އިތަޔަކީ ހުރިހާ ގޮތަކުންވެސް ފައިދާހުރި އެއްޗެއް

”ވިތާހިރު މޮޅު އެރަން މުތަކީ އިތާގެ ބަނޑުން ވިހޭދަރިއޭ.، ،ހިތާކޮށް ފިކުރު ބެލިނަމައީ އިބާރާތެއްކަމަށް ވާނޭ“  މީ ޝައިހް ހުސައިން ސަލާހުއްދީން ލިޔުއްވާފައިވާ ޅެމެކެވެ. މި ޅެން ބައިތުންވެސް އިތަޔާ އިތާމުތަކީ އެޒަމާނުގައި ވެސް އަގުހުރި ބޭނުންތެރި އެއްޗެއްކަމެވެ. އިތާ ނުވަތަ އޮއިސްޓާރ އަކީ ޞިއްހަތައް ފައިދާހުރި މޫދު ކާނާގެ ބާވަތެކެވެ. ރާއްޖޭގައި އިތާގެ 3 ވައްތަރެއް ހުރެއެވެ. މީގެތެރޭގައި އެންދެރި އިތާ އަދި ގާ އިތާ ހިމެނެއެވެ. އަދި ރިހިކުޔަކަށް ދާ ވިދުމެއް ހުންނަ އިތާގެ ވައްތަރެއް ހުރެއެވެ، ހަމަ އެހެންމެ އެންދެރި ގަހުގައި ދިގުކޮށް ހުންނަ އިތާގައިވެސް ހުދު ރިހިކުލަޔަށްދާ ވިދުމެއް ހުރެއެވެ. އެހެންނަމަވެސް ފަރުގެ ގާތަކުގެ ތެރޭގައި ހުންނަ އިތާޔަކީ ކަޅުކުލަ ގަދަ އިތާގެ ވައްތަރެކެވެ. މިބާވާތުގެ އިތާގައިވެސް ވަރަށްގަދަ ވިދުމެއްހުރެއެވެ. އަދި ރަންވައްތަރެއްގެ ކުލަޔެއް މިހުރިހާ ވައްތަރެއްގެ އިތާގައިވެސް ހުރެއެވެ.

އިތަޔަކީ އަގުބޮޑު އެއްޗެކެވެ. ކެއުމުގެ އިތުރަށް އިތާގެ މުއް ބޭނުންކޮށްގެން ގަހަނާ ހެދެއެވެ. އަދި އޭގެ ތޮށިގަނޑުވެސް ގަހަނާތަށް ހެދުމާއި ގިފްޓް ހެދުމަށް ބޭނުންކުރެވެއެވެ. ޖުމްލަކޮށް ބުނާނަމަ އިތާގެ ހުރިހާ ބައިތަކެއްވެސް ބޭނުންކުރެވެއެވެ.

އިތާގެ ވައްތަރުތަކަކީ ރާއްޖެގައި މަދު މޫދުގެ ދިރުމެކެވެ.އެހެންނަމަވެސް މިހާރަކަށް އައިސް މީގެ 7 ވަރަކަށް އަހަރުކުރިޔާއި އަޅާ ބަލާއިރު ފަރުތަކުން ފެންނަލެއް ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖެއާއި ހިލާފަށް ބޭރުގެ ބައެއް ގައުމުތަކުގައި ބައެއް ވައްތަރުގެ އިތާ ވަރަށް ގިނަ އަދަދަކަށް ހުރެއެވެ. މިގޮތުން ރާއްޖޭގައި ހިކި ދިޔައިގައި މުރަކައިގެ ފަރުތަށް ހިކިފަ ހުންނަހެން އިތާގެ ފަރުތަށް ބޭރުގެ ބައެއް ސަރަހައްދުތަކުގައި ހުރެއެވެ. ހަމަ އެހެންމެ ބައެއް ގައުމުތަކުގައި އިގްތިސާދީ މަސައްކަތެއްގެ ގޮތުގައި އިތާ ކަލްޗަރކުރެއެވެ.  އަދި މިކަމަކީ ރާއްޖޭގައި މެރިންރިސާރޗް ސެންޓަރުން ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ރާއްޖޭގައި ކުރެވިދާނެ އިގްތިސާދީގޮތުން ފައިދާހުރި ހުރި މަސައްކަތެކެވެ.

ރާއްޖޭގައި އިތާ އާލަކުރުމަށްޓަކައި ބައެއް ސަރަހައްދުތަކުގައި ވާތަކައް ލާފައި ބޮއެތަކެއް އެޅުނެވެ. އިތާގެ އެންމެ ޅަފަތުގައި ކަނޑުގެ ލޮނުގަނޑުގެތެރޭގައި ފަނިފަކުސާތަކާއި އެކު ދަތުރުކުރަމުންއައިސް އެހެން ފެނު ތެރޭގައި ހުންނަ އެއްޗެހީގައި ތައްވެއެވެ. އަދި ތައްވެފައިހުރެގެން ބޮޑެތިވާން ފަށައެވެ، ވަކިވަރަކަށް ބޮޑެތިވުމުން އެތަކެތި ވެއްޓިގެން ގޮސް ގެއްލުނަ ނުދިނުމަށްޓަކައި ކޮންމެސް ގޮތަކަށް ހަރުކުރެވިދާނެއެވެ.

އިތާ މަހުގެ ޞިއްހީ ފައިދާ:

އިތާމަހުން ގިނަ ޞިއްހީފައިދާތަކެއް ލިބޭ މީރު އެއްޗެކެވެ. ރާއްޖޭގެ ފަރުތަކުން ފެންނަ ދެ ވައްތަރެއްގެ އިތާ އަޅުގަނޑުވެސް ކައި ތަޖްރިބާކުރީމެވެ.  މިގޮތުން ފާހަގަކުރެވުނު ގޮތުގައި އިތާމަހަކީ ވަރަށް މީރު މަހެކެވެ.

އިތާމަހަހުގައި ވަރަށް މަތީ މިންވަރަކަށް ޕުރޮޓީންސް ހިމެނެއެވެ. އަދި މެގްނީޒިއަމް އާއި ޒިންކް، ވިޓަމިން، ޕޮޓޭސިއަމް ހިމެނެއެވެ.

އިތާމަހަކީ ހިތުގެ ބަލިތަކަށް ފައިދާހުރި މޫދު ކާނައެކެވެ. ހިތަށް ފައިދާހުރި އޮމެގާ 3 މަތީ މިންވަރަކަށް ހުރެއެވެ. އަދި އޮމެގާ 3 އާއި ޕޮޓެސިއަމް،  މެގްނީޒިއަމް އަކީ ލޭ މައްޗައް ދިއުން ދަށްކޮށްދޭ ބާވައްތަކެކެވެ. އަދި ސްޓްރޯކް އާއި ހިތުގެ ބަލީގެ ނުރަށްކާ ކުޑަކޮށްދެއެވެ.

ގަލްފް އޮފް މެކްސިކޯ އަދި އެޓްލާންޓިކް އަދި ކެލެފޯނިއާ ކޯސްޓްގައި އިތާގެ ފަރުތައް ހުރެއެވެ. މޫސުމަށް އަންނަ ބަދަލުތަކުން މުރަކައިގެ ފަރުތަކަށް ގެއްލުންވާ ފަދައިން ފަރުތަކުން އިތާވެސް އަންނަނީ މަރުވަމުންނެވެ.

އެމެރިކާގެ ކެމިކަލް ސޮސައިޓިން ހާމަކުރަށްވާފައިވާގޮތުގައި އިތާގައި ހިމެނޭ އެމިނޯ އެސިޑަކީ ސެކްސް ހޯމޯން އިތުރުކޮށްދޭ މާއްދާއެކެވެ. މީގެތެރޭގައި ސެކްސް ހޯމޯރން ޓެސްޓޮސްޓެރޯން އާއި އެސްޓްރޯޖަން ހިމެނެއެވެ. އެހެންކަމުން އިތާމަހަކީ ޖިންސީބާރު ވަރުގަދަކޮށްދޭ މޫދު ކާނާއެކެވެ.

އިތާގައި އެހެން ބާވަތްތަކުގެ ކާނާއަށްވުރެ މަތީ މިންވަރަކަށް ޒިންކް ހިމެނެއެވެ. ޒިންކަކީ ޞިއްހީގޮތުން ވަރަށް މުހިންމު ރޯޅެއް އަދާކުރާ ފައިދާހުރި މާއްދާއެކެވެ. މިގޮތުން ސިއްހަތު ރަނގަޅުވެ ދިފާއީ ނިޒާމު ވަރުގަދަކޮށް މަރާމާމާތުކޮށްދެއެވެ. ހަމަ އެހެންމެ ރޯނާ ވާ މީހުން ނުވަތަ ރޭގަނޑަށް ލޮލުގެ ފެނުން ދަށްވާ މީހުންނަށް ފަރުވާއަކަށް ވެއެވެ.

އިތަޔަކީ ވިޓަމިން ރަނގަޅަށް ލިއްބައިދޭ މޫދު ކާނާއެކެވެ. މިގޮތުން އިތާގައި ވިޓަމިން އޭ، ބީ، ސީ، ޑީ،  ހިމެނެއެވެ. މިބާވަތްތައް ބަލިތަލިތަކުން ދިފާއުވުމުގައި އެހީތެރިވެއެދެވެ.

އިތާވެސް ކެއުމަށް ބޭނުންކުރުމުގައި ރަނގަޅަށް ސާފްކޮށްގެން ރޯފިލުވައިގެން ބޭނުންކުރުން މުހިންމެވެ. އެހެން ނޫނީ ޞިއްހީގޮތުން މައްސަލައެއް ކުރިމަތިވެދާނެއެވެ. އަދި ފްރީޒްކުރާނަމަ ރަނގަޅަށް ސާފްކޮށް ބަންދުކުރުން މުހިންމެވެ.

References

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން(ފިރުއައުނު ޢަރަޤުކުރެއްވި ހާދިސާ)

Next Article

ޖިންނީންގެ އުނދަގުލުގައި އުޅެ ދުނިޔެ ދޫކުރި ޒުވާނެއް!

Related Posts