް ހުޅުވިފައިހުރުމެވެ. އަދި ޕެންޑްރައިވް އެއް އެފަދަ ސިސްޓަމަކަށް ޖަހަފައިނަމަ ވަރަށް ފަސޭހައިން ދެން ޕެން ޖަހާ ސިސްޓަމްއަށްވެސް އަރައެވެ. އަދި ނޯޑިސްކް ކުލޯސް ވެސް ވަރަށް މަދު ފަހަރަކު ނޫނީ ނުކުރެވެއެވެ.

ނޯޑިސްކް ވައިރަސްއަކީވެސް ސިސްޓަމް ތެރެއަށް އަރާ ވައިރަސްއެކެވެ. މި ވައިރަސް އާންމުކޮށް ފެންނަނީ ލޯކަލް ޑިސްކް(ސީ) ގެ ސިސްޓަމް ފައިލްތެރެއިންނެވެ. މި ވައިރަސް ދުއްވާލުމަށްޓަކައި ބައެއް ފަރާތްތަކުން އެންޓިވައިރަސް ބޭނުންކުރިނަމަވެސް އެންޓިވައިރަސް ޕުރޮގްރާމް އެއް ބޭނުން ނުކޮށްވެސް މި ވައިރަސް ދުއްވާލެވިދާނެއެވެ.

އެންޓިވައިރަސް ޕުރޮގްރާމަކާ ނުލާ ނޯ ޑިސްކް ވައިރަސް ދުއްވާލާނީ ކިހިނެތް؟

ނޯޑިސްކް ވައިރަސްގެ އާންމު ލޮކޭޝަން އަކީ ލޯކަލް ޑިސްކް(ސީ) ގެ ސިސްޓަމް ފައިލްއެވެ. ލޮކޭޝަން ހޯދަން އުނދަގޫވެއްޖެނަމަ މައި ކޮންކޮންޕިއުޓަރުގެ ސާރޗްގައި ނޯ ޑިސްކް ސްޕެލިން ރަނގަޅަށް ޖަހާފައި ސާރޗް ކޮށްލައްވާށެވެ. ނުވަތަ ސިސްޓަމް ފައިލް ސާރޗް ކުރާށެވެ. ނޯމަލް މޯޑްގައި ހުޅުވުމުގެ ބަދަލުގައި ސޭފް މޯޑްގައި ހުޅުވާށެވެ.  ނޯމަލް މޯޑްގައި ހުޅުވާއިރު ނޯ ޑިސްކް ހުޅުވިފައި އިންނަ ނަމަ ފޮހެނުލެވެއެވެ. އަދި ކުލޯސް ނުކުރެވެއެވެ. އެހެންނަމަވެސް ސޭފް މޯޑްގައި ހުޅުވުމުން އެހެން ހުންނަ ނޯޑިސްކް ވައިރަސް ނުހުޅުވެއެވެ.

ސޭފް މޯޑްގައި ވަދެ ނޯޑިސްކްގެ ލޮކޭޝަން ސާރޗްކޮށްގެން ހޯދާށެވެ. ނޯމަލް މޯޑްގައި ހުޅުވުމުން ނޯޑިސްކް އެރީމަ ޓާސްކް މެނޭޖާއަށް ގޮސްގެންވެސް ލޮކޭޝަން ހޯދޭނެއެވެ. އަދި ވައިރަސްއަށް ރައިޓް ކުލިކްކޮށް ޕުރޮޕަޓީ އަށް ގޮސް ސެކިއުރިޓީ އޮޕްޝަން ނަގާށެވެ. އަދި އެއަށްފަހު ޔޫސާ ސެލެކްޓްކޮށް ފުލް ކޮންޓްރޯލް ދޭށެވެ. އަދި އެއަށްފަހު އޯކޭ އަށް ފިތާށެވެ. ދެން އެ ހިސާބުން ނޯޑިސްކް ޑިލީޓްކޮށްލާށެވެ. މައްސަލަ ހައްލުވާނެއެވެ. އެހެންނަމަވެސް ފުލް ކޮންޓްރޯލް ނުދީ ޑިލީޓް ނުކުރެވޭނެއެވެ.

ނޯޓް: މި ލިޔުން ލިޔެފައިވާނީ މިގޮތަށް މިކަން ތަޖްރިބާ ކުރުމަށްފަހުއެވެ.

Published by ހުސައިން ނިޔާޒު / ޅޮހި

އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

Leave a comment

Your email address will not be published. Required fields are marked *