ހަމަ އެންމެ ރާތައްޓެއް

ފުރަތަމަ ރާފޮދެއް ބޯލީ ހަމަ މަޖަލަކަށެވެ. ރާބޯކަށެއް ނޫނެވެ. ދެން ހަމަ ރަހަ ބަލާލާ ހިތުންނެވެ. ދެން އެވީ ގޮތްގޮތުގެ ވާހަކަ ދައްކާ ހިތެއް ނެތެވެ. އެހައިވެސް ހިތްގައިމުވެފައި ކޫލެވެ. ގެ ރާނަންވެގެން ގޭ ބިއްދޮށުގައި ތަޅާފައިހުރި ގާފުނިވެސް ފެންނަނީ ޕާރކެއްގެ ސިފައިގައެވެ. އަނެއްބައިފަހަރަށް ސްވިމިންގްޕޫލެއް ހެންވެސް ހީވެއެވެ. މަޑުމަޑުން ގެއިން ނުކުމެގެން ގޮސް ސްވިމިންގްޕޫލަށް ފުންމާލީމެވެ.
ދެން ހަށިގަނޑަށް ލިބުނު ފިނިކަމުން މަޑުމަޑުން ނިދެން އުޅޭހެންވެސް ހީވެއެވެ. އެހެނެއްކަމަކު ނިދޭގޮތެއް ނުވިއެވެ. ކައިރިން އެފެންނަނީ ރީތި ހިތްގައިމު މަސްމަހާ މެއްސެވެ. ބައެއްފަހަރަށް ގޭދޮށުގައި މިހާބޮޑު މަސްފެންގަނޑެއް ހެދީ ކާކުބާއޭ ވެސް ހިތަށް އަރައެވެ. ވެފައިހުރި “ކޫލް” ކަމުގެ ސަބަބުން އިތުރަށް ވިސްނާނެހާ ވަރެއްނެތެވެ. އެހެނެއްކަމަކު މުޅި ޙަޔާތުގައިވެސް މިފަދަ އަރާމު ހިތްގައިމު ދިރިއުޅުމާ ދުރުގައި މިއުޅެވެނީ ކީއްވެބާއޭ ހަވަނަ ޙިއްސު ބުނަން ފަށައިފިއެވެ.
ތަދާއި ވޭނުގެ ދުނިޔެއެއްގައި ދިރިއުޅެމުން އައިސް މީރު ސަރުބަތު ތައްޓެއްގެ ޛަރީއާއިން މިހާ މަޑުމައިތިރި އަރާމު ސުވަރުގެއެއްފަދަ ދުނިޔެއަކަށް އާދެވޭނެކަމަށް ހިތަށްވެސް ނާރައެވެ. މިހާ އަރާމު ދުނިޔެއަކަށް މިއޮށް ހުރިހާ ދުވަހު ނައިސް މިހުރެވުނީ ސަރުބަތަކީ “ހަރާމް” އެއްޗެއްކަމަށް މީހުން ބުނާތީއާއެކު އަދި އަތްފޯރާފަށަށް މިކަހަލަ ސަރުބަތު ތައްޓެއް ނުފޯރާތީއެވެ. އެހެނެއްކަމަކު އަދު ދުނިޔެ މިލްކުވި ކަހަލައެވެ. ވަޒީފާ އަދާކުރި ރިސޯރޓުން ކަނޑާލީ ހައެއްކަ ސަރުބަތު ފުޅި ވަގަށްނެތި މައްސަލާގައެވެ. އެ ސަރުބަތުފުޅިތައް ހިފައިގެން ރަށަށް އައިއިރު މަންމައާއި ބައްޕަވީ ޙައްޖަށް ގޮހެވެ. ގެ އޮތީ ހުސްކޮށެވެ. އަނެއްކާ ރަށުގައި ހުރި ހޮޓަލުންވެސް ސަރުބަތު އެހުރީ އަތްފޯރާ ފަށުގައި ގަންނަން ލިބޭށެވެ. އެހެންވީމާ އިތުރަށް ތަދާއި ވޭނުގެ ދުނިޔެއްގައި މަޑުނުކުރާންވެގެން ސަރުބަތު ފުޅިއެއް ކަނޑާލީއެވެ. ފުރަތަމަ ތަށީގެ ޛަރީއާއިން މި މަޑުމައިތިރި ސުވަރުގެއެއްފަދަ ފިނި ބަގީޗާއަށް އާދެވުނީ ހާދަ ފަސޭހައިންނެވެ. ދީނީ ޢިލްމުވެރިންގެ ނަމުގައިވެސް މިތިބެނީ ހާދަ ތަންދޮރު ނުދަންނަ ގަމާރު ބަޚީލު ބައެއްތާއެވެ. އެމީހުން އަހަރެމެން މިއޮށްފަދަ އަރާމު ދުނިޔެއަށް އަޔަނުދެނީ މިދުނިޔޭގެ މަތިވެރި ނިޢުމަތެއް އަހަރެމެންނަށް ލިބިނުދޭންވެގެންނެވެ. އާއެކެވެ. ދެން އެދުނިޔެއަށް ދެވިއްޖެނަމަ އަންނާނީ އަންނާނީ އަހަރެންގެ ހުރިހާ އަހުލުން ގޮވައިގެންނެވެ.
މިއީ އަންނަންވެސް އަނެއްކާ ހާދަ ފަސޭހަ ދުނިޔެއެކެވެ. ހަމަ އެންމެ ތައްޓެއް ބޯލާއިރަށް އެއޮތީ މިދުނިޔެއަށް އާދެވިފައެވެ. ވެގެންވަންޏާ މިދުނިޔެއަށް އަންނާނީ މުޅި ދިވެހިރާއްޖޭގެ އެންމެން ގޮވައިގެންނެވެ. އެކަމަކު މީހުން ގިނަވީމާވެސް މި ދުނިޔޭގައި ކަމަކު ނުދާނެއެވެ.
އަނެއްކާ މިއީ އަންނަން މާ އަގުބޮޑު ޓިކެޓް ބޭނުންވާ ދުނިޔެއެއްވެސް ނޫނެވެ. ކުއްލިއަކަށް އެއޮއްފަދަ އަރާމު ދުނިޔޭގައި އޮއްވާ މީހުންތަކެއް އަހަރެންގެ ގައިގައި ހިފައިގަންނާން އުޅޭހެން ހީވާން ފަށައިފިއެވެ. އެ ބަގީޗާއިން ނުނުކުންނާން ދެއްކެން އޮތްހައި ގަދައެއް ދެއްކީމެވެ. އެކަކު ބުނާތީ އަޑު އިވުނެވެ. “ގާފުނި މަތީގައި މިއޮތީ ބޮއެގެން ދޯ” އެވެ. އަނެކަކު “އަވަސްކުރާށޭ މިއޮތީ ވަރަށް ބޮޑަށް ޒަހަމުވެފައޭ” ބުނާތީ އިވުނެވެ. ދެންވީގޮތެއް ނޭނގުނެވެ.
ރޭދުވާ ހިނގާކަން އެނގެއެވެ. ނަމަވެސް ލޮލަކަށް ނުފެނެއެވެ. ގާތް މީސްމީހުން ޒިޔާރަތްކޮށް އަހަރެންގެ މައްޗަށް ހިތާމަކުރާހެން ހީވެއެވެ. އަތުގައި އަތްލާ މޫނުގައި އަތްލާ ހަދައެވެ. އެއްވެސް ތަދެއް އިޙްސާސްނުވިޔަސް ލޮލަށް ނުފެންނާތީ ވެގެންއުޅެނީ ކިހިނެއްކަމެއް ނޭނގެއެވެ.
ދެހަފުތާފަހުން ސިހުނީ “މަގޭ ދަރިފުޅޭ” ކިޔާފައި މުސްކުޅި ދެމީހަކު އައިސް އަހަރެންގެ ގައިގައި އޮޅުލާ ގަތުމަށްފަހު އަޑުން އަޑުނަގައި ރޯންފެށި އަޑަށެވެ. އެއީ އަނެއްކާ އަހަރެންގެ މައިންބަފައިން ހެއްޔެވެ؟ ހަނދާންކުރަން އުޅުނަސް ހަނދާންވަނީ އެންމެ ކަމެކެވެ. އެއީ އެންމެފަހުން ދުވަސްތަކެއް ކުރިން ސަރުބަތު ފުޅިއެއް ކަނޑާލުމަށްފަހު ސަރުބަތު ތައްޓެއް ބުއި ހަނދާނެވެ.
ދެން އިވުނީ ޑޮކްޓަރުގެ އަޑެވެ. “ލޮލަށް ހުރީ ގާގަނޑެއް ހެރިފައި. މިތަނަށް ގެނައީ ގާފުނިމަތީގައި ފާޑަކަށް ހޭނެތިފައި އަމަލުވެފައި އޮއްވާ. މެއަށް ހުރީ ވަރަށް ގެއްލުންވެފަ. ލޮލުގެ ނާރެއްގައި ލޭ އުފެދި ސިކުނޑިއަށް ލޭ އެރުމުގެ ސަބަބުން ހަނދާނަށްވަނީ މައްސަލަޖެހިފައި. އަޑުއިވުމުގައިވެސް މައްސަލަ އެބަހުރި.”
ދެން މުސްކުޅި ދެމަފިރިންގެ ރުއިމުގެ އަޑު ބާރުވާން ފަށައިފިއެވެ. ޙައްޖަށް ގޮސް މައްކާއިން ދަރިފުޅަށް ގަނެދިން ހަދިޔާތައް ދޭނެ އިތުރު ދަރިޔަކު ނެތެވެ. “ހިތްވަރު ކުރޭ! އެކަމަކު………… އެކަމަކު ރަނގަޅުވާނޭކަމުގެ އުއްމީދު ކުޑަ” މިޖުމްލަ އިވުމާއެކު އަހަރެންނަށްވެސް ވާނުވާ އެންގެންފެށި ކަހަލައެވެ. ބޭއިޚްތިޔާރުގައި އެޙާލުގައި އޮވެ ރޮވެން ފެށުނެވެ. މުޅި ޙަޔާތުގައިވެސް އެންމެ ރާތައްޓެއް ބޯލީތީ މަލަކަލްމައުތުގެ އިންތިޒާރުގައި މުޅިޙަޔާތުގައި އޮންނަންޖެހުނީއެވެ. މިއީ ހާދަ އެހެންކަހަލަ ބުއިމެއްތާއެވެ. “އަރާމު” ދުނިޔެއަކުން “ނަރަކަ” އަށް ގެންގޮސްދޭ ވިޔާނުދާ ބުއިމެކެވެ. އެނގުނުއިރު މާލަސްވެއްޖެއެވެ.

What's your reaction?

Excited
0
ޢަބްދއްރަޙީމް މުޙައްމަދު / ނ.ޅޮހި
އަބްދުރަޙީމް އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަބްދުރަހީީމް ގެ ލިއުންތައް ލިޔަމުންއައިސްފައިވަނީ ޅޮހި އަބްދުއްރަހީމްގެ ނަމުގައެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *

    ހަމަ އެންމެ ރާތައްޓެއް……..

    ފުރަތަމަ ރާފޮދެއް ބޯލީ ހަމަ މަޖަލަކަށެވެ. ރާބޯކަށެއް ނޫނެވެ. ދެން ހަމަ ރަހަ ބަލާލާ ހިތުންނެވެ. ދެން އެވީ ގޮތްގޮތުގެ ވާހަކަ ދައްކާ ހިތެއް ނެތެވެ. އެހައިވެސް ހިތްގައިމުވެފައި ކޫލެވެ. ގެ ރާނަންވެގެން ގޭ ބިއްދޮށުގައި ތަޅާފައިހުރި ގާފުނިވެސް ފެންނަނީ ޕާރކެއްގެ ސިފައިގައެވެ. (more…)

    What's your reaction?

    Excited
    0
    ޢަބްދއްރަޙީމް މުޙައްމަދު / ނ.ޅޮހި
    އަބްދުރަޙީމް އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަބްދުރަހީީމް ގެ ލިއުންތައް ލިޔަމުންއައިސްފައިވަނީ ޅޮހި އަބްދުއްރަހީމްގެ ނަމުގައެވެ.

      You may also like

      Leave a reply

      Your email address will not be published. Required fields are marked *

      Next Article:

      0 %