ބަނޑުހައި ހޫނުކަމާ ދެކޮޅަށް، ހައިޑްރޯޕޮނިކްސް

ވޯރލްޑް ފުޑް ޕްރޮގުރާމްގެ ހިސާބުތަކަށް ބަލާއިރު ދުނިޔޭގައި ބަނޑުހައިހޫނުކަމުގައި 925 މިލިއަން މީހުން ދިރިއުޅެއެވެ. މިއީ އެމެރިކާ، ކެނެޑާ، އަދި ޔޫރަޕިއަން ޔޫނިއަންގެ މުޅި އާބާދީއަށްވުރެވެސް ގިނަ ޢަދަދެކެވެ. ބަނޑުހައި ހޫނުކުކަމުގައި އުޅެމުންދާ އާބާދީގެ %98 މީހުން ދިރިއުޅެމުންއަންނަނީ ތަރައްޤީ ވަމުންއަންނަ  ޤައުމުތަކުގައެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބައި އުޅެނީ އޭސިޔާގައާއި ޕެސިފިކް ސަރަޙައްދުގައެެވެ. ބަނޑުހައިހޫނުކަން ތަޙައްމަލުކުރަމުންދާ އާބާދީގެ 3 ބަިކުޅައެއްބައި އުޅެނީ މިސަރަޙައްދުގައެވެ.  ދުނިޔޭގެ ބަނޑުހައިހޫނުކަމާ ހަނގުރާމަކުރަމުންދާ މީހުންގެ ތެރެއިން %65 މީހުން އުޅެނީ މައިގަނޑު 7 ޤައުމެއްގައެވެ. އެއީ އިންޑިއާ، ޗައިނާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ބަންގްލަދޭޝް، އިންޑޮނޭސިއާ، ޕާކިސްތާން އަދި  އިތިއޯޕިއާގައެވެ.

ދުނިޔެއަށް ދިމާވާ ގުދުރަތީ މުސީބާތްތަކުންނާއި، އިޤްތިޞާދީ ލޮޅުންތަކާއި، ސިޔާސީ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގައި އަބަދުވެސް އެތައްމިލިއަން ބަޔަކު، ބަނޑުހައި ހޫނުކަމާ ހަނގުރާމަ ކުރަމުންދެއެވެ. ދުނިޔޭގެ ބޮޑު ހަނގުރާމައިގެ ވީރާނާ ޒަމާނުން ފެށިގެން މިއަދުގެ ޓެކްނޮލޮޖީގެ ރަންދައުރާ ހިސާބަށްވެސް މިކަމަކަށް ހައްލެއް ނާދެއެވެ. ނަމަވެސް ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތަކާ ގޮތްތައް މެދުވެރިކޮށް، މާތް ﷲގެ ވާގިފުޅާއެކު ދުނިޔޭގެ ބަނޑުހައިހޫނުކަމަށް ހައްލެއް ގެނެވިދާނެއެވެ.

ހައިޑްރޮޕޮނިކްސް ނުވަތަ ފެނުގައި ގަސްއިންދުމަކީ، ބިންގަނޑު ދެރަ، ބިންމަދު ސަރަޙައްދުތަކުގައިވެސް ކާމިޔާބުކަމާއެކު ދަންޑުވެރިކަން ކުރެވިދާނެ ނިޒާމެކެވެ. މިފަދަ ނިޒާމުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފިއްޖެ ނަމަ، އެބަހީ މިކަމުގެ ޢިލްމާ، ވަޞީލަތާއި، ހިއްވާރާ ޢަޒުމް ހުރިނަމަ ތަރައްޤީވަމުން އަންނަ  ޤައުމުތަކަށް އެގައުމުގެ އަހުލުންނަށް ކާންނުދޭވޭންވީ ސަަބަބެއް ނެތެވެ. ދުނިޔޭގެ މުއްސަނދި ގައުމުތަކުގައި މިފަދަ ނިޒާމްތައް ހަރުދަނާ ކޮށް ކުރިއަށް ގެންގޮސް އެއިން ލިބޭ ނަފާ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ނުކުރަނީ، އެޤައުމުތަކުގެ ސިޔާސީ ފޭރުންތަކުގެގެ ސަބަބުންނެވެ.

ދުނިޔޭގެ އެތައް މިލިއަން މީހުންނެއް އުޅެމުން އަންނަނީ، ދަނޑުވެރިކަންކުރުމަށް އެކަށޭނެ ބިމެއް އޮންނަ ހިސާބުތަކަކު ނޫނެވެ. އެއީ ބިންގަނޑު ދެރަކަމުގެ ސަބަބުންނެވެ. ނުވަތަ ފެންދޭވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނުވަތަ ސިޔާސީ ކޯޅުންތަކުގެ ސަބަބުން ރަނގަޅު ބިންތައް ބަޔަކުހިސާރުކޮށްގެން އުޅުމުގެ ސަބަބުންނެވެ. އެހެންކަމުން ބަޑުހައިހޫނުކަމަށް އޮތް އެއްހައްލަކީ ދުނިޔޭގެ ފެންވަރުގައި ދަނޑުވެރިކަން ކުރެވޭނެ ނިޒާމެއްގެ ދަށުން އެކަންކުރުމެވެ. ހައްދާ ދަނޑުތަކުން މަންފާބޮޑުވާނެ ގޮތަކަށް ކުރެވޭ ދަނޑުވެރިކަމަކަށް، ގައުމުތަކުންނާއި، މިއިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން، ދީލާލައިގެންނެވެ. އެހެން ކަމުން ހައިޑްރޯޕޮނިކްސް ބޭނުންކުރަން ދަނޑުވެރިންނަށް ހިއްވަރުދީފިނަމަ، ބިމުގައި ހެއްދޭ ކާނާއަށްވުރެ އެތައްގުނަ އިތުރަށް، ކުޑަ ބިންކޮޅަކުން، ތަރުކާރިއާއި މޭވާ ހެއްދިދާނެއެވެ.

ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ހަލުވި މިނާއެއްވަރަށް، ދަނޑުވެރިކަން ކުރިއަރާދާންޖެހެއެވެ. އެހެންނޫންނަމަ ދުނިޔެ ބަނޑަށް ޖެހުމުގެ ފުރުޞަތު ކުޑައެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އަންހެނުންނަށް ސުވަރުގޭގައި ފިރިން ލިބޭނެތޯ؟

Next Article

ފަސޭހަކަމާއި އެކު ބޭނުންފުޅުވާ ސޮފްޓްވެއާރތަށް ޑައުންލޯޑްކުރަށްވަން ބޭނުންފުޅުތޯ؟

Related Posts