އަލްމަންޑް- ހުރިހާ އުމުރެއްގެ މީހުންނަށް ފައިދާ ހުރި އެއްޗެއް

އަލްމަންޑަކީ ސިއްހަތަށް ވަރަށް ފައިދާހުރި ކާނާގެ ބާވަތެކެވެ. ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ކަމުގައިވާ ވިޓަމިންސްއާއި މިނަރަލްސް، ފެޓީ އެސިޑްސް އަދި ޑައެޓަރީ ފައިބަރއިން މުއްސަނދިވެފައިވާ އަލްމަންޑަކީ ހުރިހާ އުމުރެއްގެ މީހުން ވެސް ކެއުމުގައި ހިމެނުން މުހިއްމު އެއްޗެކެވެ. އަލްމަންޑަކީ ހުހަށް ކެއުމުގެ އިތުރުން ސަލަޑް ތައްޔާރުކޮށްގެން ނުވަތަ ކިރާއި އައިސްކްރީމް ފަދަ ތަކެއްޗާއެކު ވެސް ކެވިދާނެ ބާވަތެކެވެ.

އަލްމަންޑް ޤަވާއިދުން ބޭނުންކުރުމަކީ ކޮލެސްޓްރޯލް އެއްމިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭކަމެކެވެ. އަލްމަންޑްގެ ސަބަބުން ނުރަގަޅު ކޮލެސްޓްރޯލް ދަށްކޮށް ރަގަޅު ކޮލެސްޓްރޯލް މަތިކޮށްދެއެވެ. ސިކުނޑީގެ މަސައްކަތްތައް ހީވާގިކުރަން ބޭނުންނަމަ ދުވާލަކު 5 ނުވަތަ 6 އަލްމަންޑް ކެއުމަށް އާދަކުރާށެވެ. އަދި އަލްމަންޑް އާދަކޮށް ބޭނުންކުރުމުން ވިސްނުން ރަނގަޅުވެ އެވެ.

އަލްމަންޑް ތެލަކީ ހަންގަނޑަށް ހުރި މޮޅު ފަރުވާއެއްވެސް މެއެވެ. އަލްމަންޑް ތެލަކީ ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް ބޭނުންކުރެވިދާނެ ގުދުރަތީ މޮއިސްޗަރައިޒާއެކެވެ.  އަދި މި ތެލަކީ އިސްތަށިގަނޑަކަށް ވެސް ވަރަށް ފައިދާކުރާ އެއްޗެކެވެ. އަލްމަންޑް ތެޔޮ ލުމުން އިސްތަށިގަނޑުގައި ހުންނަ ވިދުން ގަދަވެ އިސްތަށިގަނޑު ވަރުގަދަވެއެވެ. ކުރީޒަމާނުގައި ވެސް ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާންތަކުގައި އަލްމަންޑް ބޭނުންކޮށްފައިވެއެވެ. އަދި މިހާރު އުފައްދާ ރީތިވާ ސާމާނުގެ ތެރެއިން ކްރީމާއި ލޯޝަން އަދި މޫނާއި ގައިގައި އުނގުޅާ ތަފާތު ތަކެތީގައި އަލްމަންޑާއި އަލްމަންޑް ތެޔޮ ބޭނުންކުރެއެވެ.

އަލްމަންޑަކީ ހަކުރު ބަލީގެ މީހުންނަށް ވެސް ރަގަޅު އެއްޗެކެވެ. އަލްމަންޑް ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެއެވެ. އެހެންކަމުން ކެއުމަށްފަހު އަލްމަންޑް ކޮޅެއް ކާލުމަކީ ހަކުރުބަލީގެ މީހުންނަށް ފައިދާހުރި ކަމެކެވެ.

އަލްމަންޑަކީ ފައިބަރުން މުއްސަނދިވެފައިވާ އެއްޗެކެވެ. އެހެންކަމުން ބަނޑުހަރުވާ މީހުން އަލްމަންޑް ކެއުމުން ބަނޑު ހިކުމުން ސަލާމަތްވެއެވެ.

އަލްމަންޑްގައި ހިމެނޭ ފޯލިކް އެސިޑަކީ ސެލްތަކާއި ޓިޝޫތައް ހެދި ބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު އަލްމަންޑް ބޭނުންކުރުމަކީ ތުއްތު ދަރިފުޅު ހެދި ބޮޑުވުމަށް އެހީތެރިވެދޭ ކަމެކެވެ.

[facebook][tweet][Google]

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޝައިތާން ސިފަ ބަދަލުކުރޭތަ؟

Next Article

ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން(ފިރުއައުނު ޢަރަޤުކުރެއްވި ހާދިސާ)

Related Posts