ބޯވާގައި އާންމުކޮށް ހުންނަނީ 8 ފައެވެ. މިހާތަނަށް މިއާ ހިލާފަށް ފެނިފައިވަނީ 6 ފައި ހިމެނޭ ދެ ބޯވާއެކެވެ. އެ ބޯވާތައް އުފެދިފައިވާ އިރުވެސް  ވަނީ ހަ ފައިކަން ފާހަނގަކުރެވެއެވެ. ރާއްޖޭން އާންމުކޮށް  ފެންނަ ބޯވާތަކުގައިވެސް ބައެއް ފަހަރަށް 8 ފަޔަށް ވުރެ މަދުކަން ފާހަނގަކުރެވެއެވެ. އެހެންނަމަވެސް އެ ތަކެތީގައި 8 ފަޔަށް ވުރެ މަދުވެފައި ވާއިރު މަދުވާ ފައިތަކުގެ ބުޑު ފެންނާން ހުރެއެވެ، މިގޮތަށް އަޅުގަނޑުމެންނަށް ފެންނަ ބޯވާ އަކީ ކޮންމެސް ދިރޭ އެއްޗެއްގެ ފަރާތުން އަނިޔާ ލިބިފައިވާ އެއްޗެއްސެވެ. މިގޮތުން ބަލާއިރު އަޅުގަނޑުގެ ތަޖްރިބާގައި ވެނަކީ އާންމުކޮށް ހަމަލާ ދޭ އެއްޗެކެވެ. އާންމުކޮށް ކޮންމެ ބޯވާ އަކަށްވެސް ކޮންމެސް ކަހަލަ އަނިޔާއެއް ލިބިފައިވާކަން ފާހަނގަކުރެވެއެވެ. ދުނިޔޭގައި 6 ފައި ލީ ބޯވާގެ ގޮތުގައި ރެކޯރޑްކުރެވިފައިވާ ދެ ބޯވާ އަކީ މެރިން ބައިލޮޖިސްޓުން ބުނާ ގޮތުން އެއީ އުފަންވުމުގެ ފަހުން ލިބިފައިވާ ގެއްލުމެއް  ނޫނެވެ. އެއީ އުފެދުމުގައި ވެސް 6 ފައި ލާފައިވާ 2 ބޯވާއެވެ.

ފުރަތަމަ ފެނުނު 6 ފައިގެ ބޯވާ ފެނިފައިވަނީ 2008 ވަނަ އަހަރު އުތުރު ވޭލްސްގެ ކަނޑުންނެވެ. އެ ބޯވާ ހިފާފައިވަނީ އިހި ހިފާ ޕޮޓަކުންނެވެ. މި ބޯވާ ލާފައިވަނީ ވޭލްސްގެ އެންޖަލެސީ ސީ ޒޫ އަށެވެ. ދެވަނަ އަށް ފެނުނު ހަ ފައި ލީ ބޯވާ ހިފާފައިވަނީ އެމެރިކާގެ އާއިލާއަކުން ގްރީސް އަށް ކުރި ޗުއްޓީ ދަތުރެއްގައެވެ.

LEAVE A REPLY

Please enter your comment!
Please enter your name here