ދިވެސް އަކުރަކީ ކޮބާ؟

ދިވެހި ބަހަކީ ދިގު ތާރީހެއް އޮތް ބަހެކެވެ. ދިވެހިންނަކީ އަމިއްލަ ވަންތަ ބަހެއްގެ ވެރިބައެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު އަމިއްލަ ބަހެއް ގައުމީ ބަހުގެ ގޮތުގެ ބޭނުން ނުކުރާ އެތައް ގައުމެއް އެބަހުއްޓެވެ. އެހެންނަމަވެސް ދިވެހިންނަކީ އަމިއްލަ ފަހުރުވެރި ބަހެއް ލިބިފައިވާ މިނިވަން ގައުމެކެވެ. ދިވެހި އަދަބީ ތާރީހްވެސް ހަމަ އެހާ ދިގެވެ. މިގޮތުން 3 ދައުރަކަށް ދިވެހި އަދަބީ ތާރީހް ބަހާލެވުނު އިރު އެދައުރުތަކަކީ ފިރުކެން ފެށި ދައުރާއި ހިނގައި ގަނެވުނު ދައުރަކާއި ޅަފަތުގެ ދައުރެވެ.

ދިވެހި ބަހަކީ އަޅުގަނޑުމެން ފަހުރުވެރިވާން ޖެހޭފަދަ މުއްސަނދި ބަހެކެވެ. ބޭނުން ކޮންމެ ގޮތަކަށް ފަސޭހަކަމާއި އެކު އިބާރާތްކޮށް ބަސްތައް އަތުރާލެވޭ މި ފުރިހަމަ ދިވެހި ބަސް ލިޔުމުގައި ތަފާތު ގޮތް ގޮތަށް ހުރި އަކުރުތަށް ބޭނުންކުރެވުނެވެ..ކޮންމެ ބަހަކީވެސް ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ތަފާތު ބަދަލުތަށް އައިސް ތަފާތު ބަސްތައް އެކުވެ ބަހުގެ ތެރެއަށް އާ ބަސްތަށް ވަންނަ ބަހެކެވެ. އަދި ހަމަ އެހެންމެ ލިޔުމަށް ބޭނުންކުރާ އަކުރުތަށްވެސް މިގޮތަށް ބަދަލުވެއެވެ. މިގޮތުން ދިވެހިންވެސް ލިޔެކިޔުމުގައި އެވޭލާ އަކުރާއި ދިވެސް އަކުރާއި ތާނަ އަކުރުވަނީ ބޭނުންކޮށްފައެވެ. ހަމަ އެހެނެމެ މިހާރުވެސް ބޭނުން މިކުރެވެނީ ތާނަ އަކުރެވެ.

މި ލިޔުމުގައި އަޅުގަނޑު މި ލިޔެލަނީ ވިކިޕީޑިއާގައި ދިވެސް އަކުރާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންކޮޅެކެވެ. އަދި ކުރިޔަށް އޮތްތާނގައި އެވޭލާ އަކުރާއި ދިވެހި ބަހާއި ބެހޭ އެކި ލިޔުންތަށް ގެނެސްދެވޭނެއެވެ. ވިކިޕީޑިއާގައިވަނީ : ދިވެސްއަކުރަކީ އެވޭލާ އަކުރުގެ ފަހުން ދިވެހި ލިޔުމަށް ބޭނުން ކުރެވުނު ލިޔުމުގެ ނިޒާމެވެ. މި އަކުރަށް ދިވެސް އަކުރު ކިޔައި ނަން ދެއްވީ ދިވެހި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ސްރިލަންކާގެ ރައްޔިތެއްކަމުގައި ވާ އެޗް ސީ ޕީ ބެލް އެވެ. ބެލް އިނގިރޭސީންގެ ހިދުމަތުން ރިޓަޔަރ ވުމަށް ފަހު، ދިވެހިރާއްޖެއަށް އައިސް، ދިވެހި ތާރީހާއި ދިވެހިބިމާއި ދިވެހި އަކުރުގެ މައްޗަށް ތަފްސީލީ މޮނޮގްރާފެއް ލިޔުނެވެ.

ދިވެސް އަކުރު އުފެދިގެން އައީ ދެކުނު އިންޑިޔާގެ ބަސްތައް ލިޔެއުޅުނު ގުރަންތާ އަކުރުންނެވެ. މީގެ އެންމެ ދުވަސްވީ ލިއުމެއް ފެނިފައިވަނީ ނ. ލަންދޫ އިންނެވެ. ލަންދޫ އިން ފެނުނު ލިޔުމަކީ މީލާދީން 8 ވަނަ ގަރުނުގައި ލިޔެވިފައިވާ ލިޔުމެއް ކަމަށް ބެލެވެއެވެ. މިއަށް ވުރެ މާ ކުރީގައިވެސް މި އަކުރު ބޭނުންކުރެވިފައި ވާނެ ކަމަށް ގަބޫލުކުރެވެއެވ

މީލާދީން 20 ވަނަ ގަރުނުގެ ތެރޭގައި ބެލް، ދިވެހި ބަހާއި އަކުރު ގެ ދިރާސާ ކޮށް ކުރީގައި ދިވެހި ލިޔަން ބޭނުންކުރި އަކުރުތަކަށް ޒަމަނާ އެކު އައިސްފައި ހުރި ބަދަލުތަކަށް ބަލައި ދެ ބަޔަކަށް ބެހިއެވެ. އެންމެ ކުރިގެ އަކުރުތަކަކި އެވޭލާ އަކުރު ކަމުގައި ނަންދީ އޭގެ ފަހުގެ އަކުރުތަކަށް ދިވެސް އަކުރު މިނަން ދިނީއެވެ. ކުރީގެ ލޯމަފާނާއި ހިރިގަލުގައި މި އަކުރުން ލިޔެފައި ހުރި ލިޔުން ރައްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވެއެވެ. އަދި ދިވެހިން ބުދު ދިނަށް ތަބާ ވެގެން އުޅުނު ޒަމަނުން ފެށިގެން މި އަކުރު ބޭނުންކުރި ކަމުގެ ހެކި ފެންނަން އެބަ ހުއްޓެވެ. އޮޅުދޫކަރަ އާއި އިންޑިޔާ ގައި ލިޔަން ބޭނުންކުރި އަކުރުތައް ފަދައިން ދިވެސް އަކުރުވެސް ނިސްބަތް ވަނި ބްރަހްމި އާއިލާއަށެވެ. އަދި މި އަކުރުން ލިޔަނީ، ތާނަ އާ ހިލާފަށް، ވާތުން ކަނާއަތަށެވެ.

މިއަކުރު މިހާރު ލިޔުމަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވެއެވެ. ދިރާސާ ކުރުމަށާއި ހޮބީއެއްގެ ގޮތުގައި މި ލިޔުން ދަސްކުރާ މީހުން މަދުމަދުން އުޅެއެވެ. މި އަކުރުން ލިޔެފައިވާ ލިޔުންތައް މަހާނަ ގަލުން ފެންނަން ހުރެއެވެ. މީގެ އިތުރުން 20 ވަނަ ގަރުނުގެ ކުރީކޮޅު، ބެލް ރާއްޖޭގައި ހޭދަކުރި ދުވަސްވަރު އައްޑު އަތޮޅުން މި އަކުރުން ލިޔެފައިވާ ނަކަތްތެރިކަމުގެ ފޮތެއް ފެނުނު ކަމަށް އޭނާ ބަޔާންކޮށްފައި ވެއެވެ.

1959 ގައި ބޮޑުވަޒީރު އިބްރާހިމް ނާސިރު އަންގައިގެން،  ބޮޑުފެންވަޅުގެ ސީދީ ދިވެސް އަކުރު]] މި ނަމުގައި ފޮތެއް ލިޔުނެވެ. ބޭނުމަކީ ބެލް ގެ ދިރާސާގައި ދެއްކިފައި ހުރި ކުށްތައް ރަނގަޅުކުރުމެވެ. ނަމަވެސް މި ފޮތަށް މާބޮޑު ތަރުހީބެއް ކަމަގުޅޭ އިދާރާތަކުން ދީފައެއް ނުވެއެވެ.

wikipedia

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދިހަ ދުވަހުގެ ހެޔޮކަމާއެވެ

Next Article

އިސްލާމީ އުންމަތުގެ ލޯބިލިބިފައިވާ އިލްމްވެރިއެއް

Related Posts