މޮހޮނަށް ދޯނި ދިނުން: ދިވެހި އަދަބީ ބަސްތަކުގެ ސިލްސިލާ

ދިވެހި އަދަބީ ބަސްތައް ބެހެނީ އަށްބަޔަކަށެވެ. އެގޮތުން ހަރުބަސް، މުސްކުޅިބަސް ވައްބަސް، މިސާލު، މިސާލު ބަސް، މަޖާޒު ، މަޖާޒު ބަސް، ފަށުވި އިބާރާތެވެ. އެގޮތުން މިހުށައެޅެނީ ބައެއް އަދަބީ ބަސްތަކުގެ ތެރެއިން ބޭނުންކުރެވޭ ބަސްތަކުގެ މާނައާއި އެބަސްތައް ބޭނުންކުރެވޭ ގޮތުގެ މިސާލުތަކެވެ. އެގޮތުން ކޮންމެ ބަހެއްވެސް އެބަސް ބޭނުންކުރެވޭނެ ހާލަތަކާއި ބޭނުންކުރަން ޖެހޭނީ ކޮންހާލެއްގައިކަން ބުނެދެވިފައިވާނެއެވެ.

 

އަދަބީ ބަސް: މޮހޮނަށް ދޯނި ދިނުން ނުވަތަ މޮހޮނަށް ދޯނިދިންހެން.
މިއީ މިސާލު ބަހެކެވެ. މިސާލު ބަހަކީ ހިނގާފައި އޮތްކަމަކާއި އެއްފަދަ ކޮށްފައި ހުންނަ އަދަބީ ބަހެވެ.
މޮހޮނަކީ ދިވެހިންގެ ދޫމަތިން ދެމެމުން އަންނަ މަޝްހޫރު ދޮންމޮހޮނާއި މިޔަރުގެ މިވާހަކައިގެ ބަތަލެވެ. މިވާހަކަ އަކީ ދިވެހިންގެ ދޫމަތިން ދެމެމުން ދެމެމުން އައިސްފައިވާ ވަރަށް އިބުރަތްތެރި ހިޔާލީ ކަންކަން ހިމެނޭ ދިވެހިންގެ ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅި ބަޔާންކޮށްދޭ ހުރާފީ ކަންތައްތަކެއް ހިމެނޭ ވާހަކައެކެވެ. ފޮތެއްގެ ގޮތުގައި ޖަމާކުރައްވާފައިވަނީ ދިވެހި ބަހުގެ އަދީބު އަބްދުﷲ ޞާދިޤެވެ. މިފޮތުގައި މި މިސާލުބަސް ކިޔުނުގޮތް ގެންނަވާފައިވެއެވެ. އެގޮތް މިބަޔާންކުރަނީ އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.
އެގޮތުން މޮހޮނު މާކެޔޮޅު ކަމު ދާންވެގެން ދޯންޏެއް ބޭނުންވެގެން ކަތީބު ކައިރިއަށް ދިޔައީމާ ކަތީބު ދެންނެވި ކަމަށްވެއެވެ. ވަލުގައި އެހުރީ ލަކުޑިއެވެ. އަދިވެސް ދޯންނަށް ބޭނުންވާނޭ އެއްޗެހި ހުރިތަންތަން ބުނެދީފައި ދޯނި ގެންދާށޭ ބުނިކަމަށްވެއެވެ. މޮހޮނަށް ދޯނި ދިންހެންނޭ ބުނެވެނީ މިކަމަށް އިޝާރާތްކޮށްފައެވެ. އެއީ ނެތް ދޯންޏެއް ދިނީމައެވެ. ކަތީބު ގެ މަޤުޞަދަކީ އެހުރީ ދޯނިހަދަން ބޭނުންވާނެ އެއްޗެއްސެވެ. ދޯނި ހަދަން ބޭނުންވާނެ އެއްޗެހި ބޭނުންކޮށްގެން ދޯންޏެއް ހަދާށެވެ. ނަމަވެސް މޮހޮނު އެދުނީ ދޯންޏެއް ދިނުމަށެވެ. ދޯނި ހަދަން ބޭނުންވާނެ އެއްޗެހި ދޭކަށެއް ނޫނެވެ.
މިބަސް ބޭނުންކުރެވެނީ ކޮން ހާލަތެއްގައި؟
މިބަސް ބޭނުންކުރެވެނީ އެއްވެސް އިޚުތިޔާރެއް ބާރެއް ނެތްގޮތުގައި ކަމެއް ހަވާލު ކުރުމުންނެވެ. މިސާލަކަށް ގެޔެއްގެ ވެރިކަން ދީފައި އެގޭގެ އެއްވެސް ކަމަކަށް ބާރު ނުފޯރުވޭ ކަމުގައި ވަންޏާ މިބަސް ބޭނުންކުރެވިދާނެއެވެ. ނުވަތަ އެއްވެސް ބޭނުމެއް އަދި ފަސޭހައެއް ނުލިބޭގޮތަށް އެއްޗެއް ދީފިނަމަވެސް މިބަސް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ކާ އެއްޗެއް ދޭށޭ ބުނީމަ އެހެރީ ހަނޑުލާއި ކައްކާނެ އެއްޗެށެވެ. ކާށެވެ. މިފަދައިން ބުނެފިނަމަވެސް މި މިސާލުބަސް ބޭނުންކުރެވިދާނެއެވެ. މިސާލު ބަސް ދިވެހި ބަހުގައި ބޭނުންކުރުމަކީ ލިޔުމުގެ ބާރުގަދަވެ ކިޔާމީހާއަށް ލިޔުން ތަސައްވަރުކޮށްލަން ފަސޭހަވެގެންދާނެ ކަމެކެވެ. ޙާއްޞަކޮށް އެމިސާލުބަހުގައި ބުނާ އެއްޗެއް ކިޔާމީހާއަށް ފަހުމްވެއްޖެނަމައެވެ.އެހެން މިސާލު ބަހެއްގެ މިސާލެއް:
ލޮނު ގޮއްޔެ (ބޮޑު)ތަރުތީބު ކިޔުން.
ފުރަތަމަ އަދަބީ ބަސް ނިމުނީ.
ދެވަނަ އަދަބީ ބަސް ފަހުން އަންނާނެ.
ނުނިމޭ. ފޮޓޯ ކުރެޑިޓް: މުޙައްމަދު އިބުރާހިމް ، (ޅޮހީ ރަށްބޭރުމަތި)މަސްދަރު: ދިވެހި ރަދީފު
ދޮންމޮހޮނާއި މިޔަރު
އަދިވެސް އެނޫން ދިވެހިބަހުގެ މަސްދަރުތައް.
ނޯޓު:

Leave a Reply

Your email address will not be published. Required fields are marked *

Previous Article

. ޖިލްބާބަކީ ޝިފާއެކެވެ. އަދި ރަށްކަލެކެވެ

Next Article

އިބުރަތްތެރި ވާހަކަ: އެތީސްޓުންނަށް އިމާމު އަބޫ ހަނީފާ ދެއްވި ރައްދު

Related Posts